“ތިބާގެ ލެއިން އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ”

7 މެއި 2022 - 12:04

ދުނިޔޭގެ ރެޑް ކްރެސެންޓް އަދި ދުނިޔޭގެ ތެލަސީމިއާ ދުވަހާއި ގުޅުވައިގެން މިމަހުގެ 8 ވަނަ ދުވަހު ލޭހަދިޔާކުރުމުގެ ކޭންޕެއް ބޭއްވުމަށް ނިންމައިފިއެވެ. މިއީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިސްނަގައިގެން ދިވެހި ރެޑް ކްރެސެންޓު އަދި މޯލްޑިވިއަން ބްލަޑް ސަރވިސްއާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ލޭހަދިޔާކުރުމުގެ މި ހަރަކާތް އޮންނަނީ މޯލްޑިވިއަން ބްލަޑް ސަރވިސްގައެވެ. ލޭހަދިޔާކުރުމުގެ މި ކޭންޕް ކުރިއަށްދާނީ މިމަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ރޭގަނޑު 11 އަށެވެ.

advertisement

މި ބްލަޑް ކޭންޕްގެ ޝިއާރަކީ “ތިބާގެ ލެއިން އެހެން މީހެއްގެ ފުރާސަ ސަލާމަތްކުރެވިދާނެ” މިއެވެ. މި ބްލަޑް ކޭންޕްގައި ލޭހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް މިހާރުވެސް ވަނީ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ލިންކުން ރަޖިސްޓްރީކުރެވޭނެއެވެ. https://t.co/GYiJ4uThQM

މޯލްޑިވިއަން ބްލަޑް ސަރވިސްގައި 400 އަށްވުރެ ގިނަ ކުދިން ރަޖިސްޓްރީކޮށްފައިވާއިރު ކޮންމެ ދުވަހަކުވެސް އެތަނަށް ގިނަ އަދަދަކަށް ލޭ ބޭނުންވެއެވެ. ނަމަވެސް އަމިއްލައަށް އެދިގެން އައިސް ލޭހަދިޔާކުރާ މީހުންގެ އަދަދު ދަށްކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0