އައިކެއަރ އޮޕްޓިކަލްސްއިން ކުޑަކުދިންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް!

9 މެއި 2022 - 13:52

އައިކެއަރ އޮޕްޓިކަލްސްއިން ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.

އެއްދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ކުޑަކުދިންގެ ހުރިހާ ޕްރޮޑަކްޓްތަކަކުން 20%ގެ ޑިސްކައުންޓެއް ލިބިވަޑައިގަންނަވަ އެވެ. މިގޮތުން އެކި ބްރޭންޑުތަކުގެ އައިނު ދުނިގަނޑާއި އަވިއައިނުވެސް ހިމެނެ އެވެ.

advertisement

10 މެއިވާ އަންގާރަ ދުވަހު އައިކެއަރ އޮޕްޓިކަލްސްގެ ހުރިހާ ފިހާރައެއްގައި މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

އައިކެއަރ އޮޕްޓިކަލްސްއަކީ ލޮލާއި ގުޅުންހުރި ހުރިހައި ހިދުމަތެއް އެއްތަނުން ފޯރުކޮށްދެމުން އަންނަ ހަމައެކަނި ކުންފުންޏެވެ. މަޝްހޫރު ގިނަ ބްރޭންޑްތަކުގެ އައިނާއި ކޮންޓެކްޓް ލެންސާއި، ލޮލުގެ އެގްޒަމިނޭޝަން ހެދުމާއި، ކޯޕަރޭޓް އައި ސްކްރީނިންގ ޕްރޮގްރާމް ހިންގުމާއި، ލޮލުގެ ފަރުވާއަށް ބޭނުންވާ ސަރޖަރީ ހެދުމުގެ ހިދުމަތްވެސް އައިކެއައިން އަންނަނީ ފޯރުކޮށްދެމުންނެވެ.

އިތުރު މައުލޫމާތު އައިކެއަރ އޮޕްޓިކަލްސްގެ ހޮޓްލައިން 3321026 އަށް ގުޅުއްވައިގެން ލިބިވަޑައިގަންނަވާނެ އެވެ. އަދި އައިކެއަރ އޮޕްޓިކަލްސްގައި ލިބެން ހުރި ޕްރޮޑަކްޓްތައް eyecare.mv އަށް ޒިޔާރަތް ކޮށްލައިގެން ބައްލަވާލެވޭނެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0