އާއިލާއާއިބެހޭ މައްސަލަތަކަށް ހޭލުންތެރިކުރުވުމުގެ ޙާއްސަ ސެޝަނެއް

23 ފެބުރުއަރީ 2022 - 16:29

އާއިލާއާއި ބެހޭ ޤާނޫނަށް ހޭލުންތެރިކުރުވުމުގެ ވަރަށް ޙާއްސަ އޮންލައިން ސެޝަނެއް ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. މި ސެޝަންގައި އާއިލާއާއި ބެހޭ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ކިޔާދޭނެއެވެ.

މި ސެޝަން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 20:00 އިން 21:00 އަށެވެ. މި ސެޝަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީވުމަށް އެކަމަށް އެދޭ ފޯމު ހުށައަޅައިގެން ނުވަތަ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުގެ ނަންބަރު 9721213 އަށް ގުޅައިގެންވެސް ރަޖިސްޓްރީވެވޭނެއެވެ. މި ސެޝަންގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް ސެޝަންގައި ބައިވެރިވިކަމުގެ ޑިޖިޓަލް ސެޓްފިކެޓެއް ހަވާލުކުރާނެއެވެ.

advertisement

މި ސެޝަން ހުށައަޅައިދޭނީ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުގެ މެންބަރު އަލްއުސްތާޛާ އައިޝަތު ނަޖާއާއި، ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުގެ ބޯޑު މެންބަރު އަލްއުސްތާޛާ މަރިޔަމް އިނާޝާއެވެ.

މި އޮންލައިން ސެޝަންގައި ހިމެނޭ ބައިތަކުގެ ތެރޭގައި ކައިވެނި ރަޖިސްޓްރީކުރުމާއި ބެހޭ މައުލޫމާތު، ވަރިއާއި ބެހޭ މައްސަލަތައް ކޯޓަށް ހުށައެޅުން، ދަރިންގެ ޚަރަދު ހޯދުން، ދަރިންގެ ހަޟާނާތުގެ އުޞޫލުތައް ހިމެނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0