އަންހެނުންގެ މެދުގައި އޮންނަ ތަފާތުކުރުން ނައްތާލުމަށް ޖަމިއްޔާތަކުން ގޮވާލައިފި

8 މާޗް 2022 - 15:03

އަންހެނުންގެ މެދުގައި އޮންނަ ތަފާތުކުރުންތައް ނައްތާލުމަށް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގައި ޖަމިއްޔާތަކުން ގޮވާލައިފިއެވެ. މިއަދުގެ މުނާސަބަތާއި ގުޅުވައިގެން ޖަމިއްޔާތަކުން ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަޤުވާމީ ގޮތުން އަންހެނުންގެ ދުވަހެއް ފާހަގަކުރަން ނިންމާފައިވަނީ އިޤްތިޞާދީ، އިޖުތިމާއި، އަދި ސިޔާސީ ދާއިރާގައި ފިރިހެނުންނާއި އެއްހަމައެއްގައި ހަރަކާތްތެރިވުމަށް އަންހެނުންނަށް މަގުފަހިކުރުމަށާއި މި ކަންކަމަށް ހުރި ތަފާތު ހުރަސްތައް ނައްތާލުމަށްކަމަށެވެ.

advertisement

އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް އެކި ގޮތްގޮތުން ކުރާ އަނިޔާ އާއި އަންހެނަކަށްވީތީ ކުރާ ތަފާތުކުރުންތަކާއި ދެކޮޅަށްކަމަށެވެ.
ތަޢުލީމީ ގޮތުން، ސިޔާސީ ރޮނގުން އަދި އިޤްތިޞާދީ ގޮތުން ފިރިހެނުންނަށް ވުރެ އަންހެނުންނަށްހުރި ފުރުސަތުތައް މަދުވެ ދެ ޖިންސުގެ
މީހުންގެ ދެމެދުގައި ބޮޑެތި ބޭއިންސާފުވެރި ފަރަޤުތަކެއް އުފެދިފައިވާތީއެވެ. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް އަންހެނުން
ބާރުވެރިކުރުމުގެ މަޤްސަދުގައެވެ. އަންހެނުންނަށްކުރާ އަނިޔާ މަދުކުރުމަށެވެ. ތަފާސް ހިސާބުން ދައްކާގޮތުން، ދިވެހިރާއްޖޭގައިވެސް
އިޤްތިޞާދީ، އިޖުތިމާޢީ އަދި ސިޔާސީ ދާއިރާގައިވެސް އަންހެނުންނާއި ފިރިހެނުންގެ މެދުގައި ބޮޑެތި ފުރަގުތަކެއްވެއެވެ. މި ފަރަގުތައް
ނައްތާލުމަށްޓަކައި، އަންނަނިވި ކަންކަމަށް ޢަމަލީ ސިފަގެނެސް، ތަންފީޒު ކުރުމަށް ދައުލަތަށާއި، ސަރުކާރުގެ އިދާރާތަކަށް އެ ޖަމިއްޔާތަކުން ގޮވާލާކަމަށް މި ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. އޭގެތެރޭގައި ހިމެނެނީ:

  • 2021 ވަނަ އަހަރުގައި ޢާންމުކުރި ” ދިވެހިރާއްޖޭގައި އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތަކާއި، އެކަންކަމަށް ހުއްޓުމެއް
    ގެނައުމަށްޓަކައި ކުރަން ޖެހޭ ކަންކަން ދެނެގަތުމާގުޅޭ ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓް” ގައި އަންހެނުންނަށް ކުރާ އަނިޔާ އާއި ތަފާތުކުރުން ނައްތާލައި، އަންހެނުންނަށް އިޤްތިޞާދީ، ސިޔާސީ، އިޖްތިމާޢީ ބާރުވެރިކަން ގެނެސްދިނުމަށްޓަކައި، މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ހަދާފައިވާ 28 ރިކޮމެންޑޭޝަން ތަންފީޒުކުރުމުގައި ދައުލަތުންނާއި ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެ، ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުން ޖަވާބުދާރީ ކުރުން.
  • ޢާއިލާއާބެހޭ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުގެ މަސައްކަތްތައް އަވަސްކޮށް، ޤާނޫންގައި ހުރި ބާގަނޑުތަކުގެ ސަބަބުން މުދަލުގެ މިލްކުވެރިކަމާއި ޚަރަދު ލިބުމުގައާއި، އަނިޔާއިން ރައްކާތެރިކަން ލިބުމުގައި ކުރިމަތިވާ ހުރަސްތަކަށާއި ތަފާތުކުރުންތަކަށް ނިމުމެއް ގެނައުން.
  • –        ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވި ޞިއްޙީ، އިޖުތިމާޢީ އަދި އިޤްތިޞާދީ އަސަރުތައް މިހާރު ދެނެގަންނަން ފެށިފައިވާއިރު، ނާޒުކު ހާލަތުގައި ތިބޭ އަންހެނުންނާއި، ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންގެ އިޖުތިމާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމުގެ ސިޔާސަތުތައް ބައްޓަންކޮށް، އެކަމަށް ޢަމަލީ ސިފަ ގެނައުން.
  • ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް ބައްޓަންކޮށް ވިލަރެސްކުރުމުގައި އަންހެނުންގެ މަޝްވަރާވެސް ހޯދައިގެން އަންހެނުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ކަންކަން ރޭވުން.
  • –        ކާވެނީގެ ތެރޭގައި ރުހުމަކާ ނުލާ ހިންގާ ޖިންސީ ގުޅުމަކީ ރޭޕްގެ ކުށެއް ކަމުގައި ކަނޑައަޅައި، ޖިންސީ އަނިޔާ ލިބޭ ފަރާތްތަކަށް ޤާނޫނު ތަންފީޛުކުރާ ނީޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ގޮތަށް ޖިންސީ ކުށުގެ ޤާނޫނަށް އުއްމީދީ އިސްލާޙުތަކެއް ގެނެސްފައިވާއިރު، މީ ޢިޞާލާޙުތަކުގެ މަންފާ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ މަސައްކަތްތައް އަވަސްކުރުން.
  • މަސައްކަތުގެ މާޙައުލުގައި ކުރާ ޖިންސީ ފުރައްސާރަ ހުއްޓުވައި ނައްތާލުމުގައި، ވަޒީފާދޭ ފަރާތްތަކުން ޤާނޫނު ތަންފީޒްކުރަމުންދާ މިންވަރު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މޮނިޓަކުރަމުން ގެންދިޔުމަށާއި، މިނާތީގެ ހަމަހަމަކަމާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުން.
  • ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ ދިރިއުޅުމުގެ ހާލަތްތަކަށާއި، މުޖުތަމައުގެ ތެރޭގައި ހުންނަ މީނާތީގެ ފަރަގުތަކަށް ރިއާޔަތްކޮށް، ނަތީޖާ ނެރެވޭނެ ގޮތަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން،
    18 ވީ ޖޯހަތުގެ އަންހެނުންގެ ދުވަހުގެ ޝިއާރުކަމަށްވާ “ދެމެހެއްޓެނިވި މާދަމާއަކަށް މިންތީގެ ހަމަހަމަކަމަށް މިއަދު
    މަސައްކަތްކުރަމާ” މީ ޝިއާރުގެ ދަށުން ސަރުކާރުން ތަރައްގީގެ ކަންކަން ރާވާ ވިލަރެސްކުރުމުގައި ތިމާވެށި ފަޔާނުކޮށް ވިލުންވެރިކަން ދެމެހެއްޓޭނެގޮތަށް ކަންކަންކުރުން.
  • އަންހެނުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް އިނދަޖެހުނުނަމަވެސް، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަންވާނޭ ކަމަށް ޤަބޫލުކުރާ ވިސްނުމާ ދުރުހެލިވެ، ތަރައްޤީގެ މަޝްރޫއުތައް ބައްޓަންކުރާއިރު، އަންހެނުން ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރު ނުފޯރާނޭ ގޮތަށް ސިޔާސަތް ބައްޓަންކުރުން.
  • ނުރަސްމީ މަސައްކަތުގައި ބައިވެރިވާ އަންހެނުން ނިސްބަތުން ގިނަކަމަށްވާއިރު، މުސްކުޅި ޢުމުރު ޕެންޝަންގެ މަންފާ
    އެފަރާތްތަކަށް ލިބިގެންދާނެ ގޮތަށް ޤާނޫންތައް އިޞްލާޙުކުރުން މި ފުރުޞަތުގައި، މީ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމާ ޤާޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އިން ސަރުކާރު އޮފީސްތަކަށް ފޮނުވާފައިވާ ސަރކިއުލާގައި ހިމަނާފައިވާ ކަންކަމަށް މި ޖަމްޢިއްޔާތަކުން ތާއީދުކޮށް، އެ ސަރކިއުލާގައިވާ ކަންކަމުގެ އިތުރުން، އިސްވެ ފާހަގަކުރެވުނު ކަންކަން ކުރުމަށް މަސައްކަތްކޮށް، އަންހެނުންގެ އަޑުއަހާއި، އަންހެނުންނަށް ދިމާވާ ކަންކަނާ ހައްލުކުރުމަށް މައުނަވީ ގޮތެއްގައި މަސައްކަތް ކުރުމަށް މި ޖަމްޢިއްޔާތަކުން ގޮވާލުމެވެ.
ރިއެކްޝަންސް
0
0
1
0
0
1
0