ރިޕޯޓް: ފަލަސްތީނާއި އިޒްރޭލާއި ދިވެހިރާއްޖެ، ނުދައްކާ ހުރި ވާހަކަ

5 މެއި 2024 - 15:02

ދިވެހިރާއްޖެއަށް 1965 ގައި މިނިވަންކަން ލިބުމާއެކު އެންމެ ފުރަތަމަ ރާއްޖޭގެ މިނިވަންކަން ބަލައިގަތް ގައުމުތަކުގެ ތެރޭގައި އިޒްރާއިލް ހިމެނެއެވެ. އަދި ހަމައެއާއެކު ދިވެހިރާއްޖެއިން ވަނީ އިޒްރޭލް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ. މިހެން މިކަންވުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއްވާކަމަށް ސިޔާސީ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ. 

މައިގަނޑު ސަބަބަކީ ރާއްޖެ މިނިވަންވުމުގެ ކުރިން، އިންޑިއާ އަދި ލަންކާއިންވެސް ރާއްޖެ އެގައުމުގެ ބައެއްގެ ގޮތުގައި ބޭނުން ކަމަށް އިނގެރޭސީންނާއެކު މަޝްވަރާކުރަމުންދިއުމެވެ. އަދި އިޒްރޭލްގެ ޔަހޫދީ ލޮބީއަކީ އިނގެރޭސިންގެ ތެރޭގައި ނުފޫޒުގަދަ ބަޔަކަށް ވުމުން، ފުރިހަމަ މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގަތުމަށް ޔަހޫދީންގެ ނުފޫޒާއެކު އިނގެރޭސިން ގޮތެއް ނިންމުމަށް އަޑިއަޑީން ހެދުނު ޑީލްތަކެވެ. 

advertisement

މައުމޫންގެ ވެރިކަމާއެކު ރާއްޖޭގެ މިސްރާބު އިޒްރޭލާއި ސީދާ ދެކޮޅަށް އަނބުރާލި

އޭރުގެ ރާއްޖޭގެ ސިޔާސީ ލީޑަރުން ގަބޫލްކުރިގޮތުގައި، އިޒްރޭލްއާއެކު ހެދުނު ޑީލް ނުހެދުނު ނަމަ، ރާއްޖޭއަށް މިނިވަން ދައުލަތެއް ނުލިބި، އިންޑިއާ ނުވަތަ ލަންކާގެ ދަށަށް ދިއުން ދާދި ގާތެވެ. 

ނަމަވެސް ރައީސްް މައުމޫންގެ ވެރިކަމާއެކު ރާއްޖޭގެ މިސްރާބު އިޒްރޭލާއި ސީދާ ދެކޮޅަށް އަނބުރާލިއެވެ. ފަލަސްތީނުގެ ދައުލަތް ގަބޫލްކޮށް އިޒްރޭލާއި ސިޔާސީ ގުޅުން ކަނޑާލިއެވެ. އަދި ޔާސިރު އަރަފާތު ރާއްޖެގެނެސް ޕީއެލްއޯގެ ހަރަކާތްތަކަށް ސީދާގޮތުން އެހީތެރިކަން ދޭންފެށިއެވެ. މިގޮތުން މޯލްޑިވްސް އެއަރލައިންސްގެ ނަމުގައި ޕީއެލްއޯއަށް މާލީ މަންފާލިބޭގޮތަށް އަށްޑިހައިގެ މެދުގައި އެއަރލައިންއެއް ހިންގިއެވެ. 

ނަމަވެސް ޖަރުމަނުގެ ނޫސްތަކުގައި ރާއްޖެއިން ޕީއެލްއޯ އަށް ފައިދާ ލިބޭގޮތަށް ޔަހޫދީންނާއި ދެކޮޅު ވިސްނުމެއްގައި ޓޫރިޒަމް ހިންގާކަމަށް ބުނެ ވަރުގަދަ ބޮއިކޮޓް ހަރަކާތެއް ހިންގުމުގެ ސަބަބުން ރާއްޖެއިން ޓޫރިޒަމް ސަލާމަތްކުރުމަށް އެއަރލައިން ހުއްޓާލައި މެދުމިނުގެ ސިޔާސަތަކަށް މިސްރާބު ޖެހިއެވެ. 

ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ބަޔަކީ ޖަރުމަނާއި ޔޫރަޕުގެ ޓޫރިސްޓުންނަށް ވުމުން، މިފަދަ ބޮއިކޮޓް ހަރަކާތަކާއެކު ރާއްޖޭ ބަނގުރޫޓޫ ކޮއްލުމަކީ ވަރަށް ފަސޭހަ ކަމަކަށްވުމުން، މިއަދުވެސް އިޒްރޭލާދެކޮޅަށް ސީދާ ފިޔަވަޅެއް އެޅުމަކީ އެއްވެސް ސަރުކާރަކަށް ކުރަންކެރޭ ކަމަކަށް ނުވެއެވެ. ހާއްސަކޮށް ބޭރުފައިސާ ފޮނުވުމާއި ލިބުމުގައި ބޭނުންކުރާ ”ސްވިފްޓް“ ނިޒާމަކީ ޔަހޫދީންގެ ނުފޫޒުގަދަ ނިޒާމަކަށް ވުމުން، ރާއްޖޭގެ އިޤްތިސާދި ފުނޑާލުމަކީ ކުޑަ ހިނދުކޮޅެއްގެ ކަމެކެވެ. 

މިއަދު ހިނގަމުންމިދާ ފަލަސްތީނުގެ ގަތުލުއާންމުގެ އަސްލަކީ ދީނީކަމަކަށްވުރެ، ދުނިޔޭގެ މާލީ ނިޒާމުގެ ބާރު ހޯދުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. ޔަހޫދީ މުއްސަނދި އާއިލާތަކުން ހިންގާ އެމެެރިކާގެ ފެޑެރަލް ރިޒާވުން ޗާޕްކުރާ ޑޮލަރު، ދުނިޔޭގެ ރިޒާވް ކަރަންސީއެއްގެ ލަގަބު ގެއްލުވާލުމަށް، ރަޝިޔާ އިސްވެއޮވެ ފެށި މަސައްކަތުގެ ނަތީޖާއަކީ، ޔަހޫދީންގެ ނުފޫޒާއެކު ރަޝިޔާ ޔޫކުރެއިންއާއެކު ހަނގުރާމައެއްގެ ތެރެއަށް ވައްޓާލުމެވެ. 

މެދުއިރުމަތީގެ ގިނަ ގައުމުތައް ހަނުތިބުން ވެގެންދިޔައީ ގިނަ ދިވެހިންނަށް ގަބޫލުކުރަން ދަތިކަމަކަށް

އަށާރަ އަދި ނަވާރަވަނަ ގަރުނުގައި ރަޝިޔާ ނަސްލުގެ އެތަށް މިލިއަންބައެއްގެ ގަތުލުއާންމު ހިންގުމުގެ އަޑީގައި ތިބީ ޔަހޫދީންކަމަށް ރަޝިޔާ ދަރިކޮޅުގެ މީހުން ޤަބޫލުކުރުމުގެ ސަބަބުން، ޔަހޫދީން ރަޝިޔާއިން ބޭރުކުރުމުގެ ނަތީޖާއަކީ ޔަހޫދީންނާއި ރަޝިޔާ ނަސްލުގެ ދަރިކޮޅާއި އަދިވެސް މިއޮންނަ އަދާވާތްތެރިކަމެވެ. ޔަހޫދީންގެ މިއަމަލުތަކުގެ ބަދަލު ހިފުމުގެ ގޮތުން، ރަޝީޔާއިންވަނީ ސީރިއާ، ލުބުނާން، އިރާން އަދި ޔަމަނަށް އަސްކަރީ އެހީތެރިކަންފޯރުކޮށްދީ، އިޒްރޭލްވްސް ހަނގުރާމައިގެ ހާލަތަށް ވައްޓާލާފައެވެ.

ފަލަސްތީނުގެ ގަތުލު އާންމުގެ މައްސަލައިގައި މެދުއިރުމަތީގެ ގިނަ ގައުމުތައް ހަނުތިބުން ވެގެންދިޔައީ ގިނަ ދިވެހިންނަށް ގަބޫލުކުރަން ދަތިކަމަކަށެވެ. ނަމަވެސް ތާރީހަށް ބަލާއިރު، މިއީ މުޅިން އާކަމެއް ނޫނެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި އިނގެރޭސިންނާ ދެކޮޅަށް އުސްމާނީ ހިލާފަތާއި ޖަރުމަނާއި އެއްކޮޅަށް ފަލަސްތީނުން ބައިއަތު ހިފުމާއި، ސައުދީގެ ފުރަތަމަ ދައުލަތުގެ ވެރިޔާ ތުރުކީގެ އިސްތަންބޫލްގައި މަރާލުމުގައި ފަލަސްތީނުގެ ރޯލާއި، ޖޯޑަން ރަސްގެފާނުގެ މުނި ކާފަ ފަލަސްތީނުގައި މަރާލެވުމާއި، ފާރިސީންގެ ހިމާޔާތުގައި އަލީގެފާނު ހުންނަވަނިކޮށް ގަތުލުކުރެވުމާއި، ކަރުބަލާގައި ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން ގަތުލުކުރެވުން ފަދަ ކަންކަމަކީ މިއަދު މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި އޮންނަ އަދާވާތްތެރިކަމުގެ އަސްލެވެ. 

ކޮންމެއަކަސް ޔަޤީންވެ މުޖައްރިބު ކަމަކީ މިއަދު ފަލަސްތީނުގެ ރައްޔިތުންނާމެދު ހިނގަނީ ގަތުލުއާންމެކެވެ. މުޅި ދުނިޔެ މިއަދު ގޮވުމުންދަނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށެވެ. މިއީ މުޅި ދުނިޔޭގައި މިވަގުތު ހިނގަމުންދާ ހުރިހާ މައްސަލަތަކާ ގުޅި ލާމެހިފައިވާކަމެކެވެ.

ރިއެކްޝަންސް
0
0
0
5
0
0
0