އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކުރޭ

16 ފެބުރުއަރީ 2022 - 14:37

އަމިއްލަ ނަފްސަށް އިތުބާރުކުރުމަކީ ތިމާގެ އަމިއްލަ ނަފްސާއިމެދު ތިމާއަށް އޮންނަ އިތުބާރާއި ޔަޤީންކަމެކެވެ. އެއީ ވަކި ކަމެއް ހާސިލްކުރުމަށް އޮންނަ ޔަޤީންކަމަށްވެސް ވެދާނެއެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރުމަކީ ބައެއް މީހުންނަށް ކުރަން އުނދަގޫކަމެކެވެ. ނަމަވެސް މިއީ ވަރަށް މުހިންމު ކަމެކެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރުމަށް މިއީ ކުރެވިދާނެ ބައެއް ކަންކަމެވެ.

  • އަޅާނުކިޔުން

އަމިއްލަ ނަފްސާއިމެދު އޮންނަ އިތުބާރު ބޮޑުކުރުމަށް ތިމާއާއި އެހެންމީހުންނާއިމެދު އަޅާކިޔުން ހުއްޓާލާށެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އަދި އެކި މީހުން ކުރަން މޮޅުވާނީ އެކިއެކި ކަންކަމަށެވެ. އެހެންމީހަކު ވަރަށް މޮޅަށް ކުރާކަމެއް ތިމާއަށް ނުކުރެވިދާނެއެވެ. އަދި ތިމާ މޮޅަށް ކުރާކަމެއް އެހެން މީހަކަށް ނުކުރެވިދާނެއެވެ.

advertisement
  • މީހާއަށް ލިބޭ ކުރިއެރުން ބެލުން

ތިމާގެ އަމިއްލަ ނަފްސަށް ލިބޭ ކުރިއެރުން ބަލާ ދިރާސާކުރާށެވެ. މިއީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާނެކަމެކެވެ.

  • ފެއިލް ވުމާއިމެދު ދެކޭގޮތް ބަދަލުކުރުން

ކަމެއް ހާސިލްނުވުމުން އެކަމަކާއި ދެރަވާގޮތް މެދުވެރިވެއެވެ. އަދި މިއީ ތިމާއަށް ލިބުނު ގެއްލުމެއް ކަމަށްދެކެ ވަރަށް ނެގެޓިވްކޮށް ވިސްނެއެވެ. ނަމަވެސް ކާމިޔާބީއަށް ވާސިލްވުމަށް ނާކާމިޔާބީއަކީ ދިމާވާނެ ކަމެއްކަން ދަންނާށެވެ.

  • އަމިއްލަ ނަފްސާމެދު ބުނެވޭ ނެގެޓިވް ބުނުންތައް ހުއްޓާލާ

އެހެންމީހުން ތިމާއާއިމެދު ބުނާ ގެނެޓިވް ވާހަކަތަކަށްވުރެ ތިމާ އަމިއްލަ ނަފްސާއިމެދު ބުނެވޭ ނެގެޓިވް ބުނުންތައް ގިނަވާފަހަރު އާދެއެވެ. އަމިއްލަ ނަފްސާއިމެދު އޮންނަ އިތުބާރާއި ޔަޤީންކަން ބޮޑުކުރުމަށްޓަކައި ތިމާގެ ނަފްސަށް ބުނެވޭ ނެގެޓިވް ބުނުންތައް މަދުކުރާށެވެ. އަމިއްލަ މީހާއަށް ހާސިލްވާ ކަންކަން ބަލައި އެވާހަކަދައްކާށެވެ.

  • އަމިއްލަ ނަފްސަށް އަޅާލުން

އަމިއްލަ ނަފްސަށް އަޅާލާ މީހަކަށް ވާށެވެ. ވަރުބަލިކަމުގެ އިހްސާސް ކުރެވޭނަމަ އަރާމުކުރާށެވެ. ހަމަނިދި ނިދައި، ސިއްހަތައް ފައިދާހުރި ކާނާ ބޭނުންކޮށް ކަސްރަތުކުރާށެވެ.

ރިއެކްޝަންސް
0
0
0
0
0
1
0