40 އިންމައްޗަށް ދިއުމުން އަހަރަކު 1 ފަހަރު ލޭގެ ޕްރެޝަރު ބެލުން މުހިންމު

27 ފެބުރުއަރީ 2022 - 15:08

ލޭމައްޗަށް ދިއުމަކީ ލޭގެ ޕްރެޝަރ ހުންނަންވާ ވަރަށް ވުރެ މައްޗަށް ދިއުމެވެ. ލޭމައްޗަށް ދިއުމުގެ މައްސަލަ ޢާންމުގޮތެއްގައި ފެށެނީ މެދު ޢުމުރުން މައްޗަށް ދިއުމުންނެވެ. ޕްރެޝަރ ހުންނަންޖެހޭ އެކަށީގެންވާ ވަރަކީ 80/128 އެވެ. ޒުވާން ޢުމުރުގައި ހުންނާނީ މިއަށް ވުރެ ދަށްކޮށެވެ. ލޭގެ ޕްރެޝަރ ހުންނަންޖެހޭ މިންގަ ނޑާއި މީހާގެ ޢުމުރާއި ވަރަށް ބޮޑަށް ގުޅިފައިވެއެވެ.

ފަންސާހަކަށް އަހަރަށް ދާއިރު ޕްރެޝަރ މިއަށްވުރެ ތަންކޮޅެއް މައްޗަށް ހުރިނަމަވެސް އެއީ މައްސަލައެއްކަމަކަށް ޑަކްޓަރ ފާހަގައެއް ނުކުރައްވައެވެ. ނަމަވެސް 85/130 – 89/130 އަށްވުރެ ޕްރެޝަރ މަތިނަމަ ޑަކްޓަރ އަށް ދައްކައި ލަފާހޯދުން މުހިންމެވެ. ޒުވާން ދުވަސްވަރު މަދު މީހަކަށް މި މައްސަލަ ދިމާވުން އެކަށީގެންވެއެވެ. މިފަދަ މީހުން ޕްރެޝަރ ދަށް ކުރުމަށް ޑަކްޓަރގެ ލަފާގެ މަތީން ފަރުވާ ލޭގެ ޕްރެޝަރ މަތީގައި ހުންނަނަމަ ލޭނާރުތަކުގެތެރޭގައި މަސްއަލަޖެހި ކުރުމުން ހަމައަކަށް އެޅި މުޅިން ރަގަޅުވެއެވެ. ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުންވެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ. އެހެންކަމުން ޑަކްޓަރގެ ފަރުވާ ހޯދައި ޕްރެޝަރ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުން މުހިންމެވެ.

advertisement

ލޭމައްޗަށް ދިއުމުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި

ލޭމައްޗަށް ގޮސްފައި ހުރިކަން ގިނަފަހަރަށް އެނގެނީ ކޮންމެވެސް ކަމެއްގައި ޑަކްޓަރ އަށް ދެއްކުމުން ލޭގެ ޕްރެޝަރ ބެލުމާއި ގުޅިގެންނެވެ. ނުވަތަ ކޮންމެވެސް ގުނަވަނަކަށް އުނދަގޫތަކެއް ވާތީއެވެ. ލޭ މަތީގައި ހުންނަތާ އެތަކެއް ދުވަސް ފަހުންވެސް މި ފަދަ މައްސަލައެއް އެނގުން އެކަށީގެން ވެއެވެ. ނަމަވެސް އޭރު އޮންނާނީ ހަށިގަނޑަށް އެތަކެއް ގެއްލުން ވެފައެވެ. ވީމާ ލޭ މައްޗަށްގޮސްފައިހުރިކަން ޔަޤީންކޮށް ދެނެގަނެވޭނީ ލޭގެ ޕްރެޝަރ ބެލުމުންނެވެ. އުމުރުން ސާޅީސް އަހަރުން މައްޗަށް ދިއުމުން އަހަރަކު 1 ފަހަރު ލޭގެ ޕްރެޝަރ ބެލުން މުހިންމެވެ. މިއީ ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ނާރެއް ބެދުން ނުވަތަ ފަޅައިގެން ދިއުމެވެ. މީގެ ސަބަބުން ވާގިނެތޭ ބަލި ޖެހުން ނުވަތަ ސިކުނޑިއަށް ލޭ ފޭބުމުގެ ސަބަބުން ހޭނެތިފައި އޮންނަން ޖެހޭގޮތް މެދުވެރިވެއެވެ. މިހެން ދިމާވަނީ ހިތައް ލޭ ފޯރުކޮށްދޭ ނާރެއް ބެދި އޭގެ ސަބަބުން ލޭ ފޯރުކޮށް ދިނުމަށް ހުރަސް އެޅުމުންނެވެ. މިއީ ހިތުގެ މަސްތައް ވަރުބަލިވެ، ލޭ ޕަމްޕްކޮށްދިނުމަށް ދަތިވެ މަސައްކަތް ނުކުރުމެވެ.

 ޢާއިލާގައި މި ބަލީގެ މީހުން ތިބުން މިއީ ޢާއިލީގޮތުން ވާރުތަކުރުމުގެ ފުރުޞަތުއޮންނަ ކަމަކަށް ވާތީ އާއިލާގައި މިބަލީގެ މީހުން އުޅުމަކީ މިބަލި ޖެހުމުގެ ފުރުޞަތު އޮތްކަމެކެވެ. އާދަޔާ ޚިލާފަށް ފަލަވުން ފައިގެ ކުޑަހުޅު، އަތުގެ އިގިލިތައް ދުޅަވުން ނޭވާ ކުރުވުން ލޮލުގެ ފެނުމަށް ބަދަލުއައުން، ނޭފަތުން ލޭ އައުން ބޮލުގައި ރިހުން ބައެއް ބާވަތްތަކުގެ ބޭސް ބޭނުންކުރުން ހެލިފެލިވެ އުޅޭލެއް މަދު މީހުން،  ދުންފަތުގެ އިސްތިއުމާލު ކުރުން، ދިރިއުޅުމުގައި ހާސްކަމާއި ފިކުރު ބޮޑުކޮށް އަބަދު އުޅެންޖެހުން ލޮނުގަދަ ކާނާ، ތެލާއި ސަރުބީ އެކުލެވޭ ކާނާ ގިނައިން ބޭނުންކުރާނަމަ ލޭމައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

ރިއެކްޝަންސް
0
1
0
0
0
0
0