ހަނުހުރުން، ސިއްރުކުރުން، ލަދުވެތިކަން: ގެވެށި އަނިޔާއަށް މަގުފަހިނުކޮށްދީ!

3 މެއި 2022 - 16:46

ސޯޝަލް  މީޑިއާ ބަލާލިއަސް، ޓީވީ ހުޅުވާލިއަސް ގެވެށި އަނިޔާގެ ވާހަކައެއް ނީވޭ ދުވަހެއް ނުދެއެވެ. މިފަދަ މައްސަލަތައް މިއަދު މުޖްތަމައުގައި ހުރީ ކަންބޮޑުވާންޖެހޭ މިންވަރަށްވުރެވެސް އިތުރުވެފައެވެ.

ގެވެށި އަނިޔާ ލިބިފައި ނުލިބޭނެ މީހަކު މިއަދު ބުނާކަށް ނޭންގެއެވެ. އެންމެ ގާތްމީހުންނާއި އާއިލާއާއި، ޓީޗަރުންނާއި، ދަންނަ މީހުންނާއި ދެކެފަރިތަ މީހުންނާއި އަވަށްޓެރިންގެ ފުށުންވެސް މިފަދަ ކަންކަން މިހާރު ވަނީ އާންމުވެފައެވެ. މަސައްކަތްކުރާ މާހައުލުންވެސް ގެވެށި އަނިޔާގެ މައްސަލަތައް ދިމާވާ މިންވަރު އިތުރެވެ.

advertisement

ގެވެށި އަނިޔާގެ ވާހަކަތައް ދައްކަން ގިނަ މީހުން ފަސްޖެހެއެވެ. މިކަންކަން ގިނަ ދުވަސްތަކެެއް ވަންދެން ސިއްރުކޮށްފައިވެސް އޮވެއެވެ. ސަބަބަކީ އެވާހަކަ ދައްކައިފިނަމަ އެމީހަކާއިމެދު މީހުން ދެކޭގޮތް ބަދަލުވެދާނެތީ ލަދުންނެވެ. ނަމަވެސް މިފަދަ ވާހަކަަތައް ނުދައްކާ ހުރުމުން އެކަން ކުރާ މީހާއަށް އެ ލިބެނީ އިތުރު ހިތްވަރެކެވެ. އެހެންކަމުން ގެވެށި އަނިޔާ ތިމާއާއި ހިސާބުން ހުއްޓުވުމަށް ފަރުދީ ޒިންމާ ގަނާ ފަސްނުޖެހި އެވާހަކަތައް ދައްކާށެވެ.

މަސައްކަތުގެ މާހައުލުގައިވެސް ގެވެށި އަނިޔާގެ މައްސަލަތައް ގިނައެވެ. އާއިލާގެ ތެރޭގައިވެސް މިފަދަ މައްސަލަތައް ގިނަކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އާންމުކޮށް މިފަދަ ވާހަކަތައް ދައްކަން ފަސްޖެހޭ އެހެން ސަބަބަކީ އެމީހާ ދައްކާ ވާހަކަތައް އެހެންމީހުން ގަބޫލުނުކޮށްފާނެތީއެވެ.

ނަމަވެސް ފަސްނުޖެހި މިވާހަކަތައް ދައްކަންވީއެވެ. ތިމާ އިސްނަގައިފިނަމަ މިކަން ދިމާވެފައިވާ އެހެން މީހުންވެސް އިސްނަގައި މިވާހަކަތައް ދައްކާނެއެވެ.

ރިއެކްޝަންސް
1
1
0
1
0
0
0