އަވަހަށް ބައިގެންދިޔުމުގެ ނިޝާންތަކާއި ގޭގައި ކުރެވިދާނެ ހަ ކަމެއް!

17 މެއި 2022 - 15:26

ބައިގެން ދިޔުމަކީ މާބަނޑުވެ 20 ވަނަ ހަފުތާގައި އާންމުކޮށް ވާ ކަމެކެވެ. މިއީ ދެވަނަ ޓްރައިމިސްޓާގެ މެދުތެރޭގައި ވާ ކަމެކެވެ. ބައެއް ފަހަރު މާބަނޑުދުވަސްވަރު އަވަހަށް ދަރިމައިވުން ނުވަތަ ބަނޑުގައި ރިއްސުން ފަދަ ކަމެއް ކުރިމަތިވަނީ 13 ހަފްތާގެ ކުރިންނެވެ. ނަމަވެސް ގިނަ ފަހަރު 10 ހަފްތާގެ ކުރިން ބަނޑުގައި ރިއްސުމަކީ ދިމާވެދާނެ ކަމެކެވެ.

ބަނޑުގައި ރިއްސުމަކީ އާންމު ކަމެކެވެ. 10 ޕަސެންޓާއި އާއި 20 ޕަސެންޓާއި ދެމެދުގެ އަދަދަކަށް މާބަނޑުދުވަސްވަރު ދަރިމައިވުން ނިމުމަކަށް އާދެއެވެ. މާބަނޑުދުވަސްވަރު ބައުގެން ދަނީ ފުރަތަމަ ތިންމަސްދުވަސްތެރޭގައެވެ. ގާތްގަނޑަކަށް 80 ޕަސެންޓު މީހުންނަށް މިގޮތަށް ދިމާވެ އެވެ.

advertisement

އަވަހަށް ބައިގެން ދިޔުމުގެ ނިޝާންތައް:

ކޮންމެ މީހަކީވެސް ތަފާތު މީހަކަށްވާއިރު، ބައެއް މީހުންނަށް ބައިގެންދިޔުމުގެ އަލާމާތްތައް ފެންނަ ލެއް، އަވަސްވާއިރު އަނެއްބައި މީހުންނަށް މކަން ދިމާވުން ތަފާތު ކަމެއް ކުރިމަތިވެދާނެއެވެ. އަވަހަށް ބަނޑުގައި ބައިގެންދާން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަންނަނިވި ނިޝާންތައް ހިމެނިދާނެއެވެ.

އެގޮތުން ކުރިމަތިފާރަތުން ލޭ އައުމާއި، ޓިޝޫގޮތަށް ހުންނަ އެއްޗެއް ކުރިމަތިފަރާތުން އައުމާއި ބޮލުގައްޔާއި ބަނޑުގައި ރިހުމާއި ކުރިމަތިފަރާތުން ސާފުކޮށް ފިޔާތޮށި ކުލަޔަކަށް ދާ ފެނެއް ބޭރުވުމާއި މާބނޑުވުމުގެ އަލާމާތްތަށް ނެތިގެން ދިޔުން ހިމެނެ އެވެ.

ނަމަވެސް އެއްވެސް އަލާމާތެއް ނެތި ބަނޑުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. މެމޯރިއަލް ހެލްތުކެއާ ސިސްޓަމްގެ މައިނާރު ފީޓަލް މެޑިސިން ޕްރޮގްރާމްގެ އެމްޑީ، އޯބީ-ޖީއައިއެން އަދި މެޑިކަލް ޑިރެކްޓަރު ލޯރީ ސްކޮޓް ވިދާޅުވީ މިއިން އަލާމާތެއް ނުފެނި ބަނޑުގައި ރިއްސާނަމަ ޑޮކްޓަރު އަލްޓްރާ ސައުންޑް ހެދުން މުހިންމުވާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ނޭނގި ބައިގެންދިޔުމުގެ ފުރުސަތު އޮވެދާނެތީ ކަމަށެވެ.

މީގެ އިތުރުން މާބަނޑުދުވަސްވަރު، ހާއްސަކޮށް މާބަނޑުދުވަސްވަރުގެ އެންމެ ކުރީކޮޅުގައި ބަނޑުގައި ރިއްސުމަށް މަގުފަހިވެގެން ދެއެވެ. އެއީ ޕީރިއަޑް ތަދަށްވުރެ ބޮޑުތަދެއް ކަމަށްވެ އެވެ.

މާބަނޑުދުވަސްވަރުގެ ފުރަތަމަ ޓްރައިމިސްޓާ ފަހަނައަޅައި ދިއުމުން ބަނޑުގައި ރިއްސުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ދެވަނަ ޓްރައިމިސްޓާގައި މާބަނޑުދުވަސްވަރުގެ ދެވަނަ ޓްރިމިސްޓާގައި ބައިގެންދާނީ ތިން ޕަސެންޓު މީހުން ކަމަށް ވެ އެވެ.

ބައިގެން ދިޔުމުން ގޭގައި ކުރެވިދާނެ ފަރުވާ:

ބައިގެންދާހެން ހީވާނަމަ ޑޮކްޓަރަށް ގުޅައިގެން ކުރިއަށް ގެންދެވޭތޯ ބެލުމާ، އަދި އިތުރު އިރުޝާދު ހޯދާށެވެ. އަދި
ގަދަޔަށް ހުންއައުމާއި، މާބޮޑަށް ލޭފޭބުމާއި ގަދައަށް ބަނޑުގައި ރިއްސާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންޖެހޭނެ އެވެ.

ތަދުކަނޑުވާ ބޭސް ނެގުން:

ބަނޑިގައި މާބޮޑަށް ރިއްސާނަމަ އެ ވޭން ފިލުވާލުމަށް، އައިބުޕްރޮފެން (އެޑްވިލް ނުވަތަ މޮޓްރިން) ނުވަތަ އެސެޓަމިނޮފެން (ޓައިލެނޯލް) ފަދަ އޯޓީސީ ޕެއިން މެޑްސް ނެގިދާނެއެވެ.

ހީޓިން ޕެޑް ބޭނުން ކުރުން: ޕެއިން ރިލިވް ކުރުމަށް ބަނޑުގައި ނުވަތަ ބުރަކަށި ދަށްފަރާތުގައި ހޫނު ކުރާ ޕެޑެއް އެޕްލައި ކުރުމަކީ ވެސް ތިބާގެ ވޭން ކުޑަކޮށްދީ، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިއްބައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކުރިމަތި ފަރާތަށް އެއްވެސް އެއްޗެއް ނުވެއްދުން: ބައިގެންދިޔުމަށްފަހު އިންފެކްޝަން ވަރަށް ބޮޑަށް ކުރިމަތިވެދާނެ އެވެ. އެހެންކަމުން ލޭ ފޭބުން ކޮންޓްރޯލް ކުރުމަށް ޓެމްޕޮންގެ ބަދަލުގައި ޕެޑް ބޭނުން ކޮށް، ދެ ހަފްތާ ވަންދެން އަނބިފިރިކަމުގެ ގުޅުންވެސް ނުހިންގާށެވެ.

ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުވުން: ހަށިގަނޑު ހަމައަކަށް އެޅުވުމަށްޓަކައި އަރާމުކުރުމަށް ވަގުތު ކޮޅެއް ނަގާށެވެ. ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް ހަށިގަނޑަށް ލިބޭތޯ ޔަގީން ކުރުމަށް އެކަށީގެންވާ ވަރަށް ފެން ބުއިމާއި ބެލެންސްޑް ޑައިޓެއް ބޭނުން ކުރާށެވެ.

ތިބާގެ ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަންދޭށެވެ:

ބައެއް މީހުންނަށް، ދަރިމައިނުވުމުގެ ސަބަބުން ވަރަށް ހިތާމަވެރި އަދި ނަފްސާނީ ގޮތުން ވެސް ގެއްލުން ލިބިދާނެ އެވެ. އަމިއްލަ ނަފްސަށް ހިތާމަކުރުމުގެ ފުރުސަތު ދީ، އަމިއްލަ ނަފްސަށް އޯގާތެރިވެ، އިތުބާރުކުރެވޭ އަދި ލޯބިވާ މީހުންގެ ސަޕޯޓަށް އެދޭށެވެ.

އިންފެކްޝަން ޖެހޭތޯ ބަލާށެވެ:

ބައިގެން ދިޔުމުން ބައެއް މީހުންނަށް ސެޕްޓިކް މިސްކެރިއޭޖް ކިޔާ އިންފެކްޝަނެއް ޖެހެ އެވެ.މި އިންފެކްޝަނަކީ ވަރަށް ސީރިއަސް ކަމަކަށް ވެދާނެތީ އިންފެކްޝަންވުމުން ވީހާވެސް ދުރުކުރުމަށް ސިސްހީ މާހިރުން ލަފާދެ އެވެ.

ބައިގެން ނުދިޔުމުގެ ފުރުސަތު ބޮޑު ކުރާނީ ކިހިނެތް:

ބައެއް މީހުން އަމިއްލަ ނަފްސަށް މަލާމާތް ކުރަނީ ބައިގެން ދިޔުމުގެ ސަބަބުން ކަމަށާއި ނަމަވެސް އެއީ އަބަދުވެސް ތިބާގެ ކޮންޓްރޯލުން ބޭރުވާ ކަމެއް ކަމަށް ގަބޫލުކުރަންޖެހެ އެވެ. މިސާލަކަށް ޖިންސީ ގުޅުން ހިންގުން، ކަސްރަތު ކުރުން، ނުވަތަ ސްޓްރެސްގެ ސަބަބުން ދަރިމައިވުމަށް މަގުފަހިވާ ފަދަ ވާހަކަތައް އެބަހުއްޓެވެ. މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މުރޭ ވަނީ ބުނެފަ އެވެ. ބައިގެން ދިޔުމަކީ ދުވަހަކުވެސް ތިބާގެ ކުށެއް ނޫނެވެ.

އެކަމަކު ބައެއް ކަހަލަ މެޑިކަލް މައްސަލަތަކުގެ ސަބަބުން ބައިގެންދިޔުމާއި، އާންމު ގޮތެއްގައި ދަރިމައިވުމަށް ހުރަސްއެޅެ ކަންކަން ހުރެ އެވެ. އެގޮތުން ކްރޮމޮސޮމަލް އެބޯނަމިލިޓީސް ވަރަށް ގިނަ ހާލަތްތަކުގައި، ގެއްލިގެން ނުވަތަ އިތުރު ކްރޮމޮސޯމްއެއްގެ ސަބަބުން ދަރިމައިނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކަމުގެ ތަޖުރިބާކާރު ޑޮކްތަރެއް ކަމަށްވާ ސްކޮޓް ވަނީ ބުނެފަ އެވެ. މިކަމުގެ ސަބަބުން އެމްބްރިޔޯއެއް އުފެއްދުމަށް ހުރަސް އެޅިދާނެއެވެ. އެއީ ބްލައިޓް އޯވަން ނަމަކަށް ކިޔާ އެމްބްރިޔޯއެއް އުފެއްދުމެވެ. ނުވަތަ ފަހުން ހެދިބޮޑުވުން ހުއްޓާލައެވެ. މިކަމުގެ ސަބަބުން އިންޓްރައުޓެރިން ފީޓަލް މަރުހަލާގައި މަރުވުން އެކަށީގެންވެ އެވެ.

މޮލަރ ޕްރެގްނެންސީ: މޮލަރ ޕްރެގްނެންސީ އަކީ ކްރޮމޮސޮމަލް އެބްނޯމަލިޓީގެ ވަކި ބާވަތެއް ކަމުގައިވާ ކްރޮމޮސޮމަލް ފީޓަލް ޓިޝޫ ރަނގަޅަށް ހެދިބޮޑުނުވެ، ފްލުއިޑް ފުލްސިސްޓްތައް އުފެދެން ފަށައެވެ. އަދި ފީޓަލް އުފެދެން ފެށިއަސް ދިރިހުންނަން އުދަނގޫވެ އެވެ.

ސިއްހީ ހާލަތު: މައިމީހާގެ ސިއްހީ ބައެއް ހާލަތްތައް ހުންނަ ނަމަ، ހާއްސަކޮށް ކޮންޓްރޯލް ނުކުރެވޭ ނަމަ، ބަނޑުގައި ދަރިފުޅު ގަރުބަގަތުން ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. އެގޮތުން ތައިރޮއިޑާއި، ހަކުރު ބައްޔާއި ކިޑްނީ ބައްޔާއި އޮޓޯއިމިއުންގެ ސަބަބުންވެސް ބައިގެން ދިޔުމުގެ ފުރުސަތާއި ދަރިމައިވުމަށް ހުރަސް އެޅުމުގެ ފުރުސަތު ބޮޑުވެގެން ދެ އެވެ.

ކާވިކްސް އާއި ޔޫޓެރަސްގެ އެބްނޮމޮލިޓިއެއް ހުރުން: މާބަނޑުދުވަސްވަރު ކާވިކްސް އަދި ޔުޓެރަސްގެ ދައުރު ބޮޑުވާތީ، ބަލިކަށިވެފައިވާ ކާވިކްސް ނުވަތަ ޔުޓެރަސް ސެޕްޓަމް ފަދަ އެއްވެސް އާދަޔާ ހިލާފު ކަމެއްގެ ސަބަބުން ބަނޑުގައި ދަރިފުޅު ބައިގެން ދިޔުމުގެ ފުރުސަތު ބޮޑެވެ.

ހަނދާން ކުރަންވީ ކަމަކީ ބައިގެން ދިޔުމުގެ ސަބަބަކީ ތިބާގެ ކޮންޓްރޯލުން ބޭރުންވާ ކަންކަން ކަމެވެ. އަދި އެއީ ތިބާގެ ކުށެއް ނޫން ކަމަށާއި އަމިއްލަ ނަފްސަށް އޯގާތެރިވެ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުވާށެވެ.

ރިއެކްޝަންސް
9
4
0
14
0
0
2