ޅަ ދުވަސްވަރު ގެންގުޅުން ރައްޓެހިންނާ ގުޅުން ބާއްވަންވީ މިހިންވެ

14 ފެބުރުއަރީ 2022 - 11:21

ކުޑައިރުއެކުގައި އުޅުނު ރަހުމަތްތެރިޔާއަކީ މިއަދުވެސް ތިބާގެ އެންމެ ގާތް އެކުވެރިޔާއަށް ވަންޏާ ތިއީ ވަރަށް ނަސީބުގަދަ މީހެކެވެ. ގިނަ މީހުންނަށް އެންމެ ކުޑައިރުގައި އެކުގައި އުޅުނު ރަހުމަތްތެރިޔާއާއި އޮންނަ ގުޅުން ވަކި ހިސާބަކުން ކެނޑިގެންދެއެވެ. އަދި ރަހުމަތްތެރިޔާ ވީނުވީ ހިސާބެއްވެސް ނޭނގޭ ފަހަރު އާދެއެވެ.

ނަމަވެސް މަދުން ނަމަވެސް އެންމެ ކުޑައިރުގައި އުޅުނު ރަހުމަތްތެރިން ބޮޑުވުމަށްފަހުގައިވެސް އެންމެ ގާތް އެކުވެރިންގެ ގޮތުގައި އަބަދުވެސް ގާތުގައި ހުރެއެވެ. މިއީ ދިރިއުޅުމުގައި ވަރަށް މަދު ބަޔަކަށް ނޫނީ ނުލިބޭނެ ނަސީބެކެވެ. ހަމަ ޔަޤީނުންވެސް ތިބާގެ މިއަދުގެ އެންމެ ގާތް ރަހުމަތްތެރިޔާއަކީ ކުޑައިރުގެވެސް އެންމެ ގާތް އެކުވެރިޔާނަމަ ތިއީ ނަސީބުވެރިއެކެވެ.

advertisement

ކުޑައިރުގެ ރަހުމަތްތެރިންނާއި އޮންނަ ގުޅުން ބޮޑުވުމަށްފަހުގައިވެސް އޮންނަނަމަ އޭގެ ސަބަބުން ތިމާގެ ސިއްހަތައްވެސް ގިނަ ފައިދާތަކެއް ލިބޭކަމަށް ދިރާސާތަކުން ދައްކައެވެ.

ދުނިޔޭގެ 99 ގައުމަކުން 323000 މީހުން ހިމަނައިގެން މިއަހަރު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އެންމެ ކުޑައިރުގެ އެކުވެރިޔާއާއި އޮންނަ ގުޅުން ބޮޑުވުމަށްފަހުގައިވެސް އެގޮތުގައި އޮންނަނަމަ އެމީހެއްގެ ސިއްހަތު ރަނގަޅުވެ ދިރިއުޅުމަށް އުފާވެރިކަން އަންނާނެކަމަށެވެ.

ސައިކޮލޮޖިކަލް ސައިންސްއިން ބުނެފައިވަނީ ފިރެހެނުންގެ ތެެރެެއިން އެމީހުންގެ ކުޑައިރުގެ ރަހުމްތެރިންނާއި އޮންނަ ގުޅުން ބޮޑުވުމަށްފަހުގައިވެސް އެގޮތުގައި އޮންނަނަމަ ލޭމައްޗަށް ދިއުން މެދުވެރިނުވާކަމަށެވެ. އަދި އުމުރު މެދަށް ދާއިރުވެސް އެމީހުންގެ ބޮޑީ މާސް އިންޑެކްސް ދަށްކޮށް ހުރުމަށް އެހީވެދޭނެކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0