މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

26 އެޕްރީލް 2022 - 17:19

މިއަހަރުގެ ފުރަތަމަ ދައުރުގައި %49 މަސައްކަތް މަޖިލީހުން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅި މަސައްކަތްތަކުގެ ތެރެއިން %49.6 މަސައްކަތް ނިންމައިފި.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ކުރެވުނު މަސައްކަތްތައް:

  • ހުށަހެޅި 28 ބިލުގެ ތެރެއިން 8 ބިލުގެ މަސައްކަތް ނިންމި
  • ހުށަހެޅި 10 ޤަރާރުގެ ތެރެއިން 2 ޤަރާރުގެ މަސައްކަތް ނިންމި
  • ސަރުކާރުން ހުށައެޅި 8 މައްސަލައިގެ ތެރެއިން ނިމުނީ 7 މައްސަލަ
  • މެމްބަރުން ހުށަހެޅި 10 މައްސަލައިގެ ތެރެއިން 4 މައްސަލަ ނިންމި
  • ވަޒީރުންނާއި ކުރުމަށް ހުށައެޅި 49 ސުވާލުގެ ތެރެއިން 26 ސުވާލު ކުރެއްވި
  • ހުށައެޅި 12، ކުއްލި މައްސަލަ ނިންމި

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ފަޤީރުކަން އެތައް އަހަރެއް ފަހަތަށް ހިނގައިދާނެ: ޝާހިދު

ރަޝިޔާ-ޔޫކްރެއިން ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔެއިން ފަޤީރުކަން ނައްތާލާއި، ހަމަހަމަކަން ޤާއިމްކޮށް، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރި މަސައްކަތްތައް އެތައް އަހަރެއް ފަހަތަށް ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށްފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ.

advertisement

ޝާހިދު ވިދާޅުވީ ކޮވިޑްގެ ވަބާއިން އެއްކޮށް އަރައިނުގަނެވި އުޅެނިކޮށް މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ހަކަތަޔާ، ކޮމޯޑިޓީސް އަދި މާލީ ބާޒާރުތަކަށް އެކަމުގެ އަސަރުކުރަމުންދާކަމަށް.

މިރޯދަމަހު ރާއްޖެ އެތެރެކުރި ކާބޯތަކެތި ފާއިތުވި 3 އަހަރަށްވުރެ އިތުރު: އެމް.ޕީ.އެލް

މިއަހަރުގެ ރޯދަމަހު ރާއްޖެ އެތެރެކުރި ކާބޯތަކެތީގެ އަދަދު ފާއިތުވި ތިން އަހަރުގެ ރޯދަމަހާއި އަޅާ ބަލާއިރު، އިތުރުކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވިދާޅުވެއްޖެ.

ދުވާލަކު ކަހަލަ ގޮތަކަށް ބޯޓެއް ކޯލްކޮށްފައި އެބަހުރި، ކޮންޓެއިނަރއަށް ބަލާއިރު، ކޮންމެ ތިން ދުވަހުން އެއް ދުވަހު ބޯޓެއް ކޯލް ކޮށްފައި އެބައިން، 2019އަށް ބަލާއިރު، ޕެރިޝަބަލް އައިޓަމް މިއަހަރު ގިނަ ކަމަށްވެސް ވިދާޅުވި.

މީޑިއާ ކައުންސިލްގެ ތިޖޫރި ފަޅާލާއި 3600 ރުފިޔާ ވަގަށް ނަގައިފި

އެމްއެމްސީގެ ތިޖޫރީ ފަޅާލައި ވަގަށް ނަގާފައިވަނީ އޭގައިހުރި 3،600 އެއްހާ ރުފިޔާ.

އިތުރު އެއްޗެއް ވަގަށް ގެންދިޔަކަން އަދި ފާހަގަވެފައިނުވާކަމަށްވެސް މަޢުލޫމާތުދެއްވި.

އިދާރާގެ ތިޖޫރީ ފަޅާލާފައި ހުރިކަން އެނގުނީ މިއަދު ހެނދުނު މުވައްޒަފުން އޮފީހަށް ދިއުމުން

ނެޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 130 ޒުވާނުން ތަމްރީންކުރަނީ

ނެޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 130 ޒުވާނުން ތަމްރީންކުރުމުގެ އެއްބަސްވުމެއްގައި ޔޫތު މިނިސްޓްރީއާއި އެޗްޑީސީއާއި ދެމެދު ސޮއިކޮށްފި

މިއީ 6 މަސް ދުވަހުގެ ޕްރޮގްރާމެއް، އަދި މި ޕްރޮގްރާމްގައި 10 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރާނެ.

ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • 1. ވެލްޑިން
  • 2. ޕްލަމްބިން
  • 3. އިލެކްޓްރީޝަން
  • 4. ކާޕެންޓަރ
  • 5. ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިން މެކޭނިކް
  • 6. ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒަރ
  • 7. އެސިސްޓެންޓް ބިލްޑިންގް މެއިންޓަނަންސް އޮފިސަރ
  • 8. މޭސަން
  • 9. ގާޑަނަރ
  • 10. ހެވީ ވެހިކަލް އޮޕަރޭޓަރ
ރިއެކްޝަންސް
0
0
0
0
0
0
0