އަބަދު ނެގެޓިވްކޮށް ވިސްނެނީ ކީއްވެ؟

15 ފެބުރުއަރީ 2022 - 15:19

ދިރިއުޅުމުގައި ދިމާވާ ރަނގަޅު ކަންތައްތަކަށްވުރެ ބޮޑަށް ނުރަނގަޅު ނުވަތަ ނެގެޓިވް ކަންތައްތަކަށް އަހަރެމެންނަށް ބޮޑަށް ފޯކަސް ކުރެވެއެވެ. ސައިކޮލޮޖިސްޓުން ބުނާގޮތުގައި މީގެ މައިގަނޑު ސަބަބަކީ ނެގެޓިކް ކަންތައްތަކުގެ ސަބަބުން ސިކުނޑިއަށް ކުރާ އަސަރު ޕޮޒިޓިވް ކަންތައްތަކަށްވުރެ އިތުރުވުމެވެ.

ފަސްޓް ބޭޑް އިންޕްރެޝަންއަކީވެސް ހަނދާނުން ފިލުވާލަން އުނދަގޫ ސިކުނޑީގައި ގިނަދުވަސްވަންދެން ހުންނަ ކަންތައްތަކެވެ. ޕޮޒިޓިވް ކަންތައްތަކަށްވުރެ އަބަދުވެސް އިންސާނާގެ ސިކުނޑީގައި ހަރުލާފައި ހުންނަނީ ނެގެޓިވް ކަންތައްތަކެވެ. ސައިކޮލިޖިސްޓުން ބުނާގޮތުގައި އިންސާނުން ބޮޑަށް ހަނދާން ހުންނާނީ:

advertisement
  • ދިރިއުޅުމުގައި ހިނގާފައިހުންނަ ހިތްދަތި ކަންތައްތައް
  • ތައުރީފުކުރުމަށްވުރެ ގަނާކުރުމަށް ހިންގާ ކަންކަން
  • ޕޮޒިޓިވް ކަންކަމަށްވުރެ ބޮޑަށް ނެގެޓިވް ކަންކަމަށް އަބަދު ވިސްނުން
  • ނެގެޓިވް ކަންކަމަށް ތިމާ ރެސްޕޯންޑްކުރާލެއް ޕޮޒިޓިވް ކަންކަމަށްވުރެ އިތުރުވުން

މިސާލަކަށް ބުނާނަމަ ވަޒީފާގެ މާހައުލުގައި ދުވަސް ވަރަށް ރަނގަޅަށް ގޮސްގޮސް ހުއްޓައި ތިމާއާއިއެކު މަސައްކަތްކުރާ މީހަކު ބުނާ އެއްޗެއްގެ ސަބަބުން މޫޑު ސަކަރާތްވެދާނެއެވެ. އަދި އެދުވަސް މުޅިން ސަކަރާތްވެދާނެއެވެ. މިއީ ޕޮޒިޓިވް ކަންކަމަށްވުރެ ބޮޑަށް ނެގެޓިވް ކަންކަމަށް ވިސްނުމުގެ ސަބަބުން ދިމާވާގޮތެވެ. އެދުވަހު ދެން އެއްވެސްކަމެއް ރަނގަޅަކަށް ނުދާނެއެވެ. މުޅި ދުވަހު ވިސްނޭނީ އެކަމާއިދޭތެރޭގައެވެ.

މަސައްކަތް ނިންމާފައި ގެއަށް ދިއުމުން ތިމާގެ ދުވަސް ކިހިނެތްތޯ ސުވާލުކުރުމުންވެސް ޖަވާބުގައި ބުނެވޭނީ ވަރަށް ސަކަރާތްކަމަށެވެ. ދިރާސާތަކުންވެސް ދައްކަނީ ޕޮޒިޓިވް ކަންކަމަށް ސަމާލުކަން ދިނުމަށްވުރެ ގިނަ މީހުން ސަމާލުކަންދެނީ ނެގެޓިވް ކަންކަމަށްކަމަށެވެ.

ސައިކޮލޮޖިސްޓުން ބުނަނީ ކަމެއްކުރަން ފަށަން މީހުން ފަސްޖެހެނީވެސް ނެގެޓިވް ވިސްނުމުގެ ސަބަބުންކަމަށެވެ. މިސާލަކަށް އެކަމެއްކޮށްފިނަމަ ދިމާވެދާނެ ނެގެޓިވް ކަމަކަށް މާބޮޑަށް ވިސްނެނީކަމަށެވެ. އޭގެބަދަލުގައި އެކަމާއި ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނަންޖެހޭކަމަށެވެ.

ރިއެކްޝަންސް
0
2
0
8
3
0
1