މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

4 މެއި 2022 - 17:20

ލޮޓީފައިލްސް އަށް އިތުރު 37 މިލިއަން ޑޮލަރު

ދިވެހި ޒުވާނުން ތަކެއް ގުޅިގެން އުފައްދާފައިވާ އެނިމޭޝަންސްއަށް ޚާއްސަ ކުންފުނި ނުވަތަ ޕްލެޓްފޯމް ލޮޓީފައިލްސް އިން ދުނިޔެއަށް ނުކުމެ އިތުރު 37 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދައިފި.

ލޮޓީފައިލްސްއިން ބުނީ އެ އިންވެސްޓްމެންޓް ޚަރަދުކުރާނީ ޕްރޮޑަކްޓްގެ ރޯޑްމެޕް ފުޅާކުރުމަށާއި އިތުުރުވަމުން އަންނަ ޔޫޒަރ ބޭސް އަށް ޚިދުމަތްދިނުމަށް އެކުންފުނީގެ އޮޕަރޭޝަންސް ފުޅާކުރުމަށް ކަމަށޤ

advertisement

ދެކުނުގެ އަތޮޅުތަކަށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވާނެ

ދެކުނުގެ އަތޮޅުތަކަށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފި.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ އެލާޓް ނެރެފައިވާ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްއެއަރ އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިގަދަވުމުގެ އިތުރުން ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް.

އެއަރ އޭޝިއާގެ ޝެޑިއުލް ދަތުރުތައް އަލުން ރާއްޖެއަށް

ކޯވިޑް-19އާ ގުޅިގެން މެދުކަނޑާލުމަށްފަހު އެއަރ އޭޝިއާގެ ޝެޑިއުލް ދަތުރުތައް މެލޭޝިއާއިން ރާއްޖެއަށް އަލުން ފަށައިފި

ހަފްތާއަކު 2 ދަތުރު ބާއްވާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވި. އެއީ ހަފްތާގެ އަންގާރަ އަދި ހޮނިހިރު ދުވަހު.

ހުޅުމާލެ ފަރަށް ލިބުނު ގެއްލުމަށް އެއްލައްކައަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާއެއް

އޯޝަން ސަވެއަރ ނަމަކަށް ކިޔާ އުޅަނދެއް ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސަރވޭތަކެއް ކުރަމުން ދަނިކޮށް ފަރަށް ވަނީ ގެއްލުން ލިބިފައި.

އެހެންކަމުން ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން ވަނީ އެއްލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ބާރަ ރުފިޔާ ހަތްދިހަ ތިންލާރި، އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފަ

ގެއްލުނު ޑައިވަރު ހޯދަނިކޮށް ކަނޑު އަޑިން ޑައިވް ބެލްޓެއް ފެނިއްޖެ

ފުވައްމުލަކު ނެރާދިމާއިން ބޭރަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކަނޑު އަޑިން ޑައިވް ބެލްޓެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ.

މިބެލްޓް ފެނިފައިވަނީ އޭނާ ޑައިވަށް ދިޔަ ސަރަހައްދުގެ 68 މީޓަރު އަޑިން.

ރިއެކްޝަންސް
0
0
0
0
0
0
0