ސޯސަލް މީޑިއާއިން ބްރޭކެއް ނަގާލާ

13 ފެބުރުއަރީ 2022 - 15:45

ސޯސަލް މީޑިއާއާއި ނުލާ އެންމެ ދުވަހެއްވެސް ދިރިއުޅުމުގައި ހޭދަކުރުމަކީ މިއަދު ގިނަ މީހުންނަށް އުނދަގޫކަމެކެވެ. ރޭގަނޑު ނިދަނީ ސޯސަލް މީޑިއާ ބަލަމުންނެވެ. ހެނދުނު ހޭލަނީ ސޯސަލް މީޑިއާ ބަލަމުންނެވެ. އަދި ދުވަހުގެ ގިނަ ވަގުތުވެސް ހޭދަކުރެވެނީ ސޯސަލް މީޑިއާގައެވެ. ނަމަވެސް ސޯސަލް މީޑިއާއިން ބްރޭކެއް ނަގާލުމަކީ ދިރިއުޅުމަށް މުހިންމު ކަމެކެވެ.

އެމެރިކާގައި ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އެގައުމުގެ ގިނަ މީހުން ދުވާލަކު 4 ގަޑިއިރު ޓީވީ ބެލުމުގައި ހޭދަކުރާކަމަށެވެ. އަދި ހަތްގަޑިއިރާއި ބައި ޓެކްނޮލޮޖީގެ އެހެން ވަސީލަތްތަކުގައި ހޭދަކުރާކަމަށެވެ. މީގެތެރޭގައި ފޯނު، ޓެބްލެޓް، ކޮންޕިއުޓަރ ހިމެނެއެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު ވަރަށް ގިނަ ވަގުތެކެވެ. ހޯދުންތަކުން ދައްކާގޮތުގައި ދުވާލުގެ މާގިނަ ވަގުތުތައް މިފަދަ ވަސީލަތްތަކުގައި ހޭދަކުރާނަމަ މީހާ ސްޓެރެސްވެއެވެ.

advertisement

ދިރާސާތަކުން ދައްކާގޮތުގައި ފޯނާއި، ޓީވީ ފަދަ ޓެކްނޮލޮޖީގެ ވަސީލަތްތަކުން ބްރޭކެއް ނަގާނަމަ މީހާގެ ނިދުމާއި، ގުޅުންތަކާއި އަދި މީހާގެ މޫޑަށްވެސް ހެޔޮ ބަދަލުތަކެއް އާދެއެވެ. މިގޮތައް ބްރޭކް ނަގާއިރު ދުރުވާންޖެހޭ ކަންތައްތައް ހުރެއެވެ. އޭގެތެރޭގައި:

  • އީމެއިލް ޗެކްކުރުން
  • ވީޑިއޯގޭމް ކުޅުން
  • ސޯސަލް މީޑިއާ ބެލުން
  • މެސެޖްކުރުން
  • ސްމާޓްފޯން ނޫނީ ޓެބްލެޓް ބެލުން
  • ޙަބަރު ބެލުން ނުވަތަ އެނޫންވެސް ޓީވީ ޕްރޮގްރާމްތައް ބެލުން

ސޯސަލް މީޑިއާގައި ބްރޭކެއް ނެގުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރަން ފަސޭހަ ކަމެއްނޫނެވެ. ނަމަވެސް މިއީ އޭގެ ސަބަބުން ގިނަ ފައިދާތަކެއްވެސް ލިބޭކަމެކެވެ. އޭގެތެރޭގައި:

  • ކަންކަންމަށް ސަމާލުކަންދޭން ފަސޭހަވުން

ފޯނަށް އަބަދު ނޮޓިފިކޭޝަން އަންނަނަމަ މީހާގެ ސަމާލުކަން އެކަމަށް ގެއްލޭނެއެވެ. ނަމަވެސް ސޯސަލް މީޑިއާއިން ބްރޭކެއް ނަގާނަމަ އެކުރާ ކަމަކަށް ފޯކަސް ކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި ކުރާ ކަމެއް ރަނގަޅަށް ކޮށްނިންމުމަށް އެހީތެރިވެދޭނެއެވެ.

  • ސްޓްރެސް ކުޑަވުން

އެއްފަހަރާ މާގިނަ މައުލޫމާތު ލިބުމަކީ ބައެއް މީހުން ސްޓްރެސްވާ ކަމެކެވެ. ސޯސަލް މީޑިއާގެ ޒަރިއްޔާއިން ގިނަ މައުލޫމާތުތަކެއް ލިބެއެވެ. އެހެންކަމުން ބްރޭކެއް ނެގުމަކީ މާހާގެ ސްޓްރެސް ކުޑަކޮށްދޭނެކަމެކެވެ.

  • ގުޅުން ބަދަހިވުން

ސޯސަލް މީޑިއާގެ ސަބަބުން ތިމާގެ ކައިރީގައިވާ މީހުންނަށް ދެވޭ ސަމާލުކަން ކުޑަވެއެވެ. މީގެ ސަބަބުން ގުޅުންތައް ހީނަރުވާ ފަހަރު އާދެއެވެ. މީގެ އެއް މިސާލަކީ އާއިލީ ގުޅުމެކެވެ. އާއިލާގެ ތެރޭގައި އެންމެން އެއްތަނެއްގައި އުޅުނު ނަމަވެސް މިހާރު ކޮންމެ މީހަކުވެސް ފޯނުން ސޯސަލް މީޑިއާއަށް ވަދެ ތިމާގެ ކައިރީގައި ހުންނަ މީހާއަށް ދޭސަމާލުކަން ކުޑައެވެ. އެހެންނަމަވެސް ސޯސަލް މީޑިއާއިން ބްރޭކެއް ނަގާނަމަ ގުޅުންތައް ބަދަހިވުމަށް މަގުފަހުވެގެންދާނެއެވެ.

  • ވަގުތު މެނޭޖްކުރެވުން

ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަން ފެށުމުގެ ސަބަބުން ގިނަ މީހުންނަށް އޭގެ އަވައިގައި ޖެހި ވަގުތު ދާގޮތްވެސް ނޭންގެއެވެ. ތިމާ ކުރަންހުންނަ އެހެން ކަންތައްތައް ނުކުރެވޭ ފަހަރު އާދެއެވެ. އެހެންކަމުން ސޯސަލް މީޑިއާއިން ބްރޭކެއް ނެގުމުން ވަގުތު މެނޭޖްކުރުމަށް މަގުފަހިވެއެވެ.

ސޯސަލް މީޑިއާއިން ބްރޭކެއް ނަގަންވީކަން ދެނެގަންނާނީ ކިހާ ހިސާބަކުންތޯ މިއީ އުފެދޭ ސުވާލެކެވެ. މިކަންކަން ދިމާވާނަމަ އެންމެ ރަނގަޅު ގޮތަކީ ބްރޭކެއް ނަގާލުމެވެ.

  • ޑިޕްރެސްވުން
  • ރުޅިއައުމާއި، ފްރަސްޓްރޭޓްވުން
  • ހަމަނިދި ނުލިބުން
ރިއެކްޝަންސް
1
1
0
0
0
0
0