މޫލީ އިން މިހާރު ހައްޕު ގަނެލެވޭނެ!

31 މާޗް 2022 - 11:54

ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ގޭމެއް ކަމަށްވާ “ހައްޕު” އުރީދޫގެ މޫލީން ވިއްކަން ފަށައިފިއެވެ.

“ހައްޕު”އަކީ ހަތް އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ބޮޑު ގޭމެކެވެ. އަދި ބޮޑެތި މީހުންވެސް ނިކަން ފޯރިއާއެކު މިހާރު އެ ގޭމް ކުޅެ އެވެ.

advertisement

މި ގޭމު ކުޅުމަށް ދެ ޓީމެއް ހަދަން ޖެހެއެވެ. ގޭމުގައި ހިމެނޭ 200 ކާޑުގެ ތެރެއިން ކާޑެއް ނެގުމަށް ފަހު، އެ ކާޑުގައިވާ ބަސް ޓީމުގެ އެހެނިހެން މެންބަރުންނަށް ކިޔައިދިނުމަށް ފަހަރަކު ކުޅުންތެރިއެއް މަސައްކަތް ކުރާނެއެވެ. މިގޮތަށް މަސައްކަތްކުރާއިރު، ކޮންމެ ކާޑަކު އޮންނަ ހަތަރު “ހައްޕު” ބަސް ބޭނުންކުރުމަކީ މަނާ ކަމެކެވެ. ދިމާވާ ކޮންމެ ބަހަކީ ޓީމަށް ލިބޭ ޕޮއިންޓެކެވެ.

ކުޅެމުންދާއިރު “ހައްޕު” ބަހެއް ބުނޭތޯ ބެލުމަށް އަނެއް ޓީމުގެ ކުޅުންތެރިން ފާރަލާނެ އެވެ. އަދި އެކަން ފާހަގަވެއްޖެނަމަ، ބޯޓެއްގެ ސިފައިގައި އޮންނަ ދުންމާރި ގޮއްވާލާނެއެވެ. އެއް ޓީމަކަށް ފަހު އަނެއް ޓީމު ކުޅުމަށް ފަހު، ދެ ޓީމުގެ ޕޮއިންޓު ގުނާނީ ދިމާވި ކާޑުތައް ގުނައިގެންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0