ކުޅިވަރުގައި އަންހެނުންނަށް ދޭ ފައިސާގެ އިނާމު ދެބައިކުޅަ އެއްބައި ކުޑަ، އެންމެން ރަތަށް!

30 މާޗް 2022 - 11:17

ކުޅިވަރަކީ ވަކި ޖިންސަކަށްވީތީ ބައިވެރިވާ ކަންކަމެއް ނޫނެވެ. އަންހެނަކަސް ފިރިހެނަކަސް ހަމަވާންޖެހޭނެ އެވެ. އަދި ފައިސާގެ އިނާމު ދިން ނަމަވެސް ސެޓުފިކެޓު ދިން ނަމަވެސް އެ ހަމަ ހަމަކަން އޮންނަންޖެހޭނެ އެވެ.

ދާދިފަހުން ރާއްޖޭގައި ބޭއްވި ކުޅިވަރުގެ މުބާރާތަކުން މި ތަފާތު ކުރުންތައް ވަރަށް ބޮޑަށް ފާހަގަވެއްޖެ އެވެ. އެގޮތުން ފިރިހެނުންނަށް އަމާޒުކޮށްގެން ބޭއްވި މި މުބާރާތުގައި އެއްވަނައަށް ދިޔަ ފިރިހެން ކުޅުންތެރިޔާ އަށް 10،000 ރުފިޔާގެ އިނާމެއް ލިބުނު އިރު ހަމަ މި މުބާރާތުގައި ވާދަކޮށް އެއް ވަނަ ދިޔަ އަންހެން ކުޅުންތެރިޔާ އަށް ލިބުނީ 5000 ރުފިޔާ އެެވެ. މިއީ ވަރަށް ބޮޑު ތަފާތު ކުރުމެކެވެ.

އަންހެނެއް ނަމަވެސް ބައިވެރިވީ އެއް ކަމެއްގަ އެވެ. ކުރީ އެއް ހަރަކާތެކެވެ. ޕޯޑިއަމްތަކުގައި ކަރު ކެނޑޭ ވަރަށް ޖިންސީ ތަފާތު ކުރުންތައް ނައްތާލަން ގޮވާލުމަކުން އެކަމެއް ހައްލެއް ނުކުރެވޭނެ އެވެ. ހައްލު ވާނީ އަމަލުންވެސް އެކަން ދައްކައިދީގެންނެވެ.

ރިއެކްޝަންސް
0
0
0
1
0
1
2