ބްރެސްޓް މިލްކް ރައްކާކުރާނެ ގޮތް!

24 މާޗް 2022 - 10:29

ގާތުން ކިރުދޭ މީހާ އަތުން ނުވަތަ ބްރެސްޓް ޕަމްޕެއް ބޭނުންކޮށްގެން ބްރެސްޓް މިލްކް އެކްސްޕްރެސް ކުރެވިދާނެ އެވެ.

ތާޒާކޮށް ހުންނަ ކިރު ރޫމް ޓެމްޕަރޭޗާ (77°F) ގައި ހަތަރު ގަޑިއިރަށް ހުންނާނެ އެވެ. އަދި ތާޒާ ކިރު، ހާއްސަ ބްރެސްޓް މިލްކް ސްޓޯރޭޖް ބޭގް ނުވަތަ ސްޓެރެލައިޒްޑް ކޮންޓެއިނަރެއްގައި ރައްކާކުރުމަށް އެކި ގޮތްތަށް ބޭނުންކޮށްގެން ރައްކާކުރެވިދާނެއެވެ.

advertisement

ފްރިޖަށްލުން
40°F ނުވަތަ އެއަށްވުރެ ދަށް ފިނިހޫނުމިނެއްގައި 4 ދުވަސް ވަންދެން މިކިރު ފްރިޖެއްގައި ރައްކާކުރެވިދާނެއެވެ. ފްރިޖްގެ އެތެރޭގައި ފިނިހޫނުމިން މަތިނަމަ، ނުވަތަ މީހަކަށް ފިނިހޫނުމިން ނޭނގޭނަމަ ތިން ދުވަހުގެ ތެރޭގައި ކިރު ބޭނުންކުރަންވާނެއެވެ.

ފިނިކުރުން
މި ކިރު ފްރީޒަރެއްގައި ރައްކާކުރެވޭނީ 0°Fޓްރަސްޓް ސޯސް ނުވަތަ އެއަށްވުރެ ދަށް ފިނިހޫނުމިނެއްގައެވެ. 6 މަސް ދުވަހުގެ ތެރޭގައި ފްރޯޒެން ބްރެސްޓް މިލްކް ބޭނުންކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށްވާއިރު،މީހަކަށް ތާޒާ ބްރެސްޓް މިލްކް ފްރީޒަރެއްގައި 12 މަސް ވަންދެން ރައްކާކުރެވިދާނެއެވެ.

ތާޒާ ބްރެސްޓް މިލްކް ރައްކާތެރި އަދި ސްޓެރިލައިޒް ހާލަތްތަކުގައި އެކްސްޕްރެސްކޮށް ރައްކާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިލްކު ރައްކާތެރިކޮށް ބެހެއްޓިދާނެ ގޮތްތަށް:

  • ކިރު ނެގުމުގެ ކުރިން ރަނގަޅަށް އަތް ދޮވުން.
  • ބްރެސްޓް ޕަމްޕް ކިޓްތައް ރަނގަޅަށް ސާފުކުރުން. އަދި އޭގައި ހުންނަ އެއްވެސް ޓިއުބެއްގައި މަޑުޖަހާފައިވާނަމަ ވަގުތުން ސާފުކުރުން.
  • ކިރު ރައްކާކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް ސާފުކުރުމާއި ސްޓެރެލައިޒްކުރުން، އޭގެ ތެރޭގައި މިލްކް ސްޓޯރޭޖް ކޮންޓެއިނާ، ރެފްރިޖަރޭޓާ، އަދި ފްރީޒަރު ފަދަ އެއްޗެހި ހިމެނެއެވެ.
  • ހަމައެކަނި އެއާޓައިޓް ލިޑްސް ހުންނަ ބިއްލޫރި ނުވަތަ ފުޑް ގްރޭޑްގެ ޕްލާސްޓިކް ކޮންޓެއިނަރުތަކުގައި ބްރެސްޓް މިލްކް ރައްކާކޮށްފައި ބެހެއްޓުން.
  • ރީސައިކަލް ކުރާ ރަމްޒީ ނަމްބަރު 7 އާއެކު ފުޅީގައި ކިރު ރައްކާކުރުމުން ދުރުހެލިވުން، މިއިން ދައްކުވައިދެނީ ފުޅީގައި ވިހަ ބީޕީއޭ ޕްލާސްޓިކް އެކުލެވިގެންވާކަން.
  • ފްރިޖްގެ ދޮރުގައި ބްރެސްޓް މިލްކް ރައްކާކުރުމުން ދުރުހެލިވުމަކީ، މިހެން ހެދުމުން، ދޮރު ހުޅުވުމާއި ބަންދުވުމުން، ފިނިހޫނުމިނަށް އަންނަ ބަދަލުތަކަށް ކިރު ހާމަވެދާނެ ކަމެއް.

ބާކީވާ ބްރެސްޓް މިލްކް ރައްކާކުރާނެ ގޮތް.
އިތުބާރުކުރެވޭ މަސްދަރުތަކުން އެނގޭ ގޮތުގައި ތުއްތު ދަރިފުޅަށް ބޯންދީ ނިމުމަށްފަހު، 2 ގަޑިއިރުގެ ތެރޭގައި ތެ ބާކީވާ ބްރެސްޓް ކިރު ބޭނުންކުރަންވާނެ އެވެ. މި މުއްދަތުގެ ބޭރުން، ބާކީވާ އެއްވެސް ކިރު އެއްލާލުމަކީ އެދެވިގެންވާ ކަމެކެވެ.

ފްރޯޒެން މިލްކް ގަނޑުކުރުމާއި ރައްކާކުރާނެ ގޮތް.
މަތީ ލިމިޓެއްގެ ގޮތުގައި 6 މަސް ދުވަސް އިސްކުރި ނަމަވެސް 12 މަސް ދުވަސް ވަންދެން ފްރީޒަރެއްގައި ބްރެސްޓް މިލްކް ރައްކާކުރެވިދާނެ އެވެ.

މައިކްރޯވޭވްއެއްގައި ބްރެސްޓް މިލްކް ގަނޑުފިލުވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން ތުއްތު ދަރިފުޅުގެ އަނގައިގައި ހޫނު ގަދަ ސްޕޮޓްތައް އުފެދެއެވެ. މައިކްރޯވޭވިންގް އަކީ ނިއުޓްރިއެންޓްސް ވެސް ހަލާކުކޮށްލާ އެއްޗެކެވެ.

ރައްކާކުރެވިފައިވާ ބްރެސްޓް މިލްކް ތައްޔާރުކުރާނެ ގޮތް:
ސްޓޯރ ކޮށްފައި ހުންނަ ބްރެސްޓް މިލްކު ތުއްތު ދަރިފުޅަށް ދޭން ބޭނުންވާނަމަ ފދިނިކޮށްވެސް ހޫނުކޮށްވެސް ދެވިދާނެ އެވެ. އެގޮތުން ބަންދުކޮށްފައި ހުރި މިލްކް ކޮންޓެއިނާ ހޫނު ފެނުގެ ކޮންޓެއިނަރެއްގެ ތެރެއަށް ނުވަތަ ހޫނު ފެނުގައި ބޭއްވި ދާނެ އެވެ. މިގޮތަށް އަމަލު ކުރަންވާނީ ތުއްތު ދަރިފުޅު ހޫނުކޮށް ކިރު ބޯން ބޭނުންވާނަމަ އެވެ.

ރައްކާތެރިކަމުގެ ގޮތުން އެންމެ އެކަށީގެންވާ ގައިޑްލައިންތަކަށް އަމަލުކުރާހާ ހިނދަކު ބްރެސްޓް މިލްކް ރައްކާކުރުމަކީ މީހަކަށް ރައްކާތެރި ކަމެކެވެ.

ރޫމް ޓެމްޕަރޭޗަގައި 4 ގަޑިއިރު، ފްރިޖުގައި 4 ދުވަސް، ނުވަތަ ފްރީޒަރުގައި 12 މަސް ދުވަސް ވަންދެން ސްޓެރެލައިޒްޑް ފުޑް ގްރޭޑް ކޮންޓެއިނަރެއްގައި ތާޒާކޮށް ކިރު ރައްކާކުރެވިދާނެއެވެ. ނަމަވެސް ފްރިޖްގެ ފިނިހޫނުމިނަށް ބެލުމަށްފަހު 3 ދުވަހުގެ ތެރޭގައި ކިރު ބޭނުންކުރަން ޖެހިދާނެއެވެ. މީގެ އިތުރުން، ފްރީޒަރުގައި 12 މަސް ވަންދެން ތާޒާ ކިރު ރައްކާކުރުމަކީ ބަލައިގަނެވޭނެ ކަމަކަށްވާއިރު، 6 މަސް ދުވަސް ވަންދެން ތާޒާ ކިރު ރައްކާކުރުމަކީ އެންމެ ރަނގަޅު ކޮލިޓީއަށް އެންމެ އެކަށޭނަ މުއްދަތެވެ.

ރިއެކްޝަންސް
1
0
0
0
0
0
0