އެމްވީ ޕްލަސް “ޕެޓިޝަންސް” ގެ ނަމުގައި ޙާއްސަ ސެގްމަންޓެއް ތަޢާރަފްކޮށްފި

24 ފެބުރުއަރީ 2022 - 16:01

އެމްވީ ޕްލަސްއިން ކުރިއަށްގެންދާ އެމްވީޕްލަސް އޮޕީނިއަންގެ ދަށުން “ޕެޓިޝަން” ގެ ނަމުގައި ޙާއްސަ ސެގްމަންޓެއް ތައާރަފްކޮށްފިއެވެ.

އެމްވީޕްލަސްއިން ބުނީ މި ސެގްމަންޓް ތައާރަފްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބަދަލެއް ގެނައުމަށް ކިޔުންތެރިންނަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އެމްވީޕްލަސް ޕެޓިޝަންއަށް ކިޔުންތެރިން ބޭނުންކަމަކަށް ޕެޓިޝަން ހުށައެޅޭނެއެވެ. އޭގެތެރޭގައި އިޖްތިމާއި، އިގްތިސާދީ އަދި އެހެންނޫނަސް ކަންބޮޑުވާ ކަންތަކާއި ގުޅޭގޮތުން ޕެޓިޝަން ހުށައެޅިދާނެއެވެ.

advertisement
  • ކިޔުންތެރިން ހުށައަޅާ ޕެޓިޝަންގެ ތެރެއިން 5،000 އަށްވުރެ ގިނަ ސޮއި ލިބޭ ޕެޓިޝަންތައް އެމްވީޕްލަސްއިން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅާނެއެވެ.
  • ފެޓިޝަންއަކަށް 3،000 އަށް ވުރެއް ގިނަ ސޮއި ލިބިއްޖެނަމަ އެމްވީޕްލަސްއިން އެ ފެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެއެވެ. އަދި ކިޔުންތެރިން ހުށައަޅާ
  • ޕެޓިޝަންގެ ތެރެއިން 1،000 އަށްވުރެ ގިނަ ސޮއި ލިބޭ ޕެޓިޝަންތައް ކަމާބެހޭ ފަރާތްތަކަށް ހުޅައެޅޭނެއެވެ.

މިއީ ކިޔުންތެރިން ބޭނުންޖެހިފައިވާ ކަންކަމަށް އަޑުއުފުލައި އެކަންކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެމްވީ ޕްލަސްއިން ފަށާފައިވާ މަސައްކަތެކެވެ.

އެމްވީ ޕްލަސްއިން މީގެކުރިންވަނީ ޕަބްލިކް އޮޕީނިއަންގެ ނަމުގައިވެސް ސޯސަލްމީޑިއާގައި ހަރަކާތެއް ފަށާފައެވެ. މިއީ މުޖްތަމައުގެ އެކިއެކި ކަންކަމާއި ގުޅޭގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ ތެރޭގައި ސަރުކާރުގެ މަގުބޫލުކަން އަދި ކިޔުންތެރިންގެ މޫޑް ދެނެގަތުންފަދަ ޓްރެކާރސް ހިމަނާފައިވެއެވެ. އެމްވީ ޕްލަސް އޮޕީނިއަންގެ ދަށުން އެއިރެއްގައި މުޖްތަމައުގައި އެންމެ ގަދައަށް ދެކެވޭ ވާހަކަތަކަށް އާންމުންގެ ޙިޔާލަށް ހުށައަޅާލައެވެ.

އެމްވީ ޕްލަސްއަކީ ދިވެހިރާއްޖޭގެ ކަރަންޓް އެފެއާރސް ހަބަރުތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އަލިއަޅުވާލާ އެއާއި ދެކޮޅަށް އަޑުއެފުލުމަށް އަމާޒުކުރާ މީޑިއާއެކެވެ. 

ރިއެކްޝަންސް
0
2
0
0
0
0
0