ހައިޕް ކަލްޗަރ އަށް ޒުވާނުން ހެއްލެނީ ކީއްވެ

20 ފެބުރުއަރީ 2022 - 15:42

ހެދުން އެޅުމުގައި އަންހެނުންގެ ތެރޭގައިވެސް އަދި ފިރެހެނުންގެ ތެރޭގައިވެސް އެއިރެއްގައި އަންނަ ފެޝަނަކަށް ބަދަލުވާ މީހުން އުޅެއެވެ. ކިތަންމެ ބޮޑު ހަރަދެއް ކޮށްލާފައިވެސް އެއިރެއްގެ ޕެޝަނެއްގެ ހެދުމެއް ހޯދައެވެ. އަދި މަޝްހޫރު ބްރޭންޑްތަކުންވެސް އެ އުފެއްދުންތައް މާކެޓްކުރުމާއި އަދި މީހުން ގަތުމަށް ލޯބިޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ.

ޒުވާނުންގެ މެދުގައި އެއިރެއްގައި އޮންނަ ފެޝަނަކަށް ހެދުން އެޅުން އާންމެވެ. އަދި ވަކި ބްރޭންޑްތަކެއް ލުންވެސް ވަނީ އާންމުވެފައެވެ. އާންމުގޮތެއްގައި މިގޮތައް ކަންހިނގާކަމަށް ބެލެވެނީ ވަކި ބްރޭންޑެއްގެ ހެދުން އެޅުމުގެ ސަބަބުން އެމީހާގެ ފެންވަރާއި އަދި އެމީހަކު ގަބޫލުކުރާ ގޮތެއް އެހެން މީހުންނަށް ދެއްކުމަށްކަމަށް ބެލެވެއެވެ. އަދި ޒުވާނުންގެ މެދުގައި މިއީ ކޫލްކަމެއްކަމަށް ދެކުމަކީވެސް އެއިރެއްގެ ޕެޝަނަކަށް އެނބުރެމުން ދިއުމުގެ ސަބަބަކަށް ވެދާނެއެވެ.

advertisement

މިފަދަ އުފެއްދުންތަކާއި ބްރޭންޑްތައް އުފައްދާ ކުންފުނިތަކުންވެސް ޒުވާނުން މިކަމުގެ ތެރެއަށް ވެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މަޝްހޫރު މީހުން މެދުވެރިކޮށް މިފަދަ ބްރޭންޑްތައް އިޝްތިހާރުކުރުމަކީ މީހުން އެ އުފެއްދުންތައް ގަތުން އިތުރުކުރުމަށް ކުރާ ކަމެކެވެ.

އަންނަ ކޮންމެ ބްރޭންޑަކާއި އެއްގޮތައް ހެދުން އެޅުމަށް ބައެއް މީހުން ލޯބިކުރިނަމަވެސް މިގޮތައް އަމަލުނުކުރާ މީހުންވެސް އުޅެއެވެ. އެމީހުން ދެކޭގޮތުގައި މިއީ މުހިންމު ކަމެއް ނޫނެވެ. އަދި މިއީ ކުރެވޭ ބޭކާރު ހަރަދެއްވެސްމެއެވެ.

ރިއެކްޝަންސް
0
0
1
0
1
0
0