ޑްރައި ސްކިންއަށް ގޭގައި ކުރެވިދާނެ ކަންކަން

9 ފެބުރުއަރީ 2022 - 10:38

ޑްރައި ސްކިން ނުވަތަ ކުރަކިވެ ހަންގަނޑު ހިކުމަކީ ބައެއް މީހުންނަށް ދިމާވާކަމެކެވެ. ކުރަކި ހަންގަނޑެއް ހުުރުމަށް ބައެއް ކަންތައްތައް ދިމާވެދާނެއެވެ. އެގޮތުން ސިއްހީ ކަމެއްގެ ސަބަބުން ނުވަތަ ތިމާއުޅޭ މާހައުލުގެ ގޮތުންވެސް ހަންގަނޑު ޑްރައިވެދާނެއެވެ. މީގެތެރޭގައި އިރުގެ އަވި، މާހޫނުކޮށް ފެންވެރުން، ބޭނުންކުރާ ސައިބޯންޏެއްގެ ގޮތުންވެސް ހަންގަނޑު ޑްރައި ވެދާނެއެވެ. ނަމަވެސް ހަންގަނޑު ޑްރައިވުމުން ދުރުކުރުމަަށް ގޭގައި ކުރެވިދާނެ ބައެއް ކަންތައްތައް ހުރެއެވެ. އޭގެތެރޭގައި:

  • ކާށިތެޔޮ

ކޮންމެ ދުވަހަކު ހަންގަނޑުގައި ކާށިތެޔޮ ހާކާނަމަ ހަންގަނޑު ކުރަކިވުމުން ދުރުކޮށްދޭނެއެވެ. ކާތިޔެޔޮ ބޭނުންކުރާއިރު އެއްވެސް އެހެން އެއްޗަކާއި އެއްކުރާކަށް ނުޖެހޭނެއެވެ. ކާށިތެޔޮ ގައިގެ ސެންސިޓިވް ތަންތަނުގައިވެސް އުނގުޅިދާނެއެވެ. މިސާލަކަށް ލޯކައިރި ކުރަކިވާނަމަ މިއީ ލޯކައިރީގައިވެސް އުނގުޅިދާނެ އެއްޗެކެވެ.

advertisement
  • ޕެޓްރޯލިއަމް ޖެލީ

ޕެޓްރޯލިއަމް ޖެލީއަކީ އުމުރުން ދުވަސްވުމުންވެސް ހަންގަނޑުގައި ބޭނުންކުރަން ރަނގަޅު އެއްޗެކެވެ. ޕެޓްރޯލިއަމް ޖެލީ ހޭކުރުމުގެ ސަބަބުން ހަންގަނޑު ރައްކާތެރިކޮށްދޭ ލޭއަރއެއް ލެވެއެވެ. މީގެސަބަބުން ހަންގަނޑު ކުރަކިވެ ހިކުމުން ދުރުކޮށްދެއެވެ.

  • އަންގިލެއްވުން

ގޭތެރޭގެ މަސައްކަތްތައް ކުރާއިރުގައި އަތައް އަންގިލެއްވުމަކީ ހަންގަނޑު ސަލާމަތްކޮށްދޭނެކަމެކެވެ. އެގޮތުން ތަށިފަދަ އެއްޗެހި ދޮންނައިރުގައި އަންގި ލެއްވިދާނެއެވެ. މީގެއިތުރުން ބޭރަށްދާއިރުގައިވެސް އަންގި ލެއްވުމަކީ ހަންގަނޑު ސަލާމަތްކޮށްދޭނެކަމެކެވެ. އެގޮތުން މާބޮޑަށް ފިނިނަމަ ނުވަތަ ހޫނުނަމަވެސް ހަންގަނޑު ޑްރައިވުމަކީ އެކަށީގެންވާ ކަމެކެވެ.

  • ފެންވަރާ ހޫނުމިން ރަނގަޅު މިންވަރެއްގައި ބެހެއްޓުން

ފެންވަރާއިރު ފެނުގެ ފިނިހޫނުމިން ހުންނަ ގޮތުގެ ސަބަބުންވެސް ހަންގަނޑު ހަލާކުވެއެވެ. އެގޮތުން ހޫނުފެން ބޭނުންކުރުމަކީ ހަންގަނޑު ހަލާކުވާ ކަމެއްކަމަށް ދިރާސާއިން ދައްކައެވެ. މީގެ ބަދަލުގައި ތާފާނާފެން ބޭނުންކުރެވިދާނެއެވެ.

  • ގޭގައި ހިއުމިޑްފައަރ ބޭނުންކުރުން

ގޭގެ ހޫނުކަމުގެ ސަބަބުން ހަންގަނޑު ކުރަކިވެ ޑްރައި ވިޔަނުދިނުމަށް ގޭގައި ހިއުމިޑްފައަރ އެއް ބޭނުންކުރެވިދާނެއެވެ.

ރިއެކްޝަންސް
1
1
0
0
0
0
0