ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިވުމަށް ކުރެވޭނީ ކޮން ކަންތަކެއް؟

12 މާޗް 2022 - 16:58

ކިޑްނީގައި ހިލަ އުފެދުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއްވެސްމެއެވެ. ދިރާސާ ތަކުން ދައްކާގޮތުގައި ކޮންމެ 10 މީހަކުން އެކަކީ ދިރިއުޅުމުގެ ކޮންމެސް ހިސާބަކުން ކިޑްނީގައި ހިލަ އުފެދޭނެ މީހެކެވެ.

ކިޑްނީގައި ހިލަ އުފެދެނީ ހަށިގަނޑުގައި ހުންނަ ބޭކާރު ފެން ހީހަށް ބަދަލުވުމުގެ މަރުހަލާގައި ހަރު އެތިކޮޅުތަކަކަށް ބަދަލުވެގެންނެވެ. ކިޑްނީގައި މިގޮތަށް އުފެދޭ ގިނަ ހިލަ އަކީ ވަރަށް ކުދި ހިލަތަކެކެވެ. އެހެންވެ ހީސްލާއިރު އެ ހިލަތަށް ބޭރުވެގެންދާ ކަމަށް ވެ އެވެ. ހިލަތަށް ހަށިގަނޑުން ބޭރުވާން މަދުވެގެން ހަތަރު ހަފްތާ ނަގަ އެވެ.

advertisement

އާންމުކޮށް ކިޑްނީގައި ހިލަ އުފެދެނީ އުމުރުން 30 އަހަރާއި 60 އަހަރާއި ދެމެދުގެ އުމުރު ފުރާގެ މީހުންގެ އެވެ. އެއް ފަހަރުވެސް ކިޑްނީގައި ހިލައެއް އުފެދިއްޖެ ނަމަ 10 އަހަރު ތެރޭގައި އިތުރު ހިލައެއް އުފެދުމުގެ ފުރުސަތު 50 ޕަސެންޓް އޮންނާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ކިޑްނީގައި ހިލަ އުފެދޭނަމަ އަމިއްލައަށްވެސް ކުރެވިދާނެ ބައެއް ކަންތައްތައް ހުރެއެވެ. އޭގެތެރޭގައި:

ފެން ބުއިން:

ގިނައިން ފެން ނުބޯނަމަ ހަށިގަނޑަށް ވަރަށް ނުރައްކާ ބޮޑުވާނެ އެވެ. ކިޑްނީ އާއި ފެނާއި ގުޅިފައިވާ މިންވަރަށް ބަލާއިރު ފެން ބޭނުންވާ ވަރަށް ހަށިގަނޑަށް ނުލިބުމުން ހީހުގެ ގޮތުގައި ހަށިގަނޑުން ބޭރުންވާން ހުންނަ ފެންމަދުވެ ހިލައަށް ބަދަލުވެ އެވެ.

ކެއުމަށް ގެންނަން ޖެހޭ ބަދަލު:

ކިޑްނީގައި ހިލަ އުފެދުމަށް މަގުފަހިވާ އެއްޗެހީގެ ތެރޭގައި ކެލްސިއަމް ހިމެނޭ ކާއެއްޗެހި ކެއުން ހިމެނެ އެވެ. ކެލްސިއަމް ހިމެނޭ ކާއެއްޗެހީގެ ތެރޭގައި ބައެއް ފެހި ފަތާއި މަހުގެ ބާވަތްތަކާއި ޔޯގަޓް ހިމެނެ އެވެ.

ކެލްސިއަމް ހިމެނޭ ބާވަތްތައް ކެއުމަކީ މައްސަލައެއް ނޫނެވެ. އިތުރު ކުރަންވީ ރަހަ ގަދަ ކާއެއްޗެހީގެ ތެރޭގައި ހިމެނޭ ސަޔާއި،ސޯޔާގެ ބާވަތްތަކާއި، ޗޮކުލެޓާއި ބަދަނުގެ އިތުރުން ރަހަ ގަދަ ތަރުކާރީ އާއި މޭވާ ގެ ބާވަތްތަކެވެ.

ލޮނު މަދުން ބޭނުން ކުރުން:

ލޮނު މަދުން ބޭނުން ކުރުމުން ނުވަތަ ކާއެއްޗެހީގަ ލޮނުރަހަ މަޑުވުމުން ހީހުގެ ގޮތުގައި ހަށިގަނޑުން ބޭރުވާ ފެނުގައި ހުންނަ ކެލްސިއަމް މަދުވެ އެވެ. އަދި ހިލަ އުފެދުމުގެ ފުރުސަތު ކުޑަވާނެ އެވެ.

ޑޮކްޓަރުން ލަދާފޭގޮތުގައި ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާނީ ތިނެއް ނުވަތަ ފަސް ގްރާމުގެ ލޮނެވެ.

ކިޑްނީގައި އުފެދޭ ހިލާގެ ބާވަތްތަކުގެ ތެރޭގައި ކުދި ހިލަ އަދި ބޮޑެތި ހިލަ ހިމެނެ އެވެ. ކުދި ހިލަ އަކީ ފަސޭހަ ކަމާއި އެކު ކެއުމުގައި ބޭނުން ކުރެވޭ ބައެއްތަކެތީގެ ސަބަބުން ގުދުރަތީ ގޮތުން ނެތިދާނެ އެއްޗެކެވެ. އެހެންކަމުން ކުދި ހިލަ ނައްތާލުމަށްޓަކައި ކެއުމުގައި ބޭނުންކުރެވިދާނެ ބައެއް ތަކެތި ހިމަނާލާނަމެވެ.

ކަދުރު:

ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވާ ކިޑްނީގައި ހިލަ އުފެދުމުގެ ނުރައްކަލުން ސަލާމަތްކޮށްދޭ އެއްޗެކެވެ. ކަދުރުގައި އެކުލެވޭ މެގްނިސިއަމްގެ ސަބަބުން ކިޑްނީ ސާފުކޮށްދެ އެވެ.

ރޭގަނޑު ކަދުރު ފެންތައްޓެއްގެ ތެރެއަށް އެޅުމަށް ފަހު ހެނދުނު ކަދުރުގެ އޮތް ނެގުމަށް ފަހު ކެއުމުން ކިޑްނީގައި އުފެދޭ ހިލަ ގުދުރަތީ ގޮތުން ނެތި ދިއުމަށް އެހީވެދެ އެވެ.

 އަންނާރު ޖޫސް:

އަންނާރުގައި ޖޫސް ގިރައިގެން ބުއިމަކީ ކިޑްގައި އުފެދޭ ހިލަ ނެތިގެންދާ ކަމެކެވެ. އަންނާރަކީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވިގެންވާ މޭވާއެކެވެ. އަންނާރު ޖޫގައި އެކުލެވޭ އެސިޑިޓީގެ ވަރުގަދަކަމުން ކިޑްނީއަށް ޖަމާވާ ބޭކާރު ދިޔާ އެއްޗެހި ބޭރުވެ ކުޑަކަމުދާ ތަކެތީގެ އެސިޑިޓީ ގެ ލެވެލް ދައްށްކޮށްދެ އެވެ.

ލުނބޯ ޖޫސް:

ލުނބޯއަކީ ރަހަގަދަ އެއްޗެއް ކަމުން ކިޑްނީގައި ހިލަ އުފެދުން ކޮންޓްރޯލްކޮށްދޭނެ އެވެ.ލުނބޯގައި ހިމެނޭ ބައިތައް ކަމަށްވާ ހައިޑްރޮކްސިޓްރޭޓްގެ ސަބަބުން ކިޑްނީގައި އުފެދޭ ހިލަތައް ހަލާކު ކޮށްލަ އެވެ.

ކަރާ:

ކަރާ އަކީޕޮޓޭސިއަމް އަދި ލޮނު އެކުލެވޭ މޭވާ އެކެވެ. އޭގެ ސަބަބުން ކުޑަކަމުދާ ތަކެތީގެ އެސިޑިކް އެކުލެވެންޖެހޭ މިންވަރު ހަމައަކަށް އެޅެ އެވެ. ކަރާ ކެއުމުން ކިޑްނީ މަސައްކަތް ކުރުން އެއް ހަމައެއްގައި ހުންނާނެ އެވެ. އަދި ކިޑްނީގައި އުފެދޭ ހިލަ ނެތިކޮށްލައެވެ.

ރިއެކްޝަންސް
2
9
2
2
0
1
0