ނަފުސާނީ ހާލަތާގުޅޭ ވާހަކަ ދައްކަން މާ ފަސޭހަ ގޮތެއް

23 މެއި 2022 - 12:00

ނަފުސާނީ ބައްޔަކީ އެތައް ބަޔަކު ތަހައްމަލް ކުރަމުންދާ ބައްޔެކެވެ. މި ބައްޔަކީ ލޮލަށް ނުފެނުނު ކަމުގައިވީނަމަވެސް ނުރައްކާތެރި ބައްޔެކެވެ. ވަކި އުމުރެއްނެތި މި ބަލި ޖެހެމުންދާއިރު އެންމެ ބޮޑު ކަމަކީ މިބަލީގެ ވާހަކަ ގިނަ ފަހަރު އެއްވެސް މީހަކު ދައްކަން ބޭނުން ނުވާ ކަމެވެ.

ބަލިޖެހިފަ ހުރިކަން އިތުރު މީހަކަށް އަންގަން އެއްވެސް މީހަކު ބޭނުން ނުވެދާނެ އެވެ. އަދި އެއީ ބައްޔެއްކަން ގިނަ މީހުން ގަބޫލު ކުރަންވެސް ބޭނުން ނުވެދާނެ އެވެ. ބަލީގެ ބޮޑުވަރުވެގެން އަމިއްލަ ފުރާނަދުއްވާލާ ހިސާބަށްވެސް އެބަދެ އެވެ. އެކަމަކު މިކަމަށް ފަރުވާ ހޯދަން ދާން ޖެހިލުންވާ ީހުންވެސް މި ކުޑަ ކުޑަ މުޖުތަމައުގައިވެސް އެބަތިއްބެވެ.

advertisement

ސަބަބެއް ކަމަށް ގިނަ ފަހަރު ބެލެވެނީ މީހުން ދެކޭ ގޮތް ތަފާތުވެދާނެތީ އެވެ. އަދި ނަފުސާނީ ބަލިޖެހިފައި ހުންނަ މީހުންނަކީ މޮޔައިން ކަމަށް ބައެއް މީހުންދެކެ އެވެ. ގޭގައި ތިބެގެން ފަރުވާ ހޯދަން ގިނަ މީހުން ބޭނުންވެ އެވެ.

ބްލޫހާޓްސް އިން މިފަދަ މީހުންނަށް ވަރަށް ފަސޭހައިން ފަރުވާ ހޯދޭނެ ގޮތްތަށް ތައާރަފްކޮށްފަ އެވެ. އެގޮތުން https://www.bluehearts.mv/ އަށް ލޮގިންވެލައިގެން ކައުންސެލަރަކާއި ވާހަކަ ދެއްކޭނެ ގޮތްތަށް ވަނީ ތައާރަފްކޮށްފަ އެވެ. އަދި ދިމާވެފައި ހުރި ކަންތައް ހިއްސާކޮށް އެކަމުގައި ފަރުވާ ކުރިއަށްގެންދާނެ ގޮތްވެސް ކިޔއިދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ބްލޫހާޓްސގެ މޮބައިލް އެޕްލިކޭޝަން ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ރިއެކްޝަންސް
2
25
0
4
1
2
1