ޕްރިންސިޕަލް އާ ދެކޮޅަށް އަޑު އުފުލި ހަތަރު ޓީޗަރުން އެހެން ސްކޫލަކަށް ބަދަލު ކުރީ ބަދަލު ހިފަން: އެޗްއާރްސީއެމް

23 އެޕްރީލް 2022 - 12:03

ޖިންސީ ގޯނާގެ މައްސަލަ ހުށަހެޅި ހަތަރު ޓީޗަރުންގެ ތެރެއިން ތިން ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލުކުރީ އެ މައްސަލަ ފެންމަތިކުރުމުން ބަދަލުހިފުމަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެ ޓީޗަރުން ތަމްސީލުކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އެޗްއާރުސީއެމުން އެގޮތަށް ނިންމި ލިޔުމާއެކު މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ޕްރިންސިޕަލް އިސްމާއީލް ނަސީރު އެ ސްކޫލުގައި މަސައްކަތްކުރާ ޓީޗަރުންތަކަކަށް ފުރައްސާރަކުރުމާއި ޖިންސީ ފުރައްސާރަކުރަމުންދާތީ ލީޑިން ޓީޗަރުގެ މަގާމުން ބައެއް ޓީޗަރުންނަށް އިސްތިއުފާ ދިނުމަށް މަޖުބޫރުވި ކަމަށެވެ.

advertisement

އެހެން ކަމުން އެ ޓީޗަރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަމިއްލައަށް އިސްތިއުފާދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ޕްރިންސިޕަލުގެ މައްސަލަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅި ކަމަށްވެސް ޕީއައިއެލްސީން ވަނީ ބުނެފަ އެވެ.

ޕްރިންސިޕަލްގެ މައްސަލަ ހުށަހެޅުމުން ސީއެސްސީން ބޭއްވި ބައްދަލުވުމެއްގައި އެ މައްސަލަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅުމަށް އިލްތިމާސްކުރި ކަމަށާއި އެއަށްފަހު މިދިޔަ އަހަރުގެ އޭޕްރީލް 27 ގައި އެ ސްކޫލުގައި މަސައްކަތްކުރާ ބައެއް ޓީޗަރުންގެ ފަރާތުން އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް ޕީއައިއެލްސީން ބުންޏެވެ.

ޕީއައިއެލްސީން ބުނީ، މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު އެ މައްސަލަ ބެލި އެޑިއުކޭޝަން މިނިސްޓްރީގެ ކޮމެޓީގެ އިއްތިފާގުން މައްސަލަ ނިންމާފައިވަނީ، އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާއީލް ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ހިންގިކަމުގައި ބުރަވެވެން އޮތް ކަމަށާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ފެންނަ ކަމަށް ކަމަށެވެ.

އެހެން ނަމަވެސް އިސްމާއިލް ނަސީރަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި އަދި ފިޔަވޅު އެޅި ނަމަވެސް އެޅި ފިޔަވަޅާކީ ކޮބައިކަން އޭނާ އަށް އަންގާފައިނުވާ ކަމަށް ޕީއައިއެލްސީން ވަނީ ބުނެފަ އެވެ. އަދި އެކަމާ ދެކޮޅަށް އަޑު އުފުލި ގިނަ ޓީޗަރުންތަކާމެދު ފިޔަވަޅު އަޅައި އެ މީހުން އެހެން ސްކޫލްތަކަށް ބަދަލު ކުރިމަކަމަށްވެސް އެ ބަޔާނުގައިބުނެފަ އެވެ.

އިއްޒުއްދީން ސްކޫލުގެ އެ ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކޮށްފައިވަނީ ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމުން ނޫންކަމަށް ބަޔާންކޮށް މީގެ ކުރިން އެޑިއުކޭޝަނުން ނޫސް ބަޔާނެއް ނެރެފައިވާ ކަމަށާއި ނަމަވެސް ޕީއައިއެލްސީން އެ މައްސަލަ ދިރާސާކުރި އިރު، އެ ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކުރުމަށް މެދުވެރިވެފައިވާ ސަބަބަކީ ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމުންނާއި، އެކަމާ ދެކޮޅަށް އަޑުއުފުލުމާއި ހެކިބަސް ދިނުމުގެ ސަބަބުންކަން މައްސަލައިގެ ކަންހިނގާފައިވާ ގޮތަށާއި ހެއްކާއި ގަރީނާއަށް ބެލުމުން އެނގުނު ކަމަށް ވެސް ޕީއައިއެލްސީން ބުންޏެވެ.

ޕީއައިއެލްސީން ބުނީ އެޑިއުކޭޝަން މިނިސްޓްރީންނާއި ސިވިލް ސާވިސް ކޮމިޝަނުން އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ހަތަރު ޓީޗަރުން އެހެން ސުކޫލުތަކަށް ބަދަލުކޮށްފައިވަނީ ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމުންނާއި، އެކަމާ ދެކޮޅަށް އަޑުއުފުލުމާއި ހެކިބަސް ދިނުމުގެ ސަބަބުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންކަމަށް ފެންނާތީ، އެ ޓީޗަރުންގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށްފަހު އެ ޔުނިޓުން ނިންމާފައިވަނީ އެ ހަތަރު ޓީޗަރުން ބަދަލު ކޮށްފައިވަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

މި މައްސަލައަިގައި އެހެން ސްކޫލްތަކަށ ްބަދަލު ކުރި ޓީޗަރުންނަކީ އއ. އުކުޅަސް، ސްޓާލިންކް، އިނާޔާ މުހައްމަދާއި ހ. ފެންތިލަގެ، ސިރުހާން އިދުރީސް އަދި ފ. ބިލެއްދޫ، ނޫރަންމާގެ ޖައުފަރު ހަމީދު އެވެ.

އެ މައްސަލަ ބެލުމަށްފަހު މިދިޔަ އަހަރުގެ ޖޫން 27 ގައި އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން ޕްރިންސިޕަލް އިސްމާއިލް ނަސީރާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމީ، ޖިންސީ ގުނަވަނަކާ ދިމާއަށް އޭނާ ބަލަން ހުރި ކަމަށް މުވައްޒަފު ބަޔާންކޮށްފައިވުމާއި، އަދި އެ މަންޒަރު އެ ސްކޫލުގެ ދެ ލީޑިން ޓީޗަރަކު ދީފައިވާ ބަޔާނުން އެނގެން އޮތުމުން ކަމަށްވެސް ބުނެފައިވެ އެވެ.

ރިއެކްޝަންސް
1
0
6
0
0
0
4