އުސްފާރުތައް ރާނައި އެކި ކުލަ ލީމަތަ ރީތީ ނޫނީ މިގޮތަށް މާ އަޅާ ގަސްތައް ހެއްދީމަތަ ރީތީ؟

30 މާޗް 2022 - 14:42

ރަށަކަށް ދަތުރުކޮށްލުމުން މިހާރު ހިތަށް ވެރިވަނީ މާލެއެކޭ ތަފާތެއް ނެތް ކަމެކެވެ. ބޮޑެތި އިމާރާތްތަކެވެ. އެއްގެއަށް ވުރެ އަނެއްގެ ބޮޑު ކޮށް ރީތކޮށް ހަދާފައި ހުންނަ މަންޒަރެވެ. އެކަމަކު މަދު ރަށަކުން ރީތި މާބަގީޗާތަކުން ޒީނަތްތެރިކޮށްފައި ހުންނަ މަންޒަރު ފެނެ އެވެ.

ތާރީހާއި ސަގާފަތަށް ލޯބިކުރާ އަލާ ދީދީ މިވަނީ މިފަދަ ފޮޓޯތަކެއް ހިއްސާ ކޮށްފަ އެވެ. އަލާ ދީދީ ވިދާޅުވި ގޮތިގައި އެއީ ނ. ލަންދޫގެ ރީތި މަންޒަރުތަކެކެވެ.

މި ފޮޓޯ އާއެކު އަލާ ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުސްފާރުތައް ރާނާ ތަފާތު ކުލަ ހޭކުމަށްވުރެ ގޭގޭ މަގުފާރު ތިރިކޮށް ހުރެފައި ބަގީޗާ ގަސްތަކާއި އެނޫންވެސް ގަސްތައް ވަށައިގެން ހެއްދީމާ މުޅި ރަށަށް އަންނަ ޒީނަތްތެރިކަން ވަރަށް ބޮޑު ކަމަށެވެ.

އަދި މިއީ އައިލެންޑު ޓޫރިޒަމް ޕްރޮމޯޓު ކުރުމަށްވެސް ފަސޭހަ ގޮތަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި މިހާރު ހޯމް ސްޓޭ ތައާރަފްކޮށްފައިވާއިރު ޓުރިޒަމް ޕްރޮމޯޓު ކުރުމަށް އެކި ރަށްރަށުގައި ދަނީ އެކި ގޮތްގޮތަށް އިޝްތިހާރުތައް ކުރަމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0