އެޑިކްޝަން ތަހައްމަލް ކުރާ މީހަކު ނޭންގި ނަމަވެސް އެނޭބަލް ކުރެވޭތަ؟

24 ފެބުރުއަރީ 2022 - 13:01

މަސްތުވާތަކެއްޗަށް ދެވިހިފުމަކީ މިހާރު އަހަރެމެންގެ މުޖްތަމައުގައިވެސް އާންމުވެފައިވާ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދަންނަ މީހަކު ނުވަތަ އާއިލާގެ މީހަކު މި ވަބާގައި ޖެހިފައި އުޅޭނެކަމަށް ބެލެވެއެވެ.

މަސްތުވާތަކެއްޗަށް ދެވިހިފައިފާ މީހަކީ ތިމާ ވަރަށް ލޯބިވާ މީހަކަށް ވެދާނެއެވެ. އެހެންކަމުން އެމީހަކު ސަލާމަތްކޮށްދިނުމަށްޓަކައި ތިމާ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. ކޮންމެފަދަ ދޮގެއް ހަދައި ފައިސާވެސް އެކަމުގައި ހޭދަކޮށްފާނެއެވެ.

advertisement

އަދި ނޭންގި ނަމަވެސް އެކަން ނުހުއްޓުމަށް ހިތްވަރުދެވި، އެނޭބަލް ކުރެވިދާނެ އެވެ.

މަސްތުވާތަކެތީގައި ޖެހިފައިވާ މީހަކު އޭގެ ސަބަބުން ދިމާވާ ކަންކަމުން ދިފާއުކުރުމާއި އެމީހާއަށް އެކަމުގައި ސަޕޯޓް ދިނުމަކީ ވަރަށް ތަފާތު 2 ކަމެކެވެ. އޭނާއަށް އެކަމުގައި ސަޕޯޓް ދިނުމަކީ އެކަމުން ސަލާމަތްވުމަށް އެމީހާއަށް ހިތްވަރުދީ މަސައްކަތް ކުރުމެވެ. ނަމަވެސް ދިފާއުކުރުމަކީ އޭގެ ސަބަބުން އެމީހާއަށް ދިމާވާ ކަންކަމުން ދިފާއުކޮށް އެމީހާގެ ލާބައަށް މަސައްކަތް ކުރުމެވެ. އެގޮތުން މަސްތުވާތަކެތީގައި ޖެހިފައިވާ މީހަކު ދިފާއުކުރާ މީހެއްގެ އަމަލުތައް ހުންނާނީ މިހެންނެވެ.

  • މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހާއަށް ކުރިމަތިވެދާނެ މައްސަލައަކުން ސަލާމަތްކުރުމަށް އޭނާގެ އަމަލުތައް ހުންނަގޮތް ސިއްރުކުރުން
  • ފައިސާ ބޭނުންކޮށްގެން ނުވަތަ އެހެންވެސް ނުފޫޅެއް ބޭނުންކޮށްގެން ޖަލުން ނެރުން
  • މަސްތުވާތަކެއްޗަށް އެމީހާ ދިއުމުގައި އެހެން މީހުން ކުއްވެރިކުރުން. މިސާލަަކަށް އާއިލާ، ރަހުމަތްތެރިން، ލޯބިވެރިޔާ
  • އެހެން މީހުންގެ ހައްގުތަކަށްވެސް މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހާގެ ކަންކަން އިސްކުުރުން

އާންމުގޮތެއްގައި މިގޮތައް އަމަލުކުރަނީ އެމީހާދެކެ ވާލޯބީގެ ސަބަބުންނެވެ. ވާލޯބީގެ ސަބަބުން އެމީހާ ރަނގަޅުކުރުމުގެ ބަދަލުގައި އެމީހާ ބޭނުންވާ ގޮތަކަށް ހުރިހައި ކަމެއް ކޮށްދެވޭތަން އާދެއެވެ. ނަމަވެސް ލޯތްބަކީ އެމީހާ އެކަމުން ސަލާމަތް ކުރެވޭނެ ގޮތެއް ނޫނެވެ. މީގެއިތުރުންވެސް ދިފާއުކުރުމުގެ މިފަދަ އަމަލުތައް ކުރާ އަނެއް ސަބަބެއްގެ ތެރޭގައި ބިރު ހިމެނެއެވެ.

ރިއެކްޝަންސް
0
0
0
0
0
1
0