އާއިލާއަށް މާލީ ތަނަވަސްކަން ފޯރުކޮށްދިނުމަށް ފިރެހެނުންނަށް ކުރިމަތިވާ ޕްރެޝަރުގެ ވާހަކަ

5 މެއި 2022 - 15:44

އާންމުގޮތެއްގައި އާއިލާ ބެލުމުގެ ބޮޑު ޒިންމާ ހަވާލުވެފައި އޮންނަނީ ފިރެހެނުންނަށެވެ. އާއިލާގެ ޙަރަދުތައް ބެލެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއްވެސް އުފުލަންޖެހިފައި އޮންނަނީ ފިރެހެނުންނަށެވެ.

މިކަން މިހެން އޮތުމުގެ ސަބަބުން ފިރެހެނުން ކުރިމަތިލާންޖެހޭ ފައިނޭންޝިއަލް ސްޓެރެސް އިތުރުކަމަށް ދިރާސާތަކުން ދައްކައެވެ. ފައިނޭންޝިއަލް ހެލްތް އިންސްޓިޓިއުޓްއިން ބުނެފައިވަނީ ފައިނޭންޝިއަލް ސްޓްރެސްގެ ސަބަބުން ފިރެހެނުން އެންޒައިޓީއާއި، ހާސްވެ ނުތަނަވަސްވުމާއި، ބިރުގަތުން އިތުރުވާކަމަށެވެ. އާންމުގޮތެއްގައި މިކަންކަން ދިމާވަނީ އޭނާ ބަލަދުއަރާ މީހުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ހަރަދު ނުކުރެވިދާނެތީ ނުވަތަ އެވަރުގެ މާލީ ތަނަވަސްކަމެއް ނެތިދާނެތީއެވެ.

advertisement

ފިނޭންޝިއަލް ސްޓްރެސްގެ ސަބަބުން ފިރެހެނުންނަށް ނަފްސާނީ އަދި ޖިސްމާނީގޮތުން އަސަރު ކުރަނީ ކިހިނެތް؟

ހާސްބޮޑުވުމަކީ އޭގެ ސަބަބުން މީހާގެ ދުޅަހެޔޮކަމަށްވެސް ބޮޑު އަސަރެއްކުރުވާ ކަމެކެވެ. މީގެ ސަބަބުން މީހާއަށް ހާޓް އެޓޭކްޖެހުމާއި، ސްޓްރޯކް ޖެހުން އިތުރުވާކަމަށް ދިރާސާއިން ދައްކައެވެ.

ފައިނޭންޝިއަލް ސްޓެރެސްގެ ސަބަބުން މީހާއަށް ކުރާ ނަފްސާނީ އަސަރުތައް:

އާއިލާ ބެލޭނެފަދަ ތަނަވަސްކަން ނެތި ނުވަތަ އެ ބޮޑު ޒިންމާ އަދާކުރާ ފިރެހެނަކަށް ނަފްސާނީ ގޮތުން ގިނަ ކަންކަން ދިމާވެއެވެ. އޭގެތެރޭގައި އެންޒައިޓީއާއި ޑިޕްރެޝަން ހިމެނެއެވެ. މާބޮޑަށް ފިކުރުކުރާނަމަ މިކަން ބޮޑުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މީގެއިތުރުން ފިނޭންޝިއަލް ސްޓްރެސްގެ ސަބަބުން މީހާ މާބޮޑަށް ވަރުބަލިވުމާއި، މެއަށް ތަދުވެ ނޭވާލާން އުނދަގޫވުމުގެ މައްސަލަތަކާއި ކުރިމަތިވެއެވެ.

ފައިނޭންޝިއަލް ސްޓްރެސްގެ ސަބަބުން މީހާއަށް ކުރިމަތިވާ ފިޒިކަލް ބައެއް އަލާމާތްތައް:

  • ހިތުގެ މައްސަލަތަކާއި/ ހިތް ހުއްޓުމުގެ މައްސަލަތައް
  • ބަރުދަން އިތުރުވުން ނުވަތަ ބަރުދަން ލުއިވުން
  • ހަކުރުބަލި
  • މަސަލް ޓެންޝަން
  • ބްލަޑް ޕްރެޝަރު މައްޗަށްދިއުން

ފައިނޭންޝިއަލް ސްޓްރެސްގެ ސަބަބުން ގުޅުންތަކަށް ކުރާ އަސަރު:

  • ޒުވާބުއިތުރުވުން
  • މާލީ ތަނަވަސްކަން ނެތުމަކީ ގިނަ ބައެއްގެ ޒަވާޖީ ހަޔާތް ނިމުމަކަށް އަންނަ ސަބަބެކެވެ. ފައިނޭންޝިއަލް ސްޓްރެސްގެ ސަބަބުން ބައިވެރިޔާއާއި ޒުވާބުކުރަން ޖެހޭ މިންވަރު އިތުރުވެއެވެ.
  • ލޯބިވާ މީހުންނާއި އެކު ހޭދަކުރާ ވަގުތު މަދުވުން
  • މާލީ ތަނަވަސްކަން ނެތުމަކީ އެކުވެރިންނާއިއެކު ވަގުތު ހޭދަކުރުމަށް ހުރަސްއެޅޭ ކަމަކެވެ. އަދި މިއީ ބައިވެރިޔާއާއިއެކު ހޭދަކުރާ ވަގުތުވެސް މަދުވާކަމެކެވެ. އެގޮތުން ޑޭޓްތަކަށް ދިއުމާއި އެހެނިހެން ކަންކަން ކުރުމަށް ފައިސާ ނުހުންނާނެކަމެކެވެ.

ހޯދުންތަކުން ދައްކާގޮތުގައި އާއިލާ ބެލުމުގެ ޒިންމާ އަންހެނުންނަށްވުރެ ފިރެހެނުންގެ 2 ގުނަ އިތުރެވެ. އަދި އަންހެނުންނަށްވުރެ ފިރެހެނުން އެމޯޝަނަލީވެސް ވަރުގަދައެވެ.

ރިއެކްޝަންސް
1
0
2
13
0
0
0