ޑިޕްރެޝަންގެ އަލާމާތްތައް ދެނެގަތުން – އަދި އެއަލާމާތްތަކާ މެދު އަމަލު ކުރަންވީ ގޮތް

4 މެއި 2022 - 14:04

ޑިޕްރެޝަންއަކީ ނުވަތަ މާޔޫސްވާ ބައްޔަކީ ކަންކަން ކުރުމުގެ މޫޑު ނެތުމާ، ތިމާގެ ވިސްނުމާ ފިކުރާ އިޙްސާސްތަކާ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމެކެވެ. މިބަލީގައި ދެރަވުމާ، މާޔޫސްކަމާ، ހާސްވެ ކަންބޮޑުވުމާ، ހުސްކަން އިޙްސާސްވުން ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ނަފްސުގެ އަގު ނެތްކަމުގެ އިޙްސާސްކުރެވުމާ ކުށްވެރިއެއްކަމުގެ އިޙްސާސްކުރެވުން ބުނެދޭން ނޭނގޭފަދަ އިޙްސާސްތައް ކުރެވުން ހިމެނެއެވެ.

ޑިޕްރެޝަންގައި އުޅޭ މީހެއްގެ ކިބައިން ގިނަ އަލާމާތްތަކެއް ފެނިދާނެއެވެ. ޑިޕްރެޝަން ހުންނަ 2 މީހެއްގެ ކިބައިން އެއް އަލާމާތްތަކެއް ނުފެނިދާނެއެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. މި އާޓިކަލްގައި މި ހިމަނާލަނީ ޑިޕްރެޝަން ހުންނަ މީހެއްގެ ކިބައިން ފެނިދާނެ ބައެއް ފިޒިކަލް އަލާމާތްތަކެވެ.

advertisement

ގައިގައި ވަރުނެތުން: މިއީ ޑިޕްރެޝަން ހުންނަ މީހުންގެ ކިބައިން އެންމެ އާންމުކޮށް ފެންނަ އެއް އަލާމާތެވެ. 18 އަހަރުން މަތީގެ ޑިޕްރެޝަން ހުންނަ %7 މީހުންގެ މި އަލާމާތް ފެނެއެވެ.

ގައިގައި ރިިއްސުން: ގައިގައި ރިއްސުމަކީ ޑިޕްރެޝަންގެ ފިޒިކަލް އަލާމާތެކެވެ. ގައިގައި ރިއްސާ %85 މީހުންގެ ކޮންމެވެސް ބާވަތެއްގެ ޑިޕްރެޝަންއެއް ހުންނަކަމަށް ދިރާސާއިން ދައްކައެވެ.

ކެއުމަށް ބަދަލުއައުން: ޑިޕްރެޝަން ހުންނަ މީހުންނަށް އާންމު ގޮތެއްގައި ކެއުމަށް ބަދަލު އާދެއެވެ. ބައެއް މީހުން މާގިނައިން ކައެވެ. ނަމަވެސް އަނެއްބައި މީހުން ޑިޕްރެޝަންއަށް ދިއުމުން އެއްގޮތަކަށްވެސް ނުކެވޭ ނުވަތަ ކާހިތްނުވާ ފަހަރު އާދެއެވެ.

ކަންކަން ކުރުން ލަސްވުން: އާންމުކޮށް އޭނާ ކުރާ ކަންކަން ކުރުން ލަސްވާނަމަ މިއީވެސް ޑިޕްރެޝަންގެ ފިޒިކަލް އަލާމާތެކެވެ. މިސާލަކަށް ކުރިން ވަރަށް އަވަހަށް ވާހަކަދައްކާ އުޅޭ މީހެއް ވާހަކަދެއްކުން ލަސްވާނަަމަ އެއީ ޑިޕްރެޝަންގެ އަލާމާތަކަށް ވެދާނެކަމަށް ހޯދުންތަކުން ދައްކައެވެ.

އަމިއްލަ ނަފްސަށް އަޅާލުން ކުޑަވުން: އަމިއްލަ ނަފްސަށް އަޅާލުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އުނދަގޫވުން ނުވަތަ އެކަންކަން ކުރަން ބޭނުންނުވުމަކީވެސް މީގެތެރެއިން އަލާމާތެކެވެ. މިސާލަކަށް ބޮލުގައި ފުނާއެޅުން، ފެންވެރުން، އެއްޗެހިދޮވުން ފަދަ ކަންކަން ކުރަން ބޭނުންނުވުން ހިމެނެއެވެ.

ނިދުމަށް ބަދަލުއައުން: ޑިޕްރެޝަންގައި އުޅޭމީހުންނަށް ނިދުމުގެ މައްސަލަތައް ދިމާވެއެވެ. ބައެއް މީހުންނަށް އެއްގޮތަކަށްވެސް ނިނިދެއެވެ. އަދި އަނެއްގައި މީހުންނަށް މާގިނައިން ނިދެއެވެ.

ޑިޕްރެޝަންއަަށް ވަރަށް ގިނަ ފަރުވާ ދެވެއެވެ. ތަފާތު މީހުންނާއި ގުޅޭނީ ތަފާތު ފަރުވާއެވެ. އެކަކަށް ކަމުދާ ފަރުވާއެއް އަނެކަކަށް ކަމުނުގޮސްދާނެއެވެ. ބައެއް ފަހަރު ބަލިމީހާއަށް ފައިދާވާނީ ދެތިން ވައްތަރުގެ ފަރުވާ ތަޖުރިބާ ކޮށްގެންނެވެ.

މިބައްޔަށް ފަރުވާކުރުމުގައި ބަލި ކުރިމަތިވީ ކީއްވެގެންކަން އެނގުމާއި، ނަފްސާނީގޮތުން އައިސްފައިވާ ބަދަލުތަކަށް ސަމާލުކަން ދިނުން މުހިއްމެވެ. ފަރުވާހޯދާއިރު ވިސްނަންޖެހޭ އަނެއްކަމަކީ މިއީ ކުއްލިއަކަށް ރަނގަޅުވާނެ ބައްޔެއް ނޫންކަމާއި، އެހެން ބަލިތަކެކޭ އެއްފަދައިން ފަރުވާ އާއެކު މަޑުމަޑުން ރަނގަޅުވާނެ ބައްޔެއް ކަމެވެ.

ރިއެކްޝަންސް
4
2
4
48
2
0
1