ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި ބައިވެރިވާންވީ 5 ސަބަބު

10 މާޗް 2022 - 12:31

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގައި ބާއްވާ ބިޒްނަސް ނެޓްވޯކިން އަދި ޓްރޭޑް ޝޯއެކެވެ. މި އެކްސްޕޯ ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށް އެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.

މި އެކްސްޕޯގެ ތެރެއިން ވިޔަފާރިތަކަށާއި މި ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ފަރާތްތަކަށް ކޯޕަރޭޓް މޯލްޑިވްސް “ނެޓްވޯކް” ގެ ތެރެއިން ބައްދަލުވުންތައް ޝެޑިއުލްކޮށް ބޭއްވޭނެއެވެ. މިއީ އޮންލައިން ބީޓުބީ ޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކަށް އެމީހުން ބޭނުންވާ އޯޑިއަންސްއާއި ދިމާވާނެކަމުގެ ޔަޤީންކަން ލިބިގެންދާނެއެވެ. މިހިމަނާލަނީ ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯގައި ވިޔަފާރިތައް ބައިވެރިކުރަންޖެހޭ 5 ސަބަބެވެ.

advertisement
  • ނެޓްވޯކިން ފުރުސަތުލިބި އައު ބިޒްނަސް ޕާޓްނަރުން ލިބުން

ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯ ވެގެންދާނީ ތިޔަ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިތަކާއި އަދި އެހެން ދާއިރާތަކުގެ ވިޔަފާރިތައްވެސް އެއްތަނަކަށް އަންނާނެ ބޮޑު ހަރަކާތަކަށެވެ. އެހެންކަމުން މި އެކްސްޕޯ ވެގެންދާނީ ގިނަ ވިޔަފާރިތަކަކަށާއި، ޕާޓްނަރުންނަށާއި އަދި ސަޕްލަޔަރުންނަށް އެއްތަނަކުން ބައްދަލުކޮށްލުމުގެ ރަނުގެ ފުރުސަތަކަށެވެ. އެހެންކަމުން މިއީ ވިޔަފާރީގެ އައު ފުރުސަތުތައް ހުޅުވި އައު ޕާޓްނަރުންނާއި ބައްދަލުކޮށްލެވޭނެ ޕްލެޓްފޯމަކަށް ވެގެންދާނެއެވެ.

  • ކްލައިންޓުންނާއި ބައްދަލުކުރުމަށް “ނެޓްވޯކް” ގެ ތެރެއިން ކުރީބައިގައި ބައްދަލުވުންތައް ޝެޑިއުލްކޮށްލެވޭނެ

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި ބައިވެރިވާ ވިޔަފާރިތަކަށް އެކްސްޕޯ ކުރިއަށްދާ 2 ދުވަސްތެރޭގައި 2000 އާއި ގާތްކުރާ އަދަދަކަށް ޕްރީ-ޝެޑިއުލް ބައްދަލުވުންތައް ސެޓްކޮށްލެވޭނެއެވެ. އަދި މި ބައްދަލުވުންތައް ބޭއްވޭ އޯޑިއަންސްއަކީ އެންމެ ރަނގަޅު އޯޑިއަންސްކަމުގެ ޔަޤީންކަން ވިޔަފާރިތަކަށް ލިބޭނެއެވެ. “ނެޓްވޯކް” ޕްލެޓްފޯމް ފަރުމާކޮށްފައިވާގޮތުން ވިޔަފާރިތަކުގެ ޕްރޮފައިލް ބަލާލުމުގެ އިތުރުން ވީޑިއޯ ކޯލްވެސް ކުރެވޭނެއެވެ. މި އެކްސްޕޯ ވެގެންދާނީ ހުރިހައި ދާއިރާއެއްގައި ކުރިއަރާފައިވާ ވިޔަފާރިތަކަށް ސީދާކޮށް ވާހަކަދައްކާލުމުގެ ފުރުސަތު ފަހިވެގެންދާނެ އެކްސްޕޯއަކަށެވެ. މީގެ މާނައަކީ ވިޔަފާރި ފުޅާކޮށް އެހެން މީހުންނަށް ވިޔަފާރިއާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް މިއީ އެންމެ ރަނގަޅު ޕްލެޓްފޯމްކަމެވެ.

  • ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ޕީއާރު ސަޕޯޓް ލިބޭނެ

ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯގައި ބައިވެރިވާ ހުރިހައި ކުންފުނިތަކަކަށްވެސް ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ޕީއާރު އެހީތެރިކަން 1 އަހަރު ދުވަހަށް ލިބިގެންދާނެއެވެ. މީގެތެރޭގައި ކޯޕަރޭޓް މޯލްޑިވްސްގެ ވެބްސައިޓާއި، ސޯސަލް މީޑިއާގައި އެ ވިޔަފާރިތަކުގެ މައުލޫމާތު ހިމެނިގެންދާނެއެވެ. ކޯޕަރޭޓް މޯލްޑިވްސްއަކީ ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި އެންމެ ފުޅާދާއިރާއެއްގައި ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ ކުންފުންޏެވެ. އެހެންކަމުން ކޯޕަރޭޓް މޯލްޑިވްސްގެ ވެބްސައިޓް އަދި ސޯސަލް މީޑިއާގައި އެ ކުންފުންޏަކާއި ގުޅޭ މައުލޫމާތު ހިމެނުމަކީ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެކެވެ.

  • ދާއިރާގެ ތަޖުރިބާކާރުން ބާއްވާ 4 ސަމިޓެއްގައި ބައިވެރިވެވޭނެ

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ތެރެއިން ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަފާތު 4 ސަމިޓެއް ބާއްވާނެއެވެ. އެއީ މޯލްޑިވްސް ވިމަންސް ސަމިޓް، މޯލްޑިވްސް އެންޓަޕްރިނިއާރސް ސަމިޓް، މޯލްޑިވްސް ފައިނޭންސް ޕްރޮޕެޝަނަލްސް ސަމިޓް އަދި މޯލްޑިވްސް މާކެޓާރސް ޕޯރަމްއެވެ. މި 4 ސަމިޓްގެ ތެރެއިން ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ފަރާތްތަކުން އެމީހުންގެ ތަޖުރިބާ ހިއްސާކުރާނެއެވެ. އެހެންކަމުން މި ފަރާތްތަކުގެ ވާހަކައިން ވިޔަފާރިތަކަށް ތަފާތު ހިޔާލުތަކާއި ތަޖުރިބާތައް ލިބިގެންދާނެއެވެ.

  • އައު އުފެއްދުންތައް ލޯންޗްކުރުމާއި، ވިޔަފާރިއަށް މީހުން ހޭޅުންތެރިކުރުވުން

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯއިން ވިޔަފާރިތަކަށް އެމީހުންގެ އައު އުފެއްދުންތައް ލޯންޗްކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ. އެހެންކަމުން މި އެކްސްޕޯގެ ތެރެެއިން ވިޔަފާރިތަކުން އެމީހުންގެ އުފެއްދުންތައް ލޯންޗްކުރުމަކީ މި އުފެއްދުންތައް ގިނަ މީހުންނާއި ހަމައަށް ވާސިލްވާނެކަމެކެވެ. ސަބަބަކީ މި އެކްސްޕޯއަކީ ގިނަ އަދަދެއްގެ ވިޔަފާރިތައް އެއްތަނަށް އަންނާނެ ބައިނަލްއަޤްވާމީ ބޮޑު ހަރަކާތަކަށް ވުމެވެ.

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަށް 100 އަށްވުރެ ގިނަ ވިޔަފާރިތަކާއި ދާއިރާގެ 2000 އަށްވުރެ ގިނަ ތަޖުރިބާކާރުން ޒިޔާރަތްކުރާނެއެވެ.

ގޯލްޑް 100 ގާލާ ހަރަކާތް އޮންނާނީ 9 ޖޫން ވަނަ ދުވަހުއެވެ. މިއީ ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ.

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ވަނީ “ނެޓްވޯކް” ޕްލެޓްފޯމް މެދުވެރިކޮށް ހުޅުވާލާފައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް  marketing@orcamedia.group  އަށް އީމެއިލް ކުރައްވާ.

ރިއެކްޝަންސް
0
0
0
0
0
0
0