ނޭވާ ހިއްލުމާ ބަރުދަނަށް އަންނަ ބަދަލުތައް

5 މާޗް 2022 - 14:20

ނޭވަޔަށް އުދަނގޫކުރުން ނުވަތަ އެޒްމާއަކީ ނޭވާލާ ނިޒާމަށް ޖެހޭ ދާއިމީ ބައްޔެކެވެ. މިބަލި ޖެހުމުން ކުރިމަތިވާ މައިގަނޑު މައްސަލަ އަކީ ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމެވެ. ނޭވާހިއްލުން ޖެހުމުން ނޭވާހިނގާ މަގުގައި އިންފްލެމޭޝަން އުފެދެއެވެ.އެކަމުގެ ސަބަބުން ނޭވާހިނގާ މަގު ހަނިވެ، ފުއްޕާމެޔަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ބުރޫއަރައެވެ

ކުޑަކުދިންނަށްވެސް ނޭވާ ހިއްލުމުގެ މައްސަލަ ދިމާވެއެވެ. ކުޑަކުދިންނަށްޖެހޭ ދާއިމީ ބަލިތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ބަލިތަކުގެ ތެރޭގައި ނޭވާހިއްލުން ހިމެނެއެވެ. އެމެރިކާ ފަދަ ގައުމު ތަކުގެ އާބާދީގެ 12-10 އިންސައްތަ ކުޑަކުދިންނަށް ނޭވާހިއްލުން ޖެހޭކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި މިއަދަދު މިހާރުވެސް އަންނަނީ އިތުރުވަމުންނެވެ. ގިނަ ކުޑަކުދިންނަށް ނޭވާހިއްލުމުގެ އުދަގޫތައް ފުރަތަމަ ފެންނަނީ އުމުރުން 5 އަހަރުގައެވެ.

advertisement

ކުޑަކުދިންނަށް ނޭވާހިއްލުން ޖެހޭ މިންވަރު އިތުރުވެފައިވާއިރު ޅައުމުރުން ފެށިގެން އެޒްމާ ނުވަތަ ނޭވާ ހިއްލާ ބަލި ޖެހޭ ކުޑަކުދިން ފުރާވަރު އުމުރުފުރާގައި ނުވަތަ ޒުވާން އުމުރުގައި އޭގެ ނުރައްކާތެރިކަން ކުރިމަތިވާނެ ކަމަށް ދިރާސާއިން ދައްކައެވެ.

އެމެރިކަން ޖާނަލް އޮފް ރެސްޕިރޭޓަރީ އެންޑް ކްރިޓިކަލް ކެއާ މެޑިސިން އިން ކުރި ދިރާސާގެ ނަތީޖާގައި ބުނެފައިވަނީ ކުޑަ އިރު ނޭވާ ހިއްލާ ބަލި ޖެހޭ ކުދިން ޅައުމުރުގައި ނުވަތަ ފުރާވަރު އުމުރުގައި އާދަޔާހިލާފަށް ފަލަކަން ފާހަގަވެފައިވާ ކަމަށެވެ. އަދި މި ރޭޓުން ދާނަމަ މިހާރު ކުޑަކުދިންގެ ތެރެއިން ނޭވާ ހިއްލާ ބަލިޖެހިގެން ފަލަފާ ކުދިންގެ ނިސްބަތް ކުރިޔަށް އޮތް 10 އަހަރު ތެރޭ 51 ޕަސެންޓަށް އިތުރުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިދިރާސާގައި ދެ ހާހަށްވުރެ ގިނަ ޕްރީ ސްކޫލް ކުދިންނާއި ގްރޭޑް އެކެއްގައި ތައުލީމް ހާސިލް ކުރާ ކުދިން ބައިވެރިކޮށް ސުވާލުކޮށް، ސިއްހީ ހާލަތު ދެނެގަނެފައިވެ އެވެ. އޭގެ ތެރެއިން 13.5 ޕަސެންޓު ކުދިންގެ ނޭވާ ހިއްލާ ބަލި ހުރި އިރު އޭގެ ތެރޭގައި ހިމެނޭ ފަލަ ނޫން ކުދިންގެ 15.8 ޕަސެންޓު ކުދިން، ދިހަ އަހަރު ތެރޭގައި ނުރައްކާތެރި މިންވަރަށް ފަލަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެ ދިރާސާގައި ބުނެފައިވަނީ ނޭވާ ހިއްލާ ބަލީގެ ސަބަބުން ފަލަވާ ކުދިންނަށް ކުޑަ އިރު ހަކުރު ބަލީގެ ދެ ވައްތަރެއް ޖެހުން އަވަސްވާނެ ކަމަށެވެ. އަދި އެކަންކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ކުދިންނަށް ސިއްހަތަށް ފައިދާ ހުރި ކާނާ ދޭން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ނޭވާހިއްލުން ޖެހުން މެދުވެރިވާ ކަންތައްތަކުގެ ތެރޭގައި:

  • ނޭފަތް އަދި ހަންގަނޑަށް ކުރިމަތިވާ ނުގުޅޭ އަސަރު.
  • އާއިލާގައި ނޭވާހިއްލުން ޖެހިފައިވާ މީހުން ތިބުން، ނުވަތަ ތަކެއްޗާއި ނުގުޅޭ މީހުން ތިބުން.
  • ނޭވާލާ ނިޒާމްގެ ބަލިތައް ދޭތެރެދޭތެރެއިން ޖެހުން ( މާގިނައިން ޖެހުން )
  • އުފަންވިއިރު ބަރުދަން ލުއިވުން.
  • އުފަންވުމުގެ ކުރިންނާއި، ފަހުން ވެސް ދުންފަތުގެ ދުމަށް ހުށަހެޅުން.
  • ކަޅު ނުވަތަ ޕްއެޓްރިކޯ ނަސްލުގެ މީހަކަށްވުން.
  • ފަގީރު މުޖުތަމަޢެއްގައި އުޅެބޮޑުވުން
ރިއެކްޝަންސް
0
0
0
0
0
0
0