ފިރެހެނުންގެ ސިއްހަތަށް ރަނގަޅު ބައެއް ކާނާ

16 މެއި 2022 - 10:39

ފިރެހެނުންގެ ސިއްހަތު ރަނގަޅުކޮށް ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށް ކެއުމުގައި ކޮންމެހެންވެސް ބޭނުންކުރެވިދާނެ ބާވަތްތައް ހުރެއެވެ. އޭގެތެރޭގައި:

މަހުގެ ބާވަތްތައް:

ސްޓީކް އަދި އަލުވި މީރުނަމަ ތިއީ ވަރަށް ނަސީބުގަދަ ފިރެހެނެކެވެ. ސަބަބަކީ މަހުގެ ވާބަތްތަކަަކީ ފިރެހެނުންގެ ސިއްހަތު ރަނގަޅުކުރުމަށް އެހީތެރިވެދޭ އެއްޗަކަށްވާތީއެވެ.

advertisement

ޗެރީ

ޗެރީއަކީ ނުވަތަ ޗެރީ ޖޫހަކީ ކޮންމެ ދުވަހަކުވެސް ފިރެހެނުންނަށް ބޭނުންކުރެވިދާނެ ހަށިގަނޑަށް ރަނގަޅު އެއްޗެކެވެ. މިއީ އާންމުކޮށް ދިމާވާ ބައެއް ބަލިތަކުން ރައްކާތެރިވެސް ކޮށްދޭ އެއްޗެކެވެ.

ޗޮކްލެޓް

ފިރެހެނުން ޑާކް ޗޮކްލެޓް ކާނަމަ ކޮލެސްޓްރޯލް، ލޭދައުރުވުން ރަނގަޅުވެ، ބްލަޑް ޕްރެޝަރވެސް ރަނގަޅަށް ހުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް މާގިނައިން ޗޮކްލެޓް ކެއުމަކީ ބަރުދަން އިތުރުވާނެ ކަމެކެވެ. އެހެންކަމުން އާދައިގެ ވަރަކަށް ކެއުމުގައި ޗޮކްލެޓް ބޭނުންކުރެވިދާނެއެވެ.

ޝެލްގައި ހުންނަ ސީފުޑް

ޝެލްގައި ހުންނަ ސީފުޑްއަކީ ގިނަ އަދަދަކަށް ޒިންކް ލިއްބައިދޭ ބާވަތެކެވެ. މީގެ ސަބަބުން ފިރެހެނުންނަށް ހިތުގެ މައްސަލަތައް ދިމާވުން ދުރުކޮށް، މަސްތައް ވަރުގަދަވެ، ރިޕްރޮޑަކްޓިވް ސިސްޓަމްއަށްވެސް އެހީތެރިވެދެއެވެ. ސީފުޑް ނުކާމީހުންނަށް ޒިންކް ލިއްބައިދޭ އެހެން ތަކެތީގެ ތެރޭގައި ބީފް، ޓަރކީ، ކުކުޅު، ނަޓްސް، ސީޑް ފަދަ ބާވަތްތައް ހިމެނެއެވެ.

އެވޮކާޑޯ

އެވޮކާޑޯއަކީ ކޮލެސްޓްރޯލްއަށް ރަނގަޅު ކާނާއެކެވެ.

އިނގުރު

ފިރެހެނުން ކެއުމުގައި އިނގުރު ބޭނުންކުރާނަމަ މަސްގަނޑަށް ވެފައި ހުންނަ ތަދުތައް އަވަހަށް ރަނގަޅުވެއެވެ.

ދޮންކެޔޮ

ދޮންކޭލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާއެކެވެ. ދޮންކޭލުގެ ސަބަބުން ކަށިތައް ވަރުގަދަވެ، ލޭގެ ޕްލެޝަރު ދަށްކުރުމަށް އެހީތެރިިވެދެއެވެ.

ރިއެކްޝަންސް
9
11
14
3
1
0
2