ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ދަރިފުޅަށް ވާހަކަދައްކާނީ ކިހިނެތް؟

11 މެއި 2022 - 11:42

ނަފްސާނީ ދުޅަހެޔޮކަން ފަދަ އިމޯޝަނަލް މައުލޫއަށް ދަރިފުޅާއި ވާހަކަދެއްކުމަކީ ބައެއް ބެލެނިވެރިންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. މީގެ ބައެއް ސަބަބުތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން މާބޮޑު މައުލޫމާތެެއް ބެލެނުވެރިޔާގެ ނެތުން ނުވަތަ ދަރިފުޅު ތަހައްމަލް ކުރާ ކަމަކަށް އަމިއްލަ ނަފްސު ކުއްވެރިކުރެވުން ފަދަ ކަންކަން ހިމެނެއެވެ.

ބައެއް އެހެން ބަލިތަކާއި ގުޅޭގޮތުން ދަރިފުޅަށް ވާހަކަދެއްކުމަކީ ވަރަށް ފަސޭހަކަމެކެވެ. މިސާލަކަށް ކާއެއްޗަކަށްވާ އެލާޖީއެއް، ނޭވާހިއްލުން، ހަކުރުބަލި ފަދަ ބަލި ފަދަ ބަލިތަކާއި ގުޅޭގޮތުން ދަރިފުޅަށް ވާހަކަދައްކަން ވަރަށް ފަސޭހައެވެ. މިފަދަ ބަލިތަކަކީ ނަފްސާނީ ބައްޔާއި ހިލާފަށް އެ ބަލިތަކާއި ގުޅޭ މައުލޫމާތު ލިބޭ އަދި އެކަންކަން ޑައިގްނޯޒް ކުރެވޭ ބަލިތަކެވެ.

advertisement

ނަފްސާނީ ބަލީގައި ގިނަފަހަރު އެކަން ތަހައްމަލްކުރާ މީހާއަށް ބްލޭމްކުރެވޭ ފަހަރު އާދެއެވެ. އެކަން އެހެން ދިމާވީ އޭނާގެ ކޮންމެވެސް ސަބަބުންނޭ ނުވަތަ އެކަމުން ސަލާމަތް ނުވެވިގެން އުޅޭނީވެސް އޭނާގެ ސަބަބުންކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. އަދި އެކަން ތަހައްމަލް ކުރާ މީހާއަށް އެގޮތައް ގަބޫލުވެސް ކޮށްދެއެވެ.

ނަފްސާނީ ބައްޔާއި ގުޅޭގޮތުން ދަރިފުޅަށް ވާހަކަދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމާއި ގުޅޭގޮތުން ދަރިފުޅަށް ވާހަކަދައްކަން އުނދަގޫވާނަމަ މި އާޓިކަލްގައި މި ހިމަނާލަނީ އެކަން ކުރެވިދާނެ ބައެއް ގޮތްތަކެވެ.

މިކަމުގައި ވާނެގޮތް ދަރިފުޅަށް ބުނެދީ

އާންމުކޮށް ގިނަ ބަލިތަކުގައި އެބަލިތަކުގެ އަލާމާތްތަކާއި އެ ބައްޔެއް ޖެހުމުން ނުވަތަ ޖެހުމުގެ ކުރިން ދިމާވާނެ ކަންކަން ކުދިންނަށް އެނގެއެވެ. އަދި އޭގެ ކުރިން ބެލެނިވެރިންވެސް އެކަމުގެ މައުލޫމާތު ދަރިފުޅަށް ދެއެވެ. ހަމައެގޮތައް ނަފްސާނީ ބަލީގެ މައުލޫމާތުވެސް ދަރިފުޅަށް ހިއްސާކުރާށެވެ. މިސާލަކަށް ނަފްސާނީ ބައްޔަށް ދަރިފުޅު ދާނަމަ ފެނިދާނެ ބައެއް އަލާމާތްތައް ބުނެދެވިދާނެއެވެ. މިސާލަކަށް އެންޒައިޓީ، ޑިޕްރެޝަން ހިމެނެއެވެ.

ރަނގަޅު މައުލޫމާތު ދިނުން

ނަފްސާނީ ބައްޔާއި ގުޅޭގޮތުން ރަނގަޅު މައުލޫމާތު ދަރިފުޅަށް ދޭށެވެ. މިސާލަކަށް މަގުމަތިން ދަނިކޮށް ކާރު އެކްސިޑެންޓެއް ވެއްޖެނަމަ އެ ހާލަތުގައި ދަރިފުޅަށް މެދުވެރިވާނެ ކަންކަން ބުނެދޭށެވެ، ހަމަ ގައިމުވެސް ބިރުގަނެ، ހާސްވެ، ހިތުގެ ތެޅުން އަވަސްވެ، ބޯއެނބުރުން އަރާގޮތްވެ މިފަދަ ކަންކަން ވާނެކަން ބުނެދޭށެވެ. މިއީ ނުރައްކަލުން ސަލާމަތްވުމަށް ކުރިމަތިލާ ކަންކަން ކަން ބުނެދޭށެވެ. ހަމައެގޮތައް  ޕެނިކް އެޓޭކެއް އަންނަ ހިނދުވެސް މީހާ ކުރިމަތިލާންޖެހެނީ ހަމަ މިފަދަ ހާލަތަކަށެވެ. ނަމަވެސް ހަމައެކަނި ތަފާތަކީ ކާރެއް އެތަނުގައި ނެތްކަމެވެ. އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ހާލަތްތަކުގައި ޕެނިކް އެޓޭކް އައިސްދާނެކަން ދަރިފުޅަށް ބުނެދޭށެވެ. ސްކޫލަށް ދާއިރުގައާއި، ލިފްޓުގެ ތެރޭގައި އަދި ދުއްވާ އިއްޗަށް އާރާއިރުވެސް ޕެނިކް އެޓޭކެއް އައިސްދާނެކަން ދަރިފުޅަށް ބުނެދޭށެވެ.

ދަރިފުޅުގެ ވާހަކަތައް އަޑުއަހާ

ނަފްސާނީ ބައްޔެއްގައި އުޅޭ ކުއްޖެއްނަމަ އޭނާގެ އިހްސާސްތަކާއި އޭނާ ދެކޭގޮތާއި އޭނާގެ ވާހަކަތައް ކިޔައޮދިނުމަށް ލަދުގަނެ ފަސްޖެހޭނެއެވެ. އެހެންނަމަވެސް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދަރިފުޅުގެ ކޮންމެ ކަމެއްގައިވެސް އޭނާގެ ވާހަކަތައް އަޑުއަހައި އޭނާއާއި އެކުގައި ހުރިކަމުގެ އިހްސާސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިއީ އެކުދިންގެ ކުށެއް ނޫންކަން ބުނެދީ

ނަފްސާނީ ބައްޔަކީ ދަރިފުޅުގެ ކުށެއް ނޫންކަން ބުނެދޭށެވެ. މިއީ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ކަމެއްކަން ބުނެދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދަރިފުޅާއި ގިނަގިނައިން ވާހަކަދައްކާ

ދަރިފުޅުގެ ނަފްސާނީ ބައްޔެއް ހުންނަނަމަ ދަރިފުޅާއި ގިނަގިނައިން ވާހަކަދައްކާށެވެ. އަދި މިކަމުގައި ތެރަޕީއާއި ބޭސް ބޭނުންކުރުމާއި ގުޅޭގޮތުންވެސް ދަރިފުޅަށް ވާހަކަދެއްކިދާނެއެވެ.

އާއިލާގެ މީހުންނަށް ހިއްސާކުރޭ

ދަރިފުޅުގެ ނަފްސާނީ ބައްޔެއް ހުންނަމަ އާއިލާގެ މެންބަރުންނާއި އެކަން ހިއްސާކުރާށެވެ.

ރިއެކްޝަންސް
1
1
2
0
0
0
0