އޮންލައިންކޮށް މައުލޫމާތައް އެދެވޭ “މަހޯލި ޕޯޓަލް” ބޭނުންކުރާނެ ގޮތް

ދިވެހި
May 21, 2022

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް އޮންލައިންކޮށް އެދެވޭ “މަހޯލި ޕޯޓަލް” ލޯންޗްކޮށްފިއެވެ.

މި ޕޯޓަލްގައި ރަޖިސްޓްެރީވުމަށް ހަދަންޖެހޭނެ ގޮތަކީ:

  •  “mahoali.com” އަށް ވަދޭ
  • ރެޖިސްޓަރ އަށް ފިއްތާލާ
  •  ފުރިހަމަކޮށްލަންޖެހޭ މައުލޫމާތުތައް ފުރިހަމަކޮށްލާ
  • މައުލޫމާތު ފުރިހަމަކުރުމަށްފަހު ސަބްމިޓް އަށް ފިއްތާލާ
  • ރަޖިސްޓްރޭޝަން ލިންކް ހޯދުމަށް އީމެއިލް ޗެކްކޮށްލާ
  • އީމެއިލްއަށް ލިބުނު ލިންކްއަށް ވަދޭ
  • ލޮގިން ވުމަށްޓަކައި އީމެއިލްއާއި ޕާސްވޯޑް ޖަހާލާ

މަހޯލި ޕޯޓަލްއަށް ރަޖިސްޓްރީވުމުން ސަރުކާރުގެ ބޭނުން އިދާރާއެއްގެ ބޭނުންވާ އިންފޮމޭޝަންއަކަށް އޮންލައިންކޮށް އެދެވޭނެއެވެ. މި މައުލޫމާތައް އެދޭނީ ޕޯޓަލް ތެރޭގައި އިންނަ ރިކުއެސްޓް އިންފޯ އިންނެވެ. އަދި މައުލޫމާތު ބޭނުވަނީ ކޮން ގޮތަކަށްތީވެސް އަމިއްލައަށް އިހްތިޔާރުކޮށްލެވޭނެއެވެ.

ރިއެކްޝަންސް
2
0
0
0
0
0
0