ދަރިފުޅު ކެއުމާ ދުރު، ހަދާނީ ކިހިނެއް؟

16 މެއި 2022 - 15:42

ބައެއް ކުދިން ކެރެޓް، ކުކުޅު މިރުސް އަދި ތައްޔާރީ ކާނާ ކާން ލިބުމުން އުފާކުރާއިރު އެހެން ކުދިން ކާބް ބޭސްޑް “ވައިޓް” ޑައިޓެއް ކަމަށްވާ ޕާސްތާ، ރައިސް އަދި ބްރެޑްގެ ކެއުން ފޮލޯ ކުރުމަކީ އުފާވާނެ ކަމެކެވެ.

ބައެއް ކުދިން ކާއެއްޗެހީގެ ވާހަކަ ދެއްކުމުން ބޮޑާހާކަނީ ކީއްވެ ހެއްޔެވެ. 1990ގެ އަހަރުތަކާ ހަމަޔަށް އައިއިރު، ތުއްތު ކުދިންގެ ކެއުމުގެ ވައްޓަފާޅިއަށް ބަލާފައި 2015 ވަނަ އަހަރު ކުރި އެތައް ދިރާސާއެއްގެ ރިވިއުއިން އެނގުނު ގޮތުގައި، ބޮޑާހޭކުން، ޕިކީ (ކާއެތިކޮޅު ކޮޅު ހޮވުން) ނުވަތަ ޗޫޒީ ކެއުމުގެ އާދަތައް ގުޅިފައިވަނީ، ޕާސަނަލިޓީގެ ސިފަތަކުން ފެށިގެން، ކެއުމުގެ ވަގުތުގައި ސޯޝަލް އިންފުލުއެންސް ކޮންޓްރޯލް ކުރުމާ ހަމަޔަށެވެ. ނުވަތަ އެއީ ހަމަ އެކަނި ތިބާގެ ދަރިފުޅު ގައިގައި ހުރެދާނެ ކަމަކަށްވެސް ވެދާނެ އެވެ.

advertisement

ބަޔޯސައިކޮލޮޖީގެ ކިޔުންތެރިއެއް އަދި ލަންޑަންގެ ޔުނިވާސިޓީ އޮފް ރޮއިހެމްޕްޓަންގެ ކްލިނިކަލް އެންޑް ހެލްތު ސައިކޮލޮޖީ ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ލީ ގިބްސަން ޕީއެޗްޑީ ވިދާޅުވީ ހަނދާން ބަހައްޓަން ޖެހޭ މުހިންމު ނުކުތާއަކީ، ބޮޑާހޭކުން ނުވަތަ ޕިކީ ކެއުމަކީ ކުދިންގެ ގައިގައި ހަރުލާފައި ހުންނަ އާދައިގެ ކަމެއް ކަމަށެވެ. އަދި އާންމު ގޮތެއްގައި، އޯވަރިއެކްޓް ކުރުން ނުވަތަ ޕިކީ ކެއުން ހުއްޓުވުމަށް ހަރުކަށި ޑައެޓްރީ ގަވައިދުތައް ގެންގުޅެން މަސައްކަތް ކުރުމަކީ ނަތީޖާ ރަނގަޅުވާ ކަމެކެވެ.

ތުއްތު ކުދިން ފުރާވަރަށް އަރައިގެން އަންނައިރު، ޕިކީ ކެއުމުގެ އާދަތައް އިތުރުވުމުގެ ފުރުސަތު ބޮޑުވުން ނުވަތަ އޮބީސް ވުމުގެ ފުރުސަތު ބޮޑުވުން ކަމަށް ނުބެލެވޭ ކަމަށް ކަމާގުޅޭ މާހިރުން ވަނީ ވިދާޅުވެފަ އެވެ.

ކުޑަކުދިންގެ ޑޮކްޓަރު ތާންޔާ އަލްޓްމަން، އެމްޑީ ވިދާޅުވި ގޮތުގައި ކާތަކެތިން ހޮވައިގެން ކާ ކުއްޖަކަށް މާ ބޮޑަށް ސިލެކްޓިވްވުމުގެ ސަބަބުން އެކަށީގެންވާ ވަރަށް ނިއުޓްރިޝަން ނުލިބޭ ނަމަ، ވަކިވަކި ހާލަތްތަކުގައި ކުރު އަދި ދިގު މުއްދަތަކަށް ނިއުޓްރިއެންޓްގެ މަދުވުމާއި އަދި އެހެނިހެން މައްސަލަތަކަށް މަގުފަހިވެދާނެ ކަމަށެވެ.

ކެއުމުގެ ވަގުތުގައި ކަންތައް ކުރަންވީ ގޮތް:

ރިއަލިސްޓިކް އެކްސްޕެކްޓޭޝަންތައް ކަނޑައެޅުން:
ގިނަ ފަހަރަށް، ފުރަތަމަ ފަހަރަށް ތުއްތު ދަރިފުޅަށް ކާއެއްޗެއް ދޭނަމަ، ފުރަތަމަ ކޮޅު ތަންކޮޅެއް ޔަގީން ނުވެދާނެ އެވެ. ނިއުޓްރިޝަން ސައިންސްގެ ދިރާސާތަކުން ދައްކާ ގޮތުގައި ކުދިންނަށް ކާންދޭއިރު 12 އެކްސްޕޯޝާ އެއް އެކުދިންނަށް ހުށަހެޅުން މުހިންމެވެ. އޭގެ ތެރޭގައި އެ ކުދިން “ލައިކް” ކުރާ ކާނާގެ ހިމެނުންވެސް މުހިންމެވެ.

މެނޫ ބަދަލުކުރޭ:
ތަފާތު ބާވަތްތައް މާނައަކީ އާ ކާނާތައް ޓްރައިކުރުމާއި ކެއުމުގައި ބޭނުންކުރާ ކާނާއާއި ކާބޯތަކެތި ރޮޓޭޓްކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކެއުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ކޮންމެ ދުވަހަކު އެއް ވަރަކަށް ކެއުން ބަހައްޓާނަމަ ދުޅަހެޔޮ ސިއްހަތެއްގެ ދައިޓެއް ނެގުން މުހިންމެއް ނޫނެވެ. ވަރަށް ގިނަ ބެލެނިވެރިންނަށް ގަބޫލު ކުރާ ގޮތުގައި އެމީހުންގެ ދަރިންގެ ފޭވަރިޓު ވެޖިޓަބަލް އަކީ އޮށް ކަމަށް ވެދާނެ އެވެ. އެކަން ގަބޫލުކޮށް ހަމައެކަނި ކޮންމެ ދުވަހަކު އެ ދޭން ބެލެވެރިން ނިންމަ އެެވެ. އަދި އޭގެ ސަބަބުން އެގޮތަށް އެ ކުދިންގެ ސިކުނޑި ގަބޫލު ކުރުވަ އެވެ.

ނަމަވެސް ވަކި ކެއުންތަކެއް ނުހަދާ:
ޕިކީ އީޓާ ޕްރޮޖެކްޓްގެ ކޯ-ލިޔުންތެރިޔާ އަދި ޗޮޕްޗޮޕްގެ ފައުންޑަރ އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޗޮޕްޗޮޕްގެ ފައުންޑަރ ސެލީ ސަމްސަން ބަޔާންކުރާ ގޮތުގައި، ތުއްތު ކުދިންގެ ޕިކީ ޕްރިފަރެންސްތަކަށް ކޭޓަރ ކުރުމަކީ ޕިކީގެ ސަބަބުން އާ ކާނާތައް ޓްރައި ކުރަން ޖެހޭ ސަބަބެއް ދުވަހަކުވެސް އެކުދިންނަށް ދޭހަނުވާ ކަމެކެވެ. އަދި ވަކި ވަކިން ކާއެއްޗިހި އެކި ކުދިންނަށް ނުހެދުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފަ އެވެ.

ތުއްތު ކުދިން ކެއުމަށް ބޭނުންވާ އޮޕްޝަންތައް ދިނުން:
ތިބާގެ ދަރިފުޅު މެކްރޯނީ އާއި ޗީޒް ނަގަން ބޭނުން ނުވާ ނަމަ، އެއީ ހަމައެކަނި އޮޕްޝަން ނުހަދާށެވެ. ނަމަވެސް ރަނގަޅު އޮޕްޝަންތަކުން ކުދިން ވަށާލުމަކީ މުހިންމު ކަމެކެވެ. އެއީ ސާވް ކުރާ އެއްޗަކާއި، ކާން ދޭ އެއްޗަކާއި، ކާއެއްޗެހީގެ ވާހަކަ ދައްކާއިރު، އަދި ބަދިގެއިން ބޭރުގައި އުޅޭއިރު ކުދިން ކައި އުޅެނީ ކޮން އެއްޗެއްތޯ އެވެ. އެހެންކަމުން ރަނގަޅު ނިންމުންތައް ނިންމަން ޖެހެއެވެ.

ޕިކީ ކެއުމާއި އަހުލާގުގެ މައްސަލަތައް ވަކިކުރުން:
ޑިނާ ޓޭބަލް މަތީގައި ކުޑަކުއްޖަކު ހަޅޭއްލަވާ ނަމަ ނުވަތަ ރުޅިގަދަވާނަމަ އެއީ ބިހޭވިއަރ މައްސަލައެއް ކަމަށާއި ޕިކީ ކެއުމުގެ މައްސަލައެއް ނޫން ކަމަށް ގަބޫލު ކުރަން ޖެހެ އެވެ.

ރިއެކްޝަންސް
0
0
2
1
0
2
2