މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

15 މެއި 2022 - 18:46

ފައްޔާޒާއެކު އެމްޑީޕީން އިތުރު ކާމިޔާބީތައް ހޯދާނެ: ނަޝީދު

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް އިންތިހާބުވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލާއެކު އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ކާމިޔާބުކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

advertisement

މާލެ-އަތޮޅުތެރެ ފެރީ ޚިދުމަތް އަލުން ފަށައިފި

ކޯވިޑާ ގުޅިގެން ހުއްޓާލާފައިވާ ޒޯން 3 ގަ ހިމެނޭ ރަށްތަކުގެ ފެރީގެ ޚިދުމަތް އެމްޓީސީސީން ފަށައިފިއެވެ. މިދަތުރުތައް އަލުން ފަށާފައިވަނީ މިއަދުއެވެ.

އެމްޓީސީސީން ވިދާޅުވީ ފެރީގެ ޚިދުމަތަކީ ޢާއްމުން ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދަތުރުފަތުރުގެ ޚިދުމަތަކަށްވުމުން ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފުޅާކުރުމަކީ އެމްޓީސީސީން ޚާއްސަ އިސްކަމެއްދޭކަމެއްކަމަށެވެ.

ބަދަހި އާއިލާއެއް ބިނާކުރުމުގައިވެސް ފިރިހެނުންގެ ޙިއްސާ ބޮޑު: ޖެންޑަރ މިނިސްޓަރ

ބަދަހި އާއިލާއެއް ބިނާކޮށް މުޖުތަމައުގައި ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހުއްޓުވުމުގައި ފިރިހެނުންގެ ހިއްސާ ބޮޑުކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުޑަކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްނުދީ، ބޮޑެތިވުމާއިއެކު އުފާވެރި ޒަވާޖީ ހަޔާތެއް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށެވެ.

ބީއެމްއެލްގެ ލޯނާއި ފައިނޭންސިންނަށް ހުށަހަޅައިގެން 3 ގައުމަކަށް ދަތުރެއް

ބޭންކް އޮފް މޯލްޑިވްސް އިން ލުއި ލޯނާއި ވެހިކަލް ލޯނުގެ އިތުރުން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އާއި ވެހިކަލް ފައިނޭންސިންގ އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުން ބޭންކަށް ހުށަހަޅާ ލޯނާއި ފައިނޭންސިންގެ ތެރެއިން ބޭންކުން އެޕްރޫވްކުރާ ލޯނާއި ފައިނޭންސިންގ އަށް ތިރީގައި މިވާ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހއ.އިހަވަންދޫ ފެރީ ޓަރމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ނިމިއްޖެ

ހއ.އިހަވަންދޫ ފެރީ ޓަރމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފިއެވެ.

މި ފެރީ ޓަރމިނަލް އަކީ އިންޓަރގްރޭޓޭޑް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓްގެ ދަށުން ޒޯން 1 އަށް ޚިދުމަތް ދިނުމަށް އިމާރާތްކުރެވިފައިވާ ޓަރމިނަލްއެކެވެ. އަލަށް ނިމިފައިވާ މި ޓަރމިނަލްގައި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި، ޕޭރެންޓް ރޫމަކާއި، ލަގެޖް ރޫމަކާއި، ޓަކް ޝޯޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފޫޅުންނަށް ވަކިން ފާހަނަ ހުންނާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0