ފަތިހު ހޭލުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

27 ފެބުރުއަރީ 2022 - 15:17

ދުވަހުގެ ފެށުން ފަތިހުން ފެށުމަކީ ދުވަސް އުޖާލާވެ ކާމިޔާބު ވުމަށް ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ފަތިހު ހޭލުމަކީ ބައެއް މީހުންނަށް ކުރަން އުނދަގޫކަމެކެވެ. ނަމަވެސް ފަތިހު ހޭލުމަށް ކުރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ. އޭގެތެރޭގައި:

ނިދަން އޮންނަ އިރު ފޯނު އަތް ނުފޯރާ ހިސާބުގައި ބޭއްވުން

އަވަހަށް ހޭލަން ފޯނު އެލާމް ކުރުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރާ ކަމެކެވެ. އެހެނަސް އެލާމް ކުރާ އެ ފޯނު ބޯއަޅާ ބާލީސް ދަށުގައި ނުވަތަ އެނދުމަތީގައި ބާއްވައިފިނަމަ ހަމަ އެލާމްވާއިރަށް ގިނަ މީހުން ކޮށްލާ ކަމަކީ އެލާމް ނިއްވާލުމެވެ. އެލާމް ނިއްވާލުމަށްފަހު އަނެއްކާ ނިދަނީ އެވެ. ނަމަވެސް ފޯނު އެނދާއި ދުރުގައި ބާއްވާނަމަ ފޯނު އެލާމުވުމުން ތެވުވަން ހިތްވަރަކަށްވެ އެވެ. ތެދުވެގެން ގޮސް އެލާމް ކަނޑާލަން ޖެހޭނަމަ އެކަން ވެގެންދާނީ ތެދުވަން ލިބޭ ހިތްވަރަކަށެވެ.

advertisement

އިރު އޮއްސުމަށްފަހު ކެފެއިން ބޭނުންކުރުން މަދުކޮށްލުން

ރައްޓެހިންނާއެކު ރޭގަނޑު ކޮފީއަށް ދިއުމަކީ ދިވެހިންގެ އާދައެކެވެ. ނަމަވެސް ފަތިހު ތެދުވަން ބޭނުންނަމަ އިރުއޮއްސުމަށްފަހު ކޮފީ ބުއިމަކީ ރަނގަޅު އާދައެއް ނޫނެވެ. ދިރާސާއަކުން ދައްކާގޮތުން ރޭގަނޑު 400 މިލިގްރާމް ކޮފީ ބޭނުންކޮށްފިނަމަ ހަ ގަޑިއިރު ވާންދެން ނިދަން އުނދަގޫވެ އެވެ. އެ ދިރާސާގައިވާގޮތުން އަވަހަށް ހޭލަން ބޭނުން ނަމަ ހަވީރު ފަހެއްގެ ފަހުން ކޮފީ ބުއިމަކީ ރަނގަޅު އާދައެއް ނޫނެވެ.

ފައިދާހުރި ކޮންމެވެސް ކަމެއް ކުރަން ޕްލޭން ކުރުން

ދުވަހުގެ ޕްލޭނަކީ ހެނދުނު ތެދުވެ ފެންވަރާލައިގެން އޮފީހަށް ދިއުން އެކަނި ކަމުގައިވާނަމަ ފަތިހު ތެދުވުމަށް މާބޮޑު ހިތްވަރަކަށް ނުވެ އެވެ. ނަމަވެސް ފަތިހު ތެދުވެ ފެންވަރާލައިގެން ފަތިސްނަމާދުކުރުމަށްފަހު ފައިދާހުރި ކޮންމެވެސް ކަމެއް ކޮށްލަން ޕްލޭން ކޮށްލުމަކީ ފަތިހު ތެދުވުމަށް ހިއްވަރަކަށް ވާކަމަށް ދިރާސާތަކުން ދައްކަ އެވެ.

ރޭގަނޑު ރަނގަޅު އާދަތަކެއް އަށަގެންނެވުން

ރޭގަނޑު ވަގުތު ބޭކާރު ކަންކަމުގައި ހޭދަކޮށްލާނަމަ ނުވަތަ ތިބާ ފޫހިވާފަދަކަމެއްގައި ހޭދަކޮށްލާނަމަވެސް ފަތިހު ތެދުވަން އުނދަގޫވެ އެވެ. އޭގެ ބަދަލުގައި ރޭގަނޑު ވަގުތު ތިބާ ހިތްހަމަޖެހޭ ފަދަ ކަމެއް ކޮށްލުމުގެ އާދަ އަށަގަންނުވައިފިނަމަ އަވަހަށް ނިދުމާއި ފަތިހު ހޭލުމަށް ހިތްވަރަކަށް ވެ އެވެ.

ސްކްރީން ވަގުތު މަދުކުރުން

ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑު ވަގުތު ގިނައިރު ކޮމްޕިއުޓަރު ދޮށުގައި އިނުން ނުވަތަ ފޯނުގެ ސްކްރީން ގިނަ ވަގުތު ބެލުމަކީ ތިބާ ނިދަން އުނދަގޫ ވާކަމަށެވެ. އެހެންކަމުން ރޭގނަޑު ވަގުތު ކޮމްޕިއުޓަރާއި ފޯނަށް ދޭ އަހަންމިއްޔަތު އެހެން ކަންކަމަށްދީ އެ އާދަ ބަދަލުކޮށްލައިފި ނަމަ ނިދަން ފަސޭހަވެ އެވެ. އަދި ފަސޭހައިން ނިދޭނަމަ ފަސޭހައިން ހޭލަން މާ ބޮޑު ކަމަކަށް ނުވެ އެވެ.

ރިއެކްޝަންސް
1
0
1
1
0
1
1