މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

30 އެޕްރީލް 2022 - 16:24

ފުރަތަމަ ކުއާޓަރގައި ބީއެމްއެލްއަށް 554 މިލިއަން ރުފިޔާގެ ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސްގެ މާލީ ހިސާބުތައް ދައްކާގޮތުން، ފުރަތަމަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ނިމިގެން ދިޔަ ކުއާޓަރއާ އަޅާބަލާއިރު %10ގެ ކުރިއެރުމެއް.

ފުރަތަމަ ކުއާޓަރގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ވަނީ ބޭންކަށް ލިބިފައެވެ. މިއީ މިދިއަހަރުގެ ހަތަރުވަނަ ކުއާޓަރއާ އަޅާބަލާއިރު %18 އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއަށްވުރެ %55 އިތުރު އަދަދެއް.

advertisement

މެދުއިރުމަތީގެ ޤައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރަނީ

މެދުއިރުމަތީގެ ޤައުމުތަކުގައި މަޝްހޫރު ހަޔާ މެގަޒިންއާ ގުޅިގެން އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރަން ކެމްޕެއިނެއް ފަށައިފި.

މި ކެމްޕެއިންގެ ދަށުން ހަޔާ މެގަޒިންއިން އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ. އެގޮތުން ރާއްޖެއަށް ޚާއްސަ މައިކްރޯސައިޓެއް ހަދާ 3 މަސް ދުވަހު ލައިވް ކުރާނެ. އަދި އިން ހައުސް ބެނާ އާއި ތަފާތު ކޮންޓެންޓު ހަޔާ މެގަޒިންއިން އުފައްދާނެ. މީގެއިތުރުން ހަޔާ މެގަޒިނުން ރާއްޖެއާ ބެހޭ 15 ލިޔުމެއް ޝާއިރުކުރާނެ.

މިދިޔަ އަހަރު އެމްޓީސީސީގެ ފައިދާ %21 އިތުރު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ %21 އިތުރުކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި.

މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައި. މިއީ އެމްޓީސީސީގެ 41 އަހަރުގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ.

އަހަރުގެ ފުރަތަމަ ކުއާޓަރގައި އެސްޓީއޯގެ ފައިދާ 4 ބިލިއަނުގައި

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބިއްޖެ.އެސްޓީއޯއިން ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެ ކުންފުނީގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއެކު، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 14 އިންސައްތަ އިތުރުވެފައިވުން.

މަސްތުވާތަކެއްޗާއި ބައި ލައްކަ ރުފިޔާއާއެކު ހިޔާ ފްލެޓުން ފަސް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ހިޔާ ފްލެޓެއް ބަލައި ފާސްކުރުމުން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނުނު މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފި.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 26 އަހަރާއި ދެމެދުގެ މީހުން. އެމީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، މަސްތުވާތަކެތިި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތު.

ރިއެކްޝަންސް
0
0
0
0
0
0
0