ގެވެށި އަނިޔާގެ އަމަލެއް ކުރާކަމަށް ހީވާނަމަ ކަންކުރާނީ ކިހިނެތް؟

23 ފެބުރުއަރީ 2022 - 13:36

ގެވެށި އަނިޔާގެ މައްސަލަތަކަކީ މިހާރު އާންމުވަމުން އަންނަ އެކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ. ގެވެށި އަނިޔާގެ އަނިޔާތައް ތިމާއާއި ގާތްމީހުންގެ ފުށުންނާއި އަދިު ދުރުމީހުންގެ ފުށުންވެސް ލިބޭފަހަރު އާދެއެވެ. ގެވެށި އަނިޔާގެ މައްސަލަތައް ސިއްރުނުކޮށް އެކަންކަމަށް ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

ގެވެށި އަނިޔާގެ މައްސަލައެއް ކޮށްފިނަމަ ނުވަތަ ކުރަން އުޅޭނަމަވެސް އެކަމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް އެބަހުއްޓެވެ. މިފަދަ ކަމެއް ސިއްރުކުރުމަކީ އެކަން ކުރާ މީހާއަށް ލިބޭ އިތުރު ހިތްވަރެކެވެ. އެހެންކަމުން މިކަންކަމާއި ހިތްވަރާއިއެކު ކުރިމަތިލާންޖެހެއެވެ.

ގެވެށި އަނިޔާގެ މައްސަލައެއް ކޮށްފިނަމަ ނުވަތަ ކުރަން އުޅޭނަމަ ރައްކާތެރިކުރުމުގެ އަމުރަކަށް އެދެވިދާނެއެވެ. އަމުރަށް އެދޭއިރު މުއާމަލާތްކުރުން މަނާކުރުމުގެ ޝަރުތަކަށް އެދެވިދާނެއެވެ. ރައްކާތެރިކުރުމުގެ އަމުރެއްގެ މުއްދަތަކީ 1 އަހަރެވެ.

ރައްކާތެރިކަމުގެ އަމުރަކަށް އެދޭނީ މާލޭގައި ނަމަ ފެމިލީ ކޯޓުގައެވެ. އަދި މާލެ ފިޔަވައި އެހެން ރަށްރަށުގައި ނަމަ މެޖިސްޓްރޭޓް ކޯޓުގައެވެ.

މިއީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ނުވަތަ ލިބިފައިވާ ފަރާތްތަކަށް އެފަރާތެއްގެ އަނިޔާއިން ސަލާމާތްވުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0