ބަނޑުގައި ވައިހެދުމުގެ މައްސަލައަކީ ގިނަބަޔަކު އަޅާނުލާ ދޫކޮށްލާ ކަމެއް

18 މެއި 2022 - 17:46

ބަނޑުގައި ވައި ހެދުން ނުވަތަ ގެސްޓްރިކްގެ މައްސަލައަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. އާންމުގޮތެއްގައި ބަނޑުގައި ވައި ހެދުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހުސް ބަނޑާ ނުކައި ގިނަވަގުތު ހުރުން ނުވަތަ ކުޅިކޮށް ކެއުން ހިމެނެއެވެ. ގިނަ ދިވެހިންނަކީ އާންމުގޮތެއްގައިވެސް ވަރަށް ކުޅިކޮށް ކާބައެކެވެ. އަދި ދިރިއުޅުމާއި އޮފީހާއި އެހެނިހެންވެސް ކަންކަން ހުންނަގޮތައް ގިނަ ވަގުތު ނުކައި ތިބޭވެސް ބައެކެވެ. އެހެންކަމުން ބަނޑުގައި ވައި ހެދުމުގެ މައްސަލަތައް ދިމާވާ މިންވަރު އިތުރެވެ.

ގޭސްޓްރިކްގެ މައްސަލަތައް ކުއްލިއަކަށްވެސް ދިމާވެދާނެއެވެ. އަދި މިއީ މަޑުމަޑުން އަލާމާތްތައް ފެންނަމުންގޮސް ބޮޑުވަރުވެދާނެ ކަމަކަށްވެސް ވެދާނެއެވެ. ބައެއް ހާލަތްތަކުގައި މި ބަލީގެ އަލާމަތްތައް އެއްވެސް ވަރަކަށް ނުފެނި އަދި ބަލީގެ އުނދަގޫ ބޮޑުނުވެވެސް ހިނގައިދާނެއެވެ.

advertisement

ގެސްޓްރައިޓިސްގެ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި، މޭނުބައިކޮށް ހޮޑުލުން، އެއްޗެއް ކާއިރު ބަނޑުފުރިފައިވާ ކަމުގެ އިހުސާސް ކުރެވުން، މެއިން ދިލަނެގުން، ވައިލެވުން އަދި އުކުނޑިކޮށްޓުން ފަދަކަންކަން ހިމެނެއެވެ.

ބަނޑުގައި ވައިހެދުމުގެ މައްސަލައަކީ ގިނަބަޔަކު އަޅާނުލާ ދޫކޮށްލާ ކަމެކެވެ. ނަމަވެސް މިއީ އަޅައިނުލާ ދޫކޮށްލާ ވަރަށް ވުރެ މާ ނުރައްކާ ކަމެކެވެ. ގޭސްޓްރައިޓިސްގެ ސަބަބުން ދިމާވާ ނުރައްކާތައްވެސް ގިނައެވެ. އެގޮތުން، ބަނޑާއި ގޮހޮރުގައި ފާރު ހެދުން، އެތެރެހަށިން ލޭއައުން އަދި ބައެއް ހާލަތްތަކުގައި ބަނޑުގެ ކެންސަރު ޖެހުން ފަދަ ކަންކަން ހިމެނެއެވެ.

ހަފްތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން ގެސްޓްރައިޓިސްގެ ނިޝާންތަކާއި އަލާމާތްތައް ހުރިނަމަ ޑޮކްޓަރުންގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

ރިއެކްޝަންސް
2
2
1
25
1
2
2