ހަމަ ހަގީގަތުގައި މައިންބަފައިންގެ ވެސް ފެވަރިޓް ކުއްޖެއް ހުރޭތަ؟

30 އެޕްރީލް 2022 - 13:15

ތިބާއަކީ ގިނަ ބެލެނިވެރިން ފަދައިން އުޅޭ މީހެއް ނަމަ، ތިބާގެ ދަރިންގެ ތެރެއިން ތިބާގެ އެންމެ ފޭވަރިޓް މީހަކީ ކާކުތޯ މީހަކު ސުވާލުކޮށްފިނަމަ، ތިބާ ޖަވާބު ދޭނީ ވަކި ކުއްޖެއް ނެތް ކަމަށް ބުނެހެއްޔެވެ.

މި ޖަވާބަކީ މުޅިން ސައްހަ ޖަވާބަކަށް ނުވެދާނެ އެވެ. އެކަން ފުރިހަމައަށް ދެނެނުގަނެވޭ ނަމަވެސް، ދިރާސާތަކުން އެނގެނީ ހަގީގަތުގައި ވެސް ފެވަރިޓު ދަރިއަކު ހުރުމުގެ ފުރުސަތު ބޮޑު ކަމެވެ.

advertisement

ފެމިލީ ސައިކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ އެއް ދިރާސާއިން ދައްކާގޮތުގައި މައިންގެ 74 ޕަސެންޓު އަދި 70 ބައްޕައިން އެއް ކުއްޖަކާމެދު ހާއްސަ ޓްރީޓްމެންޓު ދޭ ކަމަށް ރިޕޯޓުކުރެ އެވެ. އަދި މި ދިރާސާގައި ބެލެނިވެރިން އެންމެ އިސްކަންދިން ދަރިފުޅަކީ ކޮބައިކަން ފާހަގަ ނުކުރެވުނު ކަމުގައި ވިޔަސް، އެއްބަނޑު އެއްބަފާ ކުދިން ގިނަ ފަހަރަށް ރިޕޯޓު ކުރެވޭނީ ބެލެނިވެރިޔާގެ އެންމެ ފޭވަރިޓް ދަރިފުޅަކީ ކޮބައިކަން އިހުސާސް ކުރެވޭތީ އެވެ.

ހަގީގަތުގައި ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ދަރިންގެ މެދުގައި ތަފާތުކުރުން ގެންގުޅެ، ހަމަހަމަ އުސޫލަކުން އަމަލު ނުކުރުމަކީ ބެލެނިވެރިން ވެސް ކަންބޮޑުވާ ކަމެކެވެ. ހާއްސަކޮށް ދަރިންނާމެދު ތަފާތުކުރުން ގެންގުޅެވޭ ކަމުގެ ކަންބޮޑުވުން އޮތް ނަމަ، ތިބާގެ ހުރިހާ ދަރިންނަށް ވެސް އެއް ލޯތްބާއި، އިހުސާންތެރިކަމާއި، ދީލަތިކަމާއިއެކު މުއާމަލާތު ކުރެވޭތޯ ބެލުމަކީ ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ތިބާގެ އިހުސާސްތައް ހޯދާ ބަލާށެވެ:

ކޮންމެ ކުއްޖަކާ މެދު ވެސް ތިބާގެ އިހުސާސްތައް ބެލުމަކީ މުހިންމު ކަމެކެވެ.

މި ސެލްފް އެގްޒަމިނޭޝަންގެ ސަބަބުން ދަރިން ތަރުބިއްޔަތު ކުރުން ރަނގަޅުވެ، ދުޅަހެޔޮ އާއިލީ މާހައުލަކަށް ވެސް މަގުފަހިވެ އެވެ.

ތިބާގެ ކޮންމެ ދަރިއަކާއިމެދު ތިބާ އަށް އިހުސާސްކުރެވެނީ ކިހިނެއްތޯ ބެލުމަކީ ތިބާގެ އަމިއްލަ ނަފްސާއިމެދު ތިބާގެ ހިޔާލާއި އިހުސާސްތައް އޮޅުންފިލުވައިދޭނެ ކަމެކެވެ. ކޮންމެ ކުއްޖަކަށް ވެސް ޖަވާބު ދޭ ގޮތާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ދެނެގަތުމަށް އެހީތެރިވެދޭނީ ކީއްވެގެންކަން ދެނެގަތުމަށް މިކަމުގެ ސަބަބުން ފަސޭހަވެގެންދެ އެވެ. މީގެ އިތުރުން، އަމިއްލަ ދުނިޔެއާ މެދު މިހާރަށް ވުރެ ފުންކޮށް ވިސްނާލުމުން، ތިބާ ކުރާ ކަމެއް ކުރަނީ ކީއްވެގެންކަން ދެނެގަތުމަށް އެހީތެރިވެދޭނެ އެވެ.

އިހުސާސްތަކަކީ ވަގުތީ ކަމަކަށް ވެދާނެ:
ކޮންމެ ރިލޭޝަންޝިޕެއް ވެސް ސީޒަނެއްގެ ތެރޭގައި ހިނގަ އެވެ. އެހެންވެ ވަކި އިރެއްގައި އެއް ކުއްޖަކު އިހްތިޔާރު ކުރެވޭއިރު، މިއީ ބަދަލުވުން ގާތް ކަމެކެވެ.

ނަތީޖާއެއްގެ ގޮތުން، ތިބާގެ ތުއްތު ދަރިފުޅާއި އޮތް ގުޅުމަށް ސްޓަރަގްލް ކުރަމުންދިޔަ ނަމަވެސް ތިބާގެ އެހެން ކުއްޖަކާއެކު އުފަލުގައި ނޫޅެވޭ ކަމުގެ އިހުސާސް ކުރެވިދާނެ އެވެ. ނަމަވެސް ތިބާ އަށް މިހާރު ކުރިމަތިވެފައިވާ މި ނުތަނަވަސްކަމަކީ ހަމައެކަނި ވަގުތީ ކަމަކަށް ވުން ގާތްކަން ދެނެގަންނަން ޖެހެއެވެ.

ތަފާތު ކުރުންތަކާ ދުރުވުން:
ކޮންމެ ކުއްޖަކަށްވެސް އެނގެން ޖެހޭނެ، އެކުއްޖެއްގެ ކިބައިގައި އެކުއްޖަކަށް ހާއްސަ، ސިފަތަކެއް ހުންނާނެކަމެވެ. އެކަމަކު ދަރިންނާ އަޅާކިޔައިފިނަމަ އެ ކުއްޖެއްގެ ކިބައިގައިވާ ހާއްސަ ސިފަ މަތިން ހަނދާން ނެތޭނެ އެވެ. ހަމައެކަނި އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ކުރިމަތީގައި ތައުރީފުކުރުމަކީވެސް އެކުދިން މިނެކިރާތޯ ސުވާލުއުފެދޭ ކަމެކެވެ.

އަދި ގިނަ ފަހަރަށް “އެ ކުއްޖާގެ ކޮޓަރިއަކީ ކިހާ ސާފު ކޮޓަރިއެއްތޯ ބަލާށޭ، މިގޮތަށް ކަލޭގެ ކޮޓަރިވެސް ބެހެއްޓެނެ ނޫންހޭ” ފަދަ ކޮމްޕެރިޒަންތައް ހަދާ ނަމަ ދެ ކުދިންގެ މެދުގައި އަޅާ ބަލާއިރު ގިނަ ފަހަރަށް ބެކްފަޔާ ކޮށް،”ގޯލްޑަން ޗައިލްޑް” އާ އަޅާ ބަލާއިރު ކުއްޖާ އަށް ލިބޭ ގެއްލުން ތަކުގެ ސަބަބުން ހަމައެކަނި ގޮތް ދޫވެ، އިތުރަށް ޓްރައި ކުރަން ދެކޮޅު ހަދަ އެވެ.

ކަންކަން އިންސާފުވެރި ކޮށްދެމާ:
ހަމަހަމަކަން ނުދައްކާކަން ކަށަވަރު ކުރަން އެންމެ ފަސޭހަ އެއް ގޮތަކީ ކަންކަން އިންސާފުވެރި ކޮށް ދޭތޯ ބެލުމެވެ. އެހެން އބާރާތަކުން ބުނާނަމަ، ބަންދު ދުވަސްތަކުގައި، ކޮންމެ ކުއްޖަކަށްވެސް ދޭން ބޭނުންވާ ހަދިޔާގެ އަދަދާއި، ކޮންމެ ކުއްޖަކަށް ވެސް ގާތްގަނޑަކަށް އެއްވަރަކަށް ފައިސާ ހަރަދުކޮށްފައި ވޭތޯ ބަލާށެވެ. ބައެއް ހަދިޔާތައް އެއްކޮށް ފޮތިފޮތިކުރަން ޖެހުނު ނަމަވެސް އެއް ކުއްޖަކު އަނެއް ކުއްޖަކަށް ވުރެ ގިނަ ހަދިޔާ ނުދިނުމަކީ މުހިންމު ކަމެކެވެ.

ހެޔޮ ބަހެއް ބުނެލުން:
ކޮންމެ ކުއްޖަކާ ވެސް އޮންނަ ގުޅުމަކީ އެހެން ގުޅުންތަކެކޭ އެއްފަދައިން އޮންނަ ގުޅުމެއްކަން ހަނދާން ކުރަން ޖެހެ އެވެ. ކޮންމެ ކުއްޖެއްގެ ކިބައިގައި ހުންނަ ވަކި ހާއްސަ ސިފަތަކެއްގެ އަގު ވަޒަންކުރުމަކީ އާދައިގެ ކަމަކަށްވާއިރު، ކޮންމެ ކުއްޖަކަށްވެސް އެއްވެސް ޝަރުތެއްނެތި ލޯތްބާއި އެހީތެރިކަން، ނިމުމެއްނެތް ގޮތަށް ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ދަރީންނަށް ދޭންވާ އަޅާލުމާއި ތައުރީފުގެ ބަސްތައް ދިނުމުން ތަފާތުކުރާ ކަމަށް ހީވާ ހީވުންތައް މަދުވެގެން ދާނެ އެވެ.

ރިއެކްޝަންސް
0
1
0
5
1
1
0