ސްކްރީން ޓައިމް ގިނަނަމަ ކުއްޖާ ކިޔެވުމާއި ދުރުވޭ

17 ފެބުރުއަރީ 2022 - 14:59

ކުޑަކުދިން ގިނައިރު ފޯނު ޓެބްލެޓް ފަދަ ތަކެއްޗަށް ކުޅޭނަމަ އެކުދިން ކިޔެވުމަށް ދުރުވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބީބީސީން ބުނެފައިވަނީ 1 އަހަރާއި 3 އަހަރާއި ދެމެދުގެ ކުދިން ފޯނު ފަދަ ތަކެއްޗާއި ކުޅޭ ނަމަ އެކުދިން ކިޔެވުމަށް ދުރުވާކަމަށެވެ.

advertisement

ކިޔެވުމުން ދުރުވުމުގެ އިތުރުންވެސް ސްކްރީންގައި ވަގުތު ހޭދަކުރާ މިންވަރު އިތުރުނަމަ ކުއްޖާއަށް އެހެން ބައެއް ބަދަލުތައް އަންނަކަމަށްވެސް ދިރާސާގައި ވަނީ ބުނެފައެވެ. އެގޮތުން ހަލަބޮލިވުން އިތުރުވުމާއި އެކު ކުދިން ހެދިބޮޑުވުމަށް ވެސް ހުރަސްއެޅޭ ކަމަށް ވަނީ ބުނެފައެވެ. އަބަދު ފޯނު ފަދަ ތަކެއްޗާއި ކުޅުމުން އެކުދިންނަށް ފޯނުން ކުރާ ގިނަ ކަންކަން ދަސްވި ނަމަވެސް ސިއްޚީ މައްސަލަތަކާއި ވެސް ކުރިމަތިލާން ޖެހެއެވެ. އެގޮތުން އެފަދަ ކުދިންގެ ލޮލުގެ ފެނުމަށް ބަދަލުއައިސް ލޮލުގެ މައްސަލަތަކާއި ކުރިމަލާން ޖެހޭ ކަމަށް ވެސް ދިރާސާގައި ބުނެފައިވެއެވެ.

ޓެކްނޮލޮޖީގެ ވަސީލަތްތައް އާންމުވެފައިވާ މި ދުވަސްވަރުގައި މި އެއްޗިއްސަށް ދެވިހިފާފައިވާ ކުޑަކުދިންގެ އަދަދު ވަރަށް ގިނައެވެ. އަދި ބައެއް ފަހަރު ބެލެނިވެރިންނަށްވެސް ނުވިސްނާ ފަސޭހަކޮށްލުމަށް ޓެބްލެޓް އަދި ފޯނު ފަދަ އެއްޗެހި ކުދިންނަށް ދެވެއެވެ.

ލަންޑްންގައި ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި 3 އަހަރުން ދަށުގެ 75% ކުދިން ފޯނު ފަދަ ތަކެއްޗާއި އާދައިގެ މަތިން ކުޅޭ ކަމަށެވެ. އަދި 6 މަހާއި 11 މަހާއި ދޭތެރޭގެ %51 ކުދިން ހިމެނޭއިރު 2 އަހަރާއި 3 އަހަރާއި ދޭތެރޭގެ %92 ކުދިން ޓަޗް ސްރީން ހިމެނޭ އެއްޗެހި ބޭނުން ކުރެއެވެ. އަދި އެކުދިންގެ ކިޔެވުން ދައްވެ ސްކޫލުން ހޯދާ ނަތީޖާތައް ބޮޑުތަނުން ދައްވެފައިވާ ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއެވެ.

ރިއެކްޝަންސް
1
1
2
3
0
0
0