ބަރުދަން މެނޭޖްކުރުމަށް ޑޮކްޓަރަކުގެ ލަފާ

13 މާޗް 2022 - 13:43

ބަރުދަން މެނޭޖްކުރުމާއި ގުޅޭގޮތުން ގިނަ މީހުން ޑޮކްޓަރުންނަށްވެސް ސުވާލުކޮށް އުޅެއެވެ. އެގޮތުން ބަރުދަން ލުއިކުރުމާއި ގުޅޭގޮތުން  ނާޓްރޯޕެޓިކް ޑޮކްޓަރެއް ކަމުގައިވާ ޑރ. ކޭޓް ހެންރީ ވަނީ ބަރުދަން ލުރިކުރުމާއި ގުޅޭގޮތުން މީހުންގެ ހިތުގައި އުފެދޭ ބައެއް ޝައްކުތަކަށް ވާހަކަދައްކާފައެވެ.

ޑރ. ކޭޓް ވިދާޅުވީ، ބަރުދަން ލުއިކުރުމަށް މީހުން ޑޮކްޓަރުގެ ގާތުގައި ޓިޕްސް އަހާއިރު މީހުން އުންމީދުކުރަނީ މަދުން ކައި، ގިނައިން ކަސްރަތު ކުރުމާއި، ބުރަކޮށް މަސައްކަތް ކުރުމާއި، ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުން ފަދަ ކަންކަމަށް އިރުޝާދުދޭނެކަމަށްކަމަށް ވަނީ ބުނެފައެވެ.

advertisement

ނަމަވެސް މިއީ ބަރުދަން ލުއިކުރުމަށް ޑޮކްޓަރު މީހުންނަށްދޭ އިރުޝާދު ނޫންކަން ވަނީ ފާހަގަކޮށްފައެވެ. އޭގެބަދަލުގައި ޑޮކްޓަރު އިރުޝާދުދެނީ ހަމަނިދި ހޯދުމަށާއި، ގިނައިން ފެން ބުއިމަށާއި، ގިނައިން ކެއުމަށާއި، ކެއުމުގައި ރަނގަޅު ކާނާ ބޭނުންކުރުމަށާއި، މަސައްކަތުގެ މާހައުލުގައި ސްޓްރެސް ދަށްކުރުމަށާއި، އަލްކަހޯލް ބޭނުންނުކުރުމަށްކަމަށް ޑރ. ކޭޓް ވަނީ ބުނެފައެވެ.

ޑރ. ކޭޓް ބުނެފައިވަނީ މިއީ އޭގެ ނަތީޖާ ނުފެންނާނެ ކަމެއްކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވިދާނެކަމަށެވެ. ޑޮކްޓަރުގެ ގާތައް އަންނަ ބައެއް ޕޭޝަންޓުންވެސް މިއީ މަސައްކަތް ނުކުރާނެ ގޮތެއްކަމަށް ބުނާކަމަށް ޑޮކްޓަރ ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ޑޮކްޓަރާއިއެކު 3 ވަރަކަށް ހަފްތާ މިގޮތައް އަމަލުކުރުމުން ނަތީޖާ ފެންނަކަން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޝަންސް
1
2
6
0
0
0
1