އިންޑޮނޭޝިއާގެ ބާޒާރުތަކުން ރާއްޖޭގެ ހުރިހާ ރަށަކަށް ޑެލިވެރީކޮށްދޭން ރެޑްބޮކްސް އިން ފަށައިފި

24 އެޕްރީލް 2022 - 9:24

އެޑްވަރޓޯރިއަލް: ވިޔަފާރިވެރިންގެ އިތުރުން ޢާންމު ރައްޔިތުންވެސް އަގުހެޔޮކޮށް މުދާ އިމްޕޯޓް ކުރަމުންދާ އެއް ޤައުމަކީ އިންޑޮނޭޝިއާއެވެ. އިންޑޮނޭޝިޔާއިން މިވަގުތު އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މުދާ ހެޔޮއަގުގައި ހޯދައި ދިނުމާއި ރައްކާތެރިކަމާއި އެކުގައި ރާއްޖެއަށް ފޮނުވައި ދިނުމުގެ މަސައްކަތް ކުރާ އެއްކުންފުނި ކަމަށްވާ އިންޑޯރާއްޖެއާއި ރެޑްބޮކްސް ގުޅިގެން ރެޑްބޮކްސްގެ އޮފީހެއް އިންޑޮނޭޝިއާގައި ޤާއިމުކޮށް ރެޑްބޮކްސް އިންޑޮނޭޝިޔާގެ ނަމުގައި މިހާރު މިވަނީ ފަސޭހައިން ރަށުގައި ތިބެގެން އޮންލައިކޮށް ސީދާ އިންޑޮނޭޝިއާއިން ވިޔަފާރިކުރުމަށް މަގުފަހިކޮށްދީފައެވެ.

އޭޝިއާގެ މަޝްހޫރު އެތައް އޮންލައި ވެބްސައިޓުތަކުން ވިޔަފާރި ކުރުމުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެފަދަ ގިނަ ވެބްސައިޓުތަކުން ރާއްޖެއަށް ޑެލިވަރީ ކޮށް ނުދިނުމެވެ. ނަމަވެސް ރެޑްބޮކްސް ގެ ޚިދުމަތާއެކު އިންޑޮނޭޝިއާ އިން އެ ބޭފުޅަކު ވިޔަފާރި ކުރެއްވުމަށް ޚާއްޞަ އެޑްރެސް އެއް ލިބިލައްވާނެއެވެ. އެބޭފުޅެއްގެ އަމިއްލަ ގުދަން ޖާގައާއެކު ބޭނުންވާ ދުވަހަކުން ޝިޕް ކުރަން ރިކުއެސްޓު ކޮށްލެވޭނެއެވެ. މުދާ ކޮންސޮލިޑޭޓްކޮށްދިނުމާއި އެސިސްޓެޑް ޝޮޕިންގް ސާވިސް އަދި ފުލްފިލްމަންޓް ސާވިސްގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށް ރެޑްބޮކްސްއިން ބުނެ އެވެ. މި ޚިދުމަތްތަކުގެ އިތުރުން އިންޑޮނޭޝިއާއިން ބޭނުންވާ އިތުރު ވިޔަފާރީގެ ޚިދުމަތްތައް ހޯއްދެމަށް  www.redboxindonesia.com  މި ވެބްސައިޓަށް ޒިޔާރަތް ކޮށްލަޢްވާށެވެ.

advertisement

“އަޅުގަނޑުމެން މިގެންދަނީ ކަސްޓަމަރުން އެންމެ ބޭނުންފުޅުވާ ޤައުމުތަކުން ރެޑްބޮކްސްގެ ޚިދުމަތްތައްް ލިބޭނެ ގޮތް ހަދާދެވޭތޯ. އިންޑޯއަކީ ދިވެހިން ވަރަށް ފަރިތަ މާކެޓެއް. އުންމީދަކީ އަޅުގަނޑުމެންނަށް އިތުބާރުކުރައްވާ ޚިދުމަތް ހޯއްވަމުންދާ ކަސްޓަމަރުންނަށް ފަސޭހަ އަދި އަގު ހެޔޮ ޚިދުމަތެއް ދިނުން.” ރެޑްބޮކްސް ގެ ސީއޯއޯ ޙުސައިން ޝާހިދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ރެޑްބޮކްސްގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ކޫރިއާގެ ހިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށެވެ.

އިންޑޮނޭޝިއާ އެކު ތައިލެންޑް ،ކޮރެއާ، މެލޭޝިޔާ، ސްރީ ލަންކާ، ޗައިނާ އަދި އެމެރިކާގައި ވެސް ރެޑްބޮކްސްގެ ފްރެންޗައިސްތައް ހުޅުވާ އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. ރެޑްބޮކްސްއަކީ 2015 ވަނަ އަހަރުން ފެށިގެން ކޫރިއާ އަދި ފްރައިޓް ފޯވާޑިންގެ ހިދުމަތްތައް ދެމުން އަންނަ ދިވެހި ކުންފުންޏެކެވެ

ރިއެކްޝަންސް
0
6
0
0
0
0
0