މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

28 އެޕްރީލް 2022 - 17:57

ރައީސުލްޖުމްހޫރިއްޔާ، ޤައުމީ ޓީޓީ ޓީމާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، “ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022″ގައި ބައިވެރިވާ ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން އަދި ފިރިހެން ޓީމާއި ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި

ޓީޓީ އަކީ ރާއްޖޭގައި އިތުރަށް ކުރިއެރުވިދާނެ ކުޅިވަރެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޓީޓީ ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައި.

advertisement

ޢީދު ހަރަކާތްތަކަށް ރައީސްގެ ދެކަނބަލުން މާފުުއްޓަށް ވަޑައިގަންނަވަނީ

ފިޠުރު ޢީދު ފާހަގަކުރުމަށް ކ. މާފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އަނބިކަނބަލުން ފަޒްނާ އަޙްމަދު މާފުއްޓަށް ވަޑައިގަންނަވަނީ

މާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢީދުގެ ހަރަކާތްތަކުގެ ތެރޭގައި ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުމާއި، އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ހެނދުނުގެ ސައިގެ އިތުރުން އެދުވަހު ހެނދުނު ބިރާގަން ސްޕޯޓްސް ކްލަބްގެ ފަރާތުން އާއްމުންނަށް ހުޅުވާލައިގެން ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި.

ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިގޮތް ފުލުހުން ބަލަނީ

ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ހަރަކާތެއް މެރިން ޕޮލިހުން ފަށައިފި

ފުލުހުން ވިދާޅުވީ، އޭޕްރީލް 26 ން ފެށިގެން މެއި 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތަކީ ފިތުރު ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތެރެއަށް ކަނޑުމަގުން ދަތުރުކުރާއިރު، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެގޮތުން މެރިން ޕޮލިސްގެ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި މެރިން އެންފޯސްމަންޓް އެންޑް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެ

ޓެކްނޮލޮޖީ މިނިސްޓްރީގެ 169 މިލިއަން ރުފިޔާގެ ހަރުމުދަލުގެ ސައްޙަކަން ކަށަވަރުކުރެވެން ނެތް: އޮޑިޓް ރިޕޯޓު

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން 169 މިލިއަން ރުފިޔާގެ ހަރުމުދަލުގެ ސައްޙަކަން ކަށަވަރުކޮށްފައި ނުވާކަމަށް 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފި

އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ސޮއިކުރައްވާ ނެރުއްވާފައިވާ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ 2020 ވަނަ އަހަރުގެ މާލީ ރިޕޯޓްގައި ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ އެން.ސީ.އައި.ޓީން ހޯދަފައިވާ ގިނަ އަދަދެއްގެ މައިކްރޯ ސޮފްޓް ލައިސެންސްތައް ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައި ނުވާކަމަށް ބުނެފައި.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް ބީއެމްއެލުން އެހީ ވަނީ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލުން ނިންމައިފި.

މި އެހީގެ ދަށުން އަލަށް ކުޑަކުދިންގެ ވޯޑެއް ގާއިމްކުރުމާއި، މަރުކަޒުގެ ބަދިގެ ތަރައްގީކޮށް ޒަމާނީ ކުރުމާއި، މިތަނުގައި ގާއިމްކޮށްފައިވާ ލައިބްރަރީ އިތުރަށް ފުރިހަމަ ކުރުމުގެ އިތުރުން މުވައްޒަފުން ބޭނުންކުރާނެ ހާއްސަ ތަނެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައި.

ރިއެކްޝަންސް
0
0
0
0
0
0
0