ލެކްޓޯސް އިންޓެލޮރެންޓާ ބެހޭ ގޮތުން ކިޔައިނުދޭ ވާހަކަތައް

28 އެޕްރީލް 2022 - 17:32

އުމުރުން ދުވަސްވާ ވަރަކަށް ޑެއިރީ އަކީ އަބަދު ހައިހޫނުކަން ފިލުވައިދޭ ނުވަތަ ބަނޑު އެއަށް އެއްބަސްވާ އެއްޗެެއް ނޫން ކަން އެނގޭނެ އެވެ. ބައެއް މީހުންނަށް އެ ނުތަނަވަސްކަން ބޮޑުވެ، ގޭސްވުމާއި، ބޮލުގައި ރިއްސުމާއި، ބަނޑުގައި ރިއްސުމާއި، އަދި ޑައަރިއާ ފަދަ ކަންކަން ވެސް ކުރިމަތިވެ އެވެ. މީގެ ސަބަބުން ލެކްޓޯސް އިންޓޮލަރެންޓް މައްސަލަތައް ދިމާވެދާނެ އެވެ.

ގިނަ މީހުން ލެކްޓޯސް އިންޓޮލަރެންޓް ތަހައްމަލް ކުރަމުންދޭ:
ތިބާއަކީ އައިސްކްރީމް ދެކެ ލޯބިވާ މީހެއް ނަމަ މިއީ ތިބާ އަށް ގޯސް ހަބަރެކެވެ: ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 75 ޕަސެންޓް މީހުންގެ ސަބަބުން ލެކްޓޯސް ވަކި ހިސާބަކުން ފަޅާލުމުގެ ގާބިލްކަން ގެއްލެ އެވެ. މާނައަކީ ގުދުރަތީ ގޮތުން ގިނަ ބަޔަކު ޒަމާނާ އެކު ލެކްޓޯސް އިންޓޮލަރެންޓަކަށް ބަދަލުވެގެން ދެއެވެ. އެމެރިކާގައި މި ހާލަތުގެ އަސަރު 30 މިލިއަނެއްހާ ބޮޑެތި މީހުންނަށް 20 އަހަރު ވުމުން ކޮންމެވެސް މިންވަރަކަށް ކުރާ ކަމަށް ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް) އިން ބުނެ އެވެ.

advertisement

ތުއްތު ކުދިންވެސް ލެކްޓޯސް އިންޓޮލަރެންޓުގެ މައްސަލަ ޖެހިދާނެ:
ބައެއް ހާލަތްތަކުގައި ތުއްތު ކުދިން އުފަންވަނީ ލެކްޓޯސް އިންޓޮލަރެންޓްގެ ތެރޭގައެވެ. މިކަން ދިމާވަނީ ތުއްތު ކުދިންގެ ގައިގައި އެލްސީޓީ ޖީންމިއުޓޭޝަން ހުންނައިރު އެވެ. އާންމު ގޮތެއްގައި މި ޖީން މިއުޓޭޝަން އެ މުހިންމު އެންޒައިމް ހެދުމަށް އިރުޝާދު ދޭ ކަމަށް އެންއައިއެޗް އިން ބުނެ އެވެ. އޭގެ ސަބަބުން ތުއްތު ދަރިފުޅުގެ ކުޑަ ގޮހޮރު ނުވަތަ ސްމޯލް އިންޓެސްޓައިން އިން ލެކްޓޯސް އުފައްދާ މިންވަރު މަދުވެދާނެ އެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް ޑައިބެޓީސް އެންޑް ޑައިޖެސްޓިވް އެންޑް ކިޑްނީ ޑިޒީޒް (އެންއައިޑީކޭޑީ) އިން ބުނާ ގޮތުގައި ކުޑަކުދިންނަށް މައިންބަފައިންގެ ކިބައިން ކޮންޖެނިޓަލް ލެކްޓޯސް އިންޓޮލަރެންޓް ކުރިމަތިކުރުވާ އިންޓެރިމް ޖީންތައް މެދުވެރިކުރުވައެވެ. ނަމަވެސް ކަންބޮޑުނުވާށެވެ. މިއީ ވަރަށް ނާދިރު ކަމެކެވެ.

ހާލަކުން ފަހަރެއްގައި، އާންމުކޮށް ނުޖެހޭނެ، ކުޑަކުދިންނަށް ދޭ ކިރުގައި ހިމެނޭ މިމާއްދާއަކީ އެކުދިންގެ ހައިކަން ފިލުވާ މާއްދާވެސްމެ އެވެ. ކިރު ނުލިބުމުން ކުދިން ހައިވެ، ބަލިވެ ނިކަމެތިވަނި ލަކޯސްޓޭ ނުލިބޭތީ، މި ނުލިބިއްޖެނަމަ ކުދިން ސްޓާވްކުރާނެ އެވެ. އަދި ކިރު ނުލިބިއްޖެނަމަ ނިއުޓްރިޝަންސް ނުހުންނާނެ. އެހެންވެ ކުދިންނަށް ކިރު ދޭންޖެހެނީ އެވެ.

ބައެއް ނަސްލުތަކުގެ މީހުން އެހެން ނަސްލުތަކަށްވުރެ ބޮޑަށް އެ ނަސްލުތައް ކުރިއެރުވުމުގެ ފުރުސަތު ބޮޑު:
ލެކްޓޯޒް އިންޓޮލަރެންޓް އެންމެ އާންމު ވަނީ އިރުމަތީ އޭޝިޔާގެ ނަސްލުތަކުގެ މީހުންގެ މެދުގައި ކަމަށާއި، ބައެއް މުޖުތަމައުތަކުގައި 90 ޕަސެންޓަށް ވުރެ ގިނަ ބޮޑެތި މީހުންނަށް އޭގެ އަސަރު ކުރާ ކަމަށް އެންއައިއެޗް އިން ބުނެ އެވެ. ޔަހޫދީ، އަރަބި، ހުޅަނގު އެފްރިކާ، ގްރީކް އަދި އިޓާލިއަން ދަރިކޮޅުގެ މީހުންގެ ތެރޭގައިވެސް މި ބަލި ވަރަށް އާންމެވެ. ފްލިޕް ސައިޑްގައި، އުތުރު ޔޫރަޕްގެ ކާބަފައިން ގިނަ ފަހަރަށް ކެއުމުގައި ނުހުންނަ ގިނަ އަދަދަކަށް ކިރު ކައި އުޅޭ މީހުންނަށް މި ޑިސްއޯޑާގެ ރޭޓް އުޅެނީ އެންމެ ފަސް ޕަސެންޓްގަ އެވެ.

ލެކްޓޯޒް އިންޓޮލަރެންޓުގެ ސަބަބުން އެންމެންނަށް އެއްގޮތަކުން އަސަރެއް ނުކުރޭ:
މީހުން ލެކްޓޯޒް އިންޓޮލަރެންޓް ވެދާނެ ކަމަށާއި އަދިވެސް ޑެއިރީ ޕްރޮޑަކްޓްތައް ކެއުމުގައި އާދަޔާ ހިލާފަށް ތަފާތު ރިއެކްޝަންތައް ހުންނަ ކަމަށް ގޭންސް އިން ބުނެ އެވެ. ލެކްޓޯޒްގެ ސަބަބުން ބައެއް މީހުންގެ ގައިގައި ބޮޑެތި އަލާމާތްތައް ހުރެދާނެ އެވެ. އެގޮތުން ޑައިރިއާ އާއި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެންނަން ހުރެ އެވެ. އަނެއްބައި މީހުންނަށް ގޭސް ފަދަ އާދައިގެ ރިއެކްޝަނެއް ނޫނީ ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެކެވެ. އެކި މީހުންގެ ގައިން ފެންނަ އަލާމާތްތައް މިހާ ބޮޑަށް ތަފާތުވަނީ ކީއްވެގެންކަން އަދި ސާފުނުވި ނަމަވެސް މިއީ ވަކި މީހެއްގެ ގަޓް ބެކްޓީރިއާ އާ ގުޅުމެއް ހުރި ކަމަކަށް ވެދާނެ އެވެ.

ޑެއިރީ ޑައުންޑައުން ވުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަލާމާތްތައް ފެންނަން ފަށާނެ:
އެންއައިއެޗް އިން ބުނާ ގޮތުގައި ލެކްޓޯޒް އިންޓޮލަރެންސް ހުންނަ މީހުންގެ ގައިގައި ޑެއިރީ ބޭނުން ކުރުމަށްފަހު، 30 މިނިޓާއި ދެ ގަޑިއިރާއި ދެމެދު، ގޭސްވުމާއި، ކްރެމްޕިން ވުމާއި ޑައިރިއާވުން ފަދަ އަލާމާތްތަށް ފެންނަން ފަށައެވެ. އަދި ކިރުގެ ބާވަތްތައް ބޭނުންކުރާ މިންވަރު އިތުރުވެ، ތިބާއަށް އިހުސާސްކުރެވޭ މިންވަރު ވެސް ބޮޑެވެ.

ބައެއް ވައްތަރުގެ ޗީޒް އާއި ޔޯގަޓް ކެއުމުން ވެސް ވެދާނެ:
ހަމައެކަނި ލެކްޓޯޒް އިންޓޮލަރެންޓް ކަމަށް ވާތީ އޭގެ މާނައަކީ ހުރިހާ ވައްތަރެއްގެ ޑެއިރީއަށް އޮޓޮމެޓިކުން ސައޮނާރާ ބުނަން ޖެހޭނެއެކޭ ނޫނެވެ. ބައެއް މީހުންނަށް އެއްގޮތަކަށް ވެސް ހަޖަމު ނުކުރެވޭއިރު، އަނެއް ބައި މީހުންނަށް ޔޯގަޓްގައި އެއްވެސް އުނދަގުލެއް ނެތް ކަމަށް ފެނިދާނެ އެވެ. އޭގައި ފެމިނޭޓެޑް މިލްކް، ނުވަތަ ދުވަސްވީ ހާޑް ޗީޒް، ޕާމިސަން އަދި ޗެޑާ ފަދަ ޗީޒް ހިމެނެ އެވެ. “ގިނަ ދުވަސްވީ ޗީޒްގައި ލެކްޓޯސްގެ ޓްރޭސް އެމައުންޓްސް ހުންނާނެ އެވެ.” ގޭންސް ހާމަކުރާ ގޮތުގައި އޭގެ ސަބަބުން ބައެއް މީހުންނަށް ހަޖަމު ކުރަން ފަސޭހަވެ އެވެ.

އެންއައިޑީކޭޑީއިން ބުނާ ގޮތުގައި ދިރާސާތަކުން ދައްކާ ގޮތުގައި އާންމު ގޮތެއްގައި ލެކްޓޯޒް އެބްޒޯބް ކުރުމުގައި މައްސަލަ ހުންނަ ބޮޑެތި މީހުންނާއި ފުރާވަރު އުމުރުގެ މީހުންނަށް އޭގެ ތެރެއިން މަދުވެގެން 12 ގްރާމުގެ އެއްޗެއް ކާލައިގެން ނުވަތަ ބުއިމުގެ ގާބިލްކަން ލިބެނީ އެއްވެސް މައްސަލައެއް ނެތް އެއް ޖަލްސާއެއްގައި އެވެ. އެ ނަޒަރިއްޔާއަށް ނަޒަރު ހިންގާލާއިރު، ލޯ-ފެޓް ހާޑް ޗީޒްގެ 1.5 އޮޒްގައި 1 ގްރާމަށްވުރެ މަދު ލެކްޓޯޒް އެކުލެވިގެންވާއިރު، 1 ތަށި ލޯ-ފެޓް މިލްކްގައި ގާތްގަނޑަކަށް 11 އާއި 13 ގްރާމްލެކްޓޯޒް ހުރެއެވެ.

އެކަމަކު ޑެއިރީ ބޭނުން ނުކޮށް ހުއްޓާލުމުން ވިޓަމިން ޑީ އާއި ކެލްސިއަމް ދަށްވުން އެކަށިގެންވޭ:
ޑެއިރީ ބޭނުން ކުރުން ދޫކޮށްލުމުން ދިމާވާނެ ގެއްލުންތަކަކީ ކަށްޓަށް ބޭނުންވާ ކެލްސިއަމް ނުލިބުމާއި ވިޓަމިންޑީ ނުލިބުމެވެ. ކިރުހިމެނޭ ބާވަތްތައް މިސާލަކަށް ޔޯގަޓް ކަހަލަ ތަކެތި ބޭނުންކުރުމުގައި ދަތިކަމެއް ހުންނަނަމަ ޑޮކްޓަރަކާ މަޝްވަރާ ކުރުން މުހިންމެވެ. އަދި ލެކްޓޯސް ނުހިމެނޭ ބާވަތްތައް މިސާލަކަށް ސްޕިނަޗް ސާޑިންސް، ޕިންޓޯ ބީންސް، ބްރޮކޮލީ ކަހަލަ ތަކެތި ބޭނުން ކުރުމުން ފައިދާ ލިބޭނެ އެވެ.

އަމިއްލަ ކެތްތެރިކަމާއި ކުރިމަތިލުން އިތުރު ކުރަން ޖެހޭ:
ނުރައްކަލުގެ އިހުސާސްވާނަމަ ފަރުވާކުޑަ ނުކޮށް ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހިމެނޭ ބާވަތްތަކުން ޓެސްޓުކޮށް ނަތީޖާ ހޯދާށެވެ. މިކަމަށް ކެތްތެރިވުމަކީ މުހިންމު ކަމެކެވެ.

މިސާލަކަށް ކޮންމެ ދުވަހަކުވެސް ކުޑަމިންވަރަކަށް ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައިހާ ވަރުގެ ކިރު ބޭނުންކުރުމުން ހަޖަމުކުރުމުގެ ނިޒާމު އެއަށް އާދަކުރުމަށް ފަސޭހަވެގެންދާނެ އެވެ.

ރިއެކްޝަންސް
0
0
2
1
0
0
0