ޕޮންޒީ ސްކީމް: އެއްވެސް މީހަކަށް އިތުބާރު ކުރެވޭކަށް ނެތް!

24 މާޗް 2022 - 12:25

ޕޮންޒީ ސްކީމްތަކަކީ އާ އިންވެސްޓަރުންގެ އަތުން އެއްކުރާ ފައިސާއިން މިހާރު ތިބި އިންވެސްޓަރުންނަށް ފައިސާ ދައްކާ އިންވެސްޓްމަންޓް ސްކޭމްތަކެކެވެ. ހަގީގީ އިންވެސްޓްމަންޓެއް އެއަކު ނެތެވެ.

ޕޮންޒީ ސްކީމް ޕްރޮމޯޓަރުން ފުރަތަމަ ‘ޑިވިޑެންޑް’ ދެއްކުމަށް ބޭނުންކުރަނީ އާލީ އިންވެސްޓަރުން ޖަމާކުރާ ފައިސާއެވެ. އިންވެސްޓަރުންނަށް ހިތްހަމަޖެހުން އިހުސާސްކުރެވި، އިތުރަށް އިންވެސްޓްކުރަން ނިންމަނީ އެވެ. މި އިންވެސްޓަރުން ގިނަ ފަހަރަށް ހިތްވަރު ލިބެނީ އާއިލާ އާއި ރަހުމަތްތެރިން ގުޅުމުންނެވެ.

advertisement

އެންމެ ފަހުން ޕޮންޒީގެ ހުރިހާ ސްކީމް ފަޅައިގެން ހިނގައިދާނެ އެވެ. ޕްރޮމޯޓަރު އެ ފައިސާ މާ އަވަސް އަރުވާލައިގެން ހޭދަކުރާއިރު ނުވަތަ އިންވެސްޓަރުންގެ ޕޫލަށް އިންވެސްޓަރުން ނުލިބި ދިއުމުން އެ މީހުން ބަނގުރޫޓުވެ އެވެ.

ޕޮންޒީ ސްކީމެއްގެ އިންޒާރުގެ ނިޝާންތައް:
ރިޓާން ރޭޓް ޝައްކެއް ނެތް ގޮތުގައި ބޮޑެވެ. ރިޓާން މަހަކު 10 ޕަސެންޓާ ގާތްކުރާ އަދަދަކަށް ވެސް ހުރެދާނެ އެވެ. އިތުބާރު ކުރާ މީހަކު ތިބާ ރެކްރޫޓް ކުރަން މަސައްކަތް ކުރާނެ އެވެ. އެއީ އިތުބާރު ކުރެވޭ އަވަށްޓެރިއަކަށް ނުވަތަ ތިބާގެ އަވަށްޓެރިއެއް ނުވަތަ ކޮމިއުނިޓީ ގްރޫޕްގައި ހިމެނޭ މީހަކަށް ވެސް ވެދާނެ އެވެ.
ރެކްރޫޓަރަކީ މިހާރުވެސް މި ސްކީމަށް އިންވެސްޓްކޮށް، ވަރަށް ބޮޑު ޑިވިޑެންޑްތަކެއް ލިބިފައިވާ މީހަކަށް ވެދާނެ އެވެ.

ޕޮންޒީ ސްކީމްތައް މަސައްކަތް ކުރާ ގޮތް:
ޕޮންޒީ ސްކީމް ޕްރޮމޯޓްކުރާ ފަރާތްތަކުން ހައި ރިޓާން ދޭނެ ކަމުގެ ވައުދާއެކު ފައިސާ އިންވެސްޓް ކުރަން ރައްޔިތުންނަށް މަޖުބޫރު ކުރުވާޏެ އެވެ. ޕްރޮމޯޓަރުން ރިޓާން ދެއްކުމަށް އިންވެސްޓްކޮށްފައިވާ ފައިސާ ބޭނުންކުރާނެ ެއވެ. އިންވެސްޓަރަށް ހީވަނީ ވައުދުވެފައި އޮތް ރިޓާން އެމީހުންނަށް ލިބެނީ ހެން، އެއްވެސް ކަހަލަ ގޯސް ކަމެއް އޮތްކަމަކަށް ޝައްކު ނުކުރެވޭނެ އެވެ.

އިންވެސްޓަރުން ގިނަ ފަހަރަށް އެމީހުންގެ ރަހުމަތްތެރިންނާއި މަސައްކަތު އެކުވެރިންނަށް ވެސް އިންވެސްޓް ކުރަން ހިތްވަރު ދެ އެވެ. ޕޮންޒީ ސްކީމް ޕްރޮމޯޓްކުރާ ފަރާތްތަކުން އަނިޔާ ލިބޭ މީހުން ހޯދުމަށް ފައިސާއަށް ބޭނުންވެފައިތިބި މީހުންނާއި ކޮމިއުނިޓީ ގްރޫޕްތަކަށް ޓާގެޓް ކުރާނެ އެވެ. ޕޮންޒީ ސްކީމްތަކުގައި އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހިދާނެ އެވެ.

ޕޮންޒީ ސްކީމެއްގައި އިންވެސްޓްކޮށްފައި ހުރި ނަމަ ކަންތައް ކުރަންވީ ގޮތް:

  • އިތުރު ފައިސާ އިންވެސްޓް ނުކުރާށެވެ.
  • އެ ކުންފުންޏަކީ އާންމު ކުންފުނިތަކުގެ ލިސްޓުގައި އޮތް ކުންފުންޏެއްތޯ، ތިޔަބޭފުޅުން ޑީލް ނުކުރައްވަންވީ ތޯ ބަލައިލާށެވެ.
  • އޭ.އެސް.އައި.ސީ ކަނެކްޓްގެ ޕްރޮފެޝަނަލް ރެޖިސްޓާސްގައި ކުންފުނީގެ ލައިސަންސް ނަންބަރު ޗެކްކޮށްލާށެވެ.
  • މި ސްކޭމް އޮސްޓްރޭލިއަން ސެކިއުރިޓީޒް އެންޑް އިންވެސްޓްމަންޓް ކޮމިޝަން (އޭ.އެސް.އައި.ސީ) އަށް ރިޕޯޓް ކުރާށެވެ.
  • އަނިޔާލިބޭ މީހުން ހުއްޓުވުމަށް އާއިލާއާއި ރަހުމަތްތެރިންނަށް އިންޒާރުދޭށެވެ.
ރިއެކްޝަންސް
0
0
12
0
2
2
2