އުރީދޫ މޯލްޑިވްސްއިން ސްނެޕްޗެޓް އާއި ޕަރޓްނަރވެ، ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ޚާއްޞަ ފިލްޓަރ އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހިލޭ ޑޭޓާ

21 އެޕްރީލް 2022 - 9:52

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ކަސްޓަމަރުންނަށް ތަފާތު ޑިޖިޓަލް ތަޖުރިބާތައް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެގޮތުން، އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމުގެ މަގްސަދުގައި ދުނިޔޭގެ މަޝްހޫރު ކެމެރާ ކުންފުންޏެއް ކަމަށްވާ ސްނެޕްޗެޓް އާ އެކު ޕާޓްނާޝިޕް އިއުލާނުކޮށްފިއެވެ.

މި ޕަރޓްނަޝިޕްގެ ދަށުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ސަގާފަތް ދުނިޔޭގެ ކަސްޓަމަރުންނަށް އިޝްތިހާރު ކުރުމަށް ސްނެޕްޗެޓް ލެންސް އަދި ރާއްޖެއަށް ޚާއްޞަ ޖިއޯފިލްޓަރއެއް ވަނީ ތަޢާރަފްކޮށްފައެވެ. އުރީދޫ މޯލްޑިވްސް އިން މި ފިލްޓަރ އަދި ލެންސް  ލޯންޗްކޮށްފައިވަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް އުރީދޫއިން ހިންގާ “ވިޒިޓް މޯލްޑިވްސް ނައު” ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާވެސް ގުޅިގެންނެވެ.

advertisement

ސްނެޕްޗެޓްއަކީ އާއިލާ އާއި ރައްޓެހިންނާ ޑިޖިޓަލްކޮށް ގުޅުން ބަދަހިކޮށްލުމަށް މަޖާ ޕްލެޓްފޯމެކެވެ. އޭއާރް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ މަޖާ އަދި ހިތްގައިމް ފިލްޓަރ އަދި ފްރޭމްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މަގުބޫލު އެއްޗެކެވެ. އެހެންކަމުން ސްނެޕްޗެޓްގެ މަޖާ އާއި ބޭނުންތެރިކަން ތަޖުރިބާކޮށްލުމަށް، އުރީދޫ މޯލްޑިވްސްއިން ވަނީ ކޮންމެ ދުވަހަކަށް، ހަފްތާއަކަށް، އަދި މުޅި މަހަށް ޚާއްޞަ ސްނެޕްޗެޓް ޑޭޓާ ޕެކްތަކެއްވެސް ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް 2ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭ 3 މަސް ދުވަހުގެ ޕްރޮމޯޝަންއެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް *929*1# އަށް ގުޅައިގެން ނުވަތަ “އެސްއެންޕީއެފް” ޖައްސަވާފަ 5555 އަށް އެސްއެމްއެސް އެއް ފޮނުވާލުމުން އެކްޓިވޭޓްވެގެންދާނެއެވެ.

“މި ޕާޓްނަރޝިޕްގެ މަޤްޞަދަކީ ކަސްޓަމަރުންނަށް އީޖާދީ ތަޖުރިބާތައް ހޯދައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ރައްޔިތުންނާއި ވިޔަފާރިތަށް އޭއާރް ޓެކްނޮލޮޖީ އަށް އަހުލުވެރި ކުރުވާ، މި ޓެކްނޮލޮޖީގެ ފުރިހަމަ މަންފާހޯދުމަށް ހިތްވަރުދިނުން. ސްނެޕްޗެޓްގެ ކުރިއަރާފައިވާ ޕްލެޓްފޯމް އަދި ޓޫލްސްތައް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް އަޅުގަނޑުމެން މިއަދު މި އިފްތިތާހު ކުރި އައު އޭއާރް ލެންސާއި ޖިއޯފިލްޓަރ ފަދަ ގޮތްގޮތުން އަޅުގަނޑުމެންގެ ރީތި ޤައުމު ދުނިޔޭގެ މުޖުތަމަޢުތަކަށް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރެވޭނެ.” އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު ޙަސަން އަލް-ހަމާދީ ވިދާޅުވިއެވެ.

” އަޅުގަނޑުމެންގެ ކުންފުނި، އަދި އަޅުގަނޑުމެންގެ އެޕް ގެ ހާއްސަކަމަކީ އަކީ އޭއާރް އަދި ކެމެރާ. އަޅުގަނޑުމެން ގަބޫލް ކުރާގޮތުގައި މި ޓެކްނޮލޮޖީ ގެ ސަބަބުން ދިރިއުޅުން ކުރިއެރުވުމަށާއި، ދަސްކުރުމާއި، އެކްސްޕްލޯކުރުމާއި، ވިޔަފާރި ކުރުމާއި، އާޓް ހެދުމާއި، މިނޫންވެސް އެތައް ކަމެއް ކުރުމަށް ހީވެސް ނުކުރާފަދަ ކަންތައްތަކެއް ކުރެވިދާނެ.  ސްނެޕްގައި އަޅުގަނޑުމެންގެ ވިސްނުމަކީ އޭއާރް އަކީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭހާ ފަސޭހަ، ބޭނުންތެރި އަދި ޕްރެކްޓިކަލް އެއްޗަކަށް ހެދުން. އުރީދޫއާއެކު މި ގާއިމް ކުރެވުނު ޕަރޓްނަރޝިޕްއާއި އެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ކަމެއް ގެނައުނަށް އުއްމީދު ކުރަން. މިފަދަ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ތެރެއިން އޭއާރ ބޭނުންކުރުމުގެ ޤާބިލުކަން ޑިމޮކްރަޓައިޒްކޮށް ހިދުމަތް ފުޅާވެގެންދިއުމަކީ އަޅުގަނޑުމެންގެ އުއްމީދެއް.” ސްނެޕްޗެޓްގެ ގްލޯބަލް ކެރިއަރ ޕާޓްނަރޝިޕްސް މެނޭޖަރ، ބަޝީރުލް ބޯމެޑައިން ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރާއިރު، އަލަށް ތަޢާރަފްކުރި ފިލްޓަރ އަދި ފްރޭމް ވެގެންދާނީ ރާއްޖެއާއި ރާއްޖޭގެ ސަޤާފަތް އިޝްތިހާރުކުރުމަށް ލިބޭ އިތުރު ފުރިހަމަކަމެއްގެ ގޮތުގައެވެ. “ހެލޯ ފްރޮމް ދަ ސަނީސައިޑް” ޖިއޯފިލްޓަރފަރުމާކޮށްފައިވަނީ ކަދުރު ރުއްތަކާއި ހުދު ކުލައިގެ ވެލި ގޮނޑުދޮށްތައް ފަދަ ގުދުރަތީ ރީތިކަން ދައްކުވައިދޭ އެލެމެންޓްތައް ހިމަނައިގެންކަމަށްވާއިރު، ރާއްޖެއަށް ހާއްސަކޮށްފައިވާ އާ އޭއާރް ލެންސްގައި ދައްކުވައިދެނީ ރާއްޖޭގެ އަންހެނުންނާއި ފިރިހެނުންގެ ތަފާތު ސަގާފީ ފޭރާމެވެ.

އޭއާރް ބޭނުންކުރާ މިންވަރު މުޅި ދުނިޔޭގައި ވެސް އިތުރުވަމުން ދާއިރު، ސްނެޕްޗެޓް ގެ ޑޭޓާއަށް ބަލާއިން 6 ބިލިއަނަށް ވުރެ ގިނަ އޭއާރް ލެންސް ބޭނުން ކުރާ ސެންޕްޗެޓަރުން އެބަ ތިއްބެވެ. އަދި ދުވާލަކު 200 މިލިއަނަށް ވުރެ ގިނަ މީހުން އޭއާރް އާ އެކު މުއާމަލާތް ކުރެއެވެ. ސްނެޕްޗެޓް އާއި އެކު އަޅުގަނޑުމެންގެ މި ޕާޓްނަރޝިޕްގެ ސަބަބުން ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އީޖާދީ ކޮންޓެންޓް ތައްޔާރު ކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ. މިފަދަ އިންޓަނޭޝަނަލް ޕާޓްނަރޝިޕްތައް މެދުވެރިކޮށް، ތަފާތު އީޖާދީ ޑިޖިޓަލް އުފެއްދުންތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ވެސް އުރީދޫ މޯލްޑިވްސް އިން ދެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ޒިޔާރަތް ކުރައްވާ: ore.do/snapchat

ރިއެކްޝަންސް
0
0
0
0
0
0
0