ފްލެޓް ލިބިފައިވާކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދަނީ

12 މެއި 2022 - 10:54

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ބޮޑެތި އަދަތުތަކުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ދަނީ ހުށަހެޅެމުންނެވެ.
 

މިގޮތަށް ގުޅައި، އެ މީހަކަށް މިހާރު ޕޮއިންޓު ލިބިފައިވާވަރު ބުނެދެއެވެ. އަދި ފްލެޓް ޔަގީން ކުރުމަށް ޕޮއިންޓު މަދުވާކަމާއި، އެހެންކަމުން އަލުން ރިވިއުކުރުމަށް ލިޔެކިއުންތައް ފޮނުވުމަށް ކަމަށްބުނެ އީ-މެއިލް އެޑްރެސް ހޯދައެވެ. އީ-މެއިލް އެޑްރެސް ދިނުމުން އެ އީ-މެއިލް އަށް އެޗްޑީސީގެ ނަމުގައި ލިސްޓު ފޮނުވައެވެ. އަދި އެ ލިސްޓުގައި ޕޮއިންޓު ހިމެނުމަށް އީ-މެއިލް އަށް ވަނުމަށް ބޭނުންވާކަމަށް ބުނެއެވެ. އަދި އީ-މެއިލް އަށް އެކްސެސް ދިނުމަށް، ފޯނަށް ނުވަތަ އެހެން ޑިވައިސްއަކަށް ނަމަވެސް ދާ ނޮޓިފިކޭޝަން އެޕްރޫވް ކުރުމަށްކަމަށް ބުނެ އީ-މެއިލްއަށް އެކްސެސް ހޯދައެވެ. އެއަށްފަހު އެ އީ-މެއިލް މެދުވެރިކޮށް، އިންޓަނެޓު ބެންކިންގ އަށް ވަދެ އެކައުންޓުގައި ހުންނަ ފައިސާ އެ މީހުންގެ އެކައުންޓަށް ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިއެވެ.
 

advertisement

އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް، ޒާތީ މައުލޫމާތާއި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް އިލްތިމާސްކުރަމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0