ހާލުގައި ޖެހިފައިވާ އާފިޔާގެ އާއިލާއަށް އެހީތެރިވެދީ

23 ފެބުރުއަރީ 2022 - 13:03

ހާލުގައި ޖެހިފައިވާ އާފިޔާގެ އާއިލާއަށް އެހީތެރިވުމުގެ ފުރުސަތު މަމްސް އެންޖީއޯއިން ހުޅުވާލައިފިއެވެ. މަމްސް އެންޖީއޯއަކީ ހާލުގައި ޖެހޭ އާއިލާތަކަށް މީގެކުރިންވެސް ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައިވާ ޖަމިއްޔާއެކެވެ. މިފަދަ އެހީތެރިވުމަށް ހުޅުވާލާފައިވަނީ ވަރަށް ބޮޑަށް އެހީތެރިކަމަށް ބޭނުންވެފައިވާ އާފިޔާގެ އާއިލާއަށެވެ.

އާއިލާ ރޫޅިފައިވުމުގެ ސަބަބުން އާފިޔާ ދައިންނާއިއެކު އުޅެމުން އަންނަނީ ވަރަށް ހާލުގައެވެ. އާފިޔާ ބުނީ ކާއެތިކޮޅެއް ގެއަށް ހޯދޭނެ މިންވަރުވެސް ނެތްކަމަށެވެ.

advertisement

“ ރަނގަޅު ކާއެއްޗެއް ގެއަށް ހޯދުމަށް މަސައްކަތް ކުރިނަމަވެސް ކޮންމެހެން ބޭނުންވާ އެއްޗެއް ނޫން އެއްވެސް ކަމެއް ކުރެވޭނެ ގޮތެއް ނުވޭ. ބައެއްފަހަރު އާފިޔާ ނުކައިވެސް ކުދިންނަށް ކާއެތިކޮޅެއްދީ އެކުދިން ތިބެނީ ބަނޑުފުރައިގެންކަން ޔަޤީންކުރޭ. ސްކޫލަށް އިންޓަވަލްއަށް ދޭނެ އެއްޗެއް ނެތުމުން ބައެއް ދުވަސްދުވަހު ސްކޫލަށްވެސް ނުފޮނުވޭނެ” އާފިޔާ ބުންޏެވެ.

އާފިޔާ ބުނީ ދަރިން ގޮވައިގެން ރަށައްވެސް ދެވޭނެ ގޮތެއް ނެތްކަމަށެވެ. އަދި ވަރިކުރިއިރު ކުދިންގެ ހަރަދުވެސް ނުދޭނެކަމަށް ފިރިމީހާ ބުނެފައިވާކަމަށެވެ.

“ރަށައް އެނބުރި ދިއަސް މަންމަމެން ކައިރީ ކުދިން ގޮވައިގެން އުޅެވޭނެ ގޮތެއް ނެތް. ވަރިކުރިއިރު ފިރިމީހާ ވަނީ ކުދިންނަށް ހަރަދުނުދޭނެކަމަށްވެސް ބުނެފަ. މިއަދު މިވަނީ ކުދިންނާއިއެކީ މަގުމަތިވެ ވަންނާނެ ތަނެއް ނެތިފަ. ތަނެއް ކުއްޔަށް ނަގަންވެސް ފައިސާ ބޭނުންވާނެ. އެންމެ އަސަރުކުރަނީ ކުދިންނަށް ބޯހިޔާވަހިކަން އަދި ޒަރޫރީ ބޭނުންތައް ފުއްދާނެ ގޮތެއް ނޭންގޭތީ. އަޅުގަނޑު މިއަދު މިވަނީ ގޮތްހުސްވެ ހަދާނެގޮތް ނެތިފައި. ރޯދަމަސް މިއޮތީ އައިސް ޖެހިފައި. މިކުދިން ރޯދައަށް ތިބޭއިރު ކާނެއްޗެއް ހޯދަންވެސް ދާންވީ ދިމާލެއްވެސް އަޅުގަނޑަށް ނޭންގޭ. ހޮތްފަޅައިގެން ދާވަރުވޭ. ބޮޑެދެކުދިންގެ މޫނުމަތިން ފެންނަ މާޔޫސްކަން ފެނިފައި.” ވަރަށް އަސަރާއިއެކު އާފިޔާ ކިޔައިދިނެވެ.

މި އާއިލާއަށް އެހީތެރިވުމުގެ ފުރުސަތު މަމްސް އެންޖީއޯއިން މިހާރު ވަނީ ހުޅުވާލާފައެވެ. މަމްސް އެންޖީއޯގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެންވެސް އެހީތެރިވެދެވޭނެއެވެ.

ރުފިޔާ: 7730000294482

ޑޮލަރު: 7730000294483

ރިއެކްޝަންސް
0
0
0
0
0
0
0