ޑްރަގް ބޭފުޅުންނޭ ވިދާޅުވުމުން ހެލްތް މިނިސްޓަރ ހޫނުފެނަށް

4 މެއި 2022 - 10:30

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރ ނޭޝަނަލް ޑްރަގް އެޖެންސީ އޮފް މޯލްޑިވްސްއަށް ނިސްބަތްކޮށް “ޑްރަގް ބޭފުޅުން” ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.  މިކަމާއި ގުޅޭގޮތުން ސޯސަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މިނިސްޓަރ ނަސީމަށް ފާޑުކިޔަމުންނެވެ.

ނޭޝަނަލް ޑްރަގް އެޖެންސީގެ ޕެޓިޝަނާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދަޅުވީ، މި ޕެޓިޝަނާއި ގުޅޭގޮތުން ޑްރަގް ބޭފުޅުން ގެނެސްގެން އޮފީހުގައި ވާހަކަދައްކާފައިވާކަމަށެވެ. އަދި އެއްގޮތަކަށްވެސް އެބޭފުޅުންނާއި ވާހަކަދެއްކޭގޮތް ވެފައިނުވާކަމަށް މިނިސްޓަރ ނަސީމް ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅިވެފައެވެ.

“މި ފެޓިޝަންގެ މުއާލާތް ގާތްގަނޑަކަށް ކެނޑިފައި މިއޮތީ. އޭގެފަހުން ކިތަންމެ ކަންތައްތަކެެއް ހިނގައިފި. އެހެންވީމަ އައު ޕެޓިޝަނެެއް ތައްޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އަޅުގަނޑަށް ފެންނަނީ. އަޅުގަނޑު ޑްރަގް ބޭފުޅުން ގެނެސްގެން އޮފީހުގައި ވާހަކަދައްކައިފިން. އެއްގޮތަކަށްވެސް ވާހަކަދެއްކޭ ގޮތް ނުވެގެން އަޅުގަނޑު ހުއްޓާލީ.” ނަސީމް ވިދާޅުވިއެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް މީހަކު ޓްވިޓަރގައި ބުނެފައިވަނީ އެންޖީއޯއަކާއި މުހާތަބުކޮށް ޑްރަގް ބޭފުޅުންނޭ ވިދާޅުވުމަކީ ބަލައިގަނެވޭނެކަމެއްނޫންކަމަށާއި، ޑްރަގް ބޭފުޅުންނަކީ ކޮބައިތޯ ވަނީ ސުވާޅުއުފައްދާފައެވެ. ޑްރަގް ބޭފުޅުން ގެނެސްގެން އޮފީހުގައި ވާހަކަދައްކާފައިވާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވެފައިވާތީ ޓްވިޓަރގައި މީހަކު ބުނެފައިވަނީ މިކަމާއި ގުޅިގެން މިނިސްޓަރ ނަސީމް އެންޖީއޯތަކާއި ބައްދަލުކޮށްފައި ނުވާކަމަށެވެ.

ރިއެކްޝަންސް
0
0
2
1
0
0
1