ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ކާނާގެ ސަބަބުން އެތަށް ސިއްހީ މައްސަލަތަކެއް

19 ފެބުރުއަރީ 2022 - 13:23

މުޅި ދުނިޔެއަށް ބަލާއިރު އަހަރެއްގެ މައްޗަށް 322 މިލިއަން މެޓްރިކް ޓަނުގެ ޕްލާސްޓިކް ބޭނުންކުރެއެވެ. މީގެތެރެއިން %60 ޕްލާސްޓިކް ބޭނުންކުރަނީ ކާނާއާއި އެކިއެކި ބުއިންތައް ބަންދުކުރުމަށެވެ. މިފަދަ ޕްލާސްޓިކްގައި ގިނަ އަދަދެއްގެ ކެމިކަލް ހިމެނެއެވެ. އޭގެތެރޭގައި ސްޓެބިލައިޒަރސް، ލުބްރިކެންޓްސް، ފިލާސް، އަދި ޕްލާސްޓިސިޒާރސް ހިމެނެއެވެ.

ޕްލާސްޓިކްގައި ކާނާއާއި ބުއިންތައް ބަންދުކުރުމުގެ ސަބަބުން ޕްލާސްޓިކްތައް ހަލާކުވެ މައިކްރޯޕްލާސްޓިކް ކާނާއާއި އެކުވެއެވެ. އަދި މީގެ ސަބަބުން އެތަކެތި ކެއުމުން ހަށިގަނޑަށް ގެއްލުން ލިބެއެވެ.

advertisement

ޕްލާސްޓިކްގައި ބަންދުކުރާ ބައެއް އުފެއްދުންތަކުގެ ތެރޭގައި މައިކްރޯޕްލާސްޓިކް ހިމެނޭ ބައެއް ތަކެތީގެ ތެރޭގައި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ފެންފުޅިއާއި، ޕްލާސްޓިކް ފޮށީގައި ބަންދުކޮށްފައި ހުންނަ ކާނާއާއި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ބައެއް ބުއިންތައް ހިމެނެއެވެ.

ޕްލާސްޓިކްގައި ގިނަ ދުވަސްވަންދެން ބަންދުކޮށްފައި ހުންނަ ތަކެތި ހޫނުވުމުގެ ސަބަބުން މައިކްރޯޕްލާސްޓިކް އުފެދި ހަށިގަނޑަށް ޕްލާސްޓިކް ދިއުމުގެ ފުރުސަތޮ ބޮޑެވެ.

މައިކްރޯޕްލާސްޓިކްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް:

  • ހޯމޯން މައްސަލަތައް ދިމާވުން
  • ހިތުގެ ބަލިތައް ޖެހުން އާންމުވުން

ދިރާސާއިން ދައްކާގޮތުން ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ތަކެތި ކެއުމުގެ ސަބަބުން ހަކުރު ބަލީގެ ޓައިޕް2 ޖެހުމާއި، ހިތުގެ އެކިއެކި ބަލިތައް ޖެހެއެވެ.

  • ދިފާއީ ނިޒާމް ބަލިކަށިވުން

މައިކްރޯޕްލާސްޓިކްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކުރާނީ ކިހިނެތް؟

  • ޕްރޮސެސްކޮށްފައި ހުންނަ ކާނާ ބޭނުންކުރުން މަދުކުރުން
  • ތިމާވެއްޓާއި ރަހުމްތެރި ޕެކޭޖިންގ ހުންނަ އުފެއްދުންތައް ހިޔާރުކުރުން
  • ބިއްލޫރި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި ބޭނުންކުރުން
ރިއެކްޝަންސް
0
0
0
0
0
0
0